ށ. މާއުނގޫދޫގައި މާރާމާރީއެއް ހިނގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

މާއުނގޫދޫ ސިއްހީ މަރުކަޒުގެ އޮފިޝަލަކު ''ތިލަދުން'' އަށް ވިދާޅުވީ، ތިން މީހަކަށް އަނިޔާ ވެގެން ރޭ އެ ސިއްހީ މަރުކަޒަށް ގެނައުމުން ފަރުވާ ދީފައިވާ ކަމަށެވެ.

Ad
rt

އެމީހުންނަށް އަނިޔާވެގެން ސިއްހީ މަރުކަޒަށް ގެނައީ ރޭ 12:30 ހާއިރު ކަމަށް އޭނާ ވިދާޅުވިއެވެ. އެތަނުން ދެ މީހަކަށް ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާއިރު، އަނިޔާވި އެކަކަށް ވަނީ އިތުރު ފަރުވާ ދިނުމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޮނުވާލައިފައެވެ. އެމީހާ ފޮނުވާލީ ރޭ ފަތިހުއެވެ.

''އިތުރުފަރުވާއަށް ފޮނުވާލި މީހާގެ މޭ ކަށިގަނޑު ތިރިއަށް ހަމަލާ އަމާޒުވެފައި ހުރީ،'' އޮފިޝަލް ވިދާޅުވިއެވެ.

މާއުނގޫދޫން ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި ރޭ އެރަށުގައި ހިނގި މާރާމާރީ އަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ކަމެއް ކަމަށް ބެލެވޭ ކަމަށެވެ. އެ ހާދިސާގައި އަނިޔާވި މީހުންނަށް ހަމަލާދިނީ ދަގަނޑުގަނޑެއް ކަހަލަ އެއްޗަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

މި މައްސަލައާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ދެންނެވުމުން ފުލުހުންގެ ޚިދުމަތުން ‘’ތިލަދުން’’ އަށް ވިދާޅުވީ، މާއުނގޫދޫގައި ތޫނު އެއްޗަކުން ދެ މީހަކަށް ހަމަލާދީފައިވާ ކަމަށް ރޭ 12:40 ގައި އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.