މޯލްޑިވްސް އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީއާއި އެޗްޑީސީއާއި ދެމެދު މެމަރަންޑަމް އޮފް އަންޑަސްޓޭންޑިން އެއްގައި މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފްއެވެ. އަދި އެމްއައިޓީގެ ފަރާތުން ސޮއިކުރެއްވީ އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރު އޮފް ޕްރޮގްރާމްސް އާދަމް ހަލީމެވެ.
މި އެމްއޯޔޫގެ މައިގަޑު މަގުސަދަކީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ސްކިލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ހިންގުމެވެ. މިއީ އެޗްޑީސީއިން ހާއްސަ އެހީއަށް ބޭނުންވާފަރާތްތަކާއެކު ބޭއްވުނު މަޝްވަރާ ބައްދަލުވުންތަކުގައި އެފަރާތްތަކުން އެޗްޑީސީއަށް ހުށަހަޅާފައިވާ ކަމެކެވެ.
އެޗްޑީސީގެ އަމާޒަކީ މިފަދަ ސްކިލް ޑިވިލޮޕްމަންޓް ޕްރޮގްރާމްތަކުން މިފަދަ ފަރާތްތައް ބާރުވެރިކުރުވާ މަސައްކަތުގެ މާހައުލަށް އަހްލުވެރިބަޔެއްގެ ގޮތުގައިބިނާ ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން އަންހެނުންނާއި ޒުވާނުންނަށް އަމާޒުކުރެވިގެން އަހަރަކު 2 ޕްރޮގްރާމްކުރިޔަށް ގެންދިއުމަށް ވެސް ވަނީ ރާވާފައިވެއެވެ. އެގޮތުން، އަންހެނުން ބާރުވެރިކުރުމުގެ ގޮތުން އުފެއްދުންތެރިކުމުގެ ދާއިރާއިން ތަފާތު ދެ ޕްރޮގްރާމެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އަދި ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންނަށް އަމާޒުކޮށްގެން ޔޫތް ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވެއެވެ.
އެޗްޑީސީންވަނީ މި އަހަރުތެރޭގައި މިފަދަ ތަފާތު ޕްރޮގްރާމްތަކެއް ހިންގާފައެވެ. އެގޮތުން، އެޕްރެންޓިސް ޕްރޮގްރާމާއި ވޮލީ ކޭމްޕު އަދި ޒުވާނުންގެ ދިސާގެ ނަމުގައިވެސް ޕޮރްގްރާމެއް ހިންގާފައިވެއެވެ.
މީގެ އިތުރުންވެސް ތަފާތު އެކި ޕްރޮގުރާމުތަކެއް އެޗްޑީސީއިން ވަނީ ހިންގާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!