ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރުގެ ޑިސެމްބަރ މަހުގެ ދެވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށްފައިވާ ކުޅުދުއްފުށީގެ ކުލަބު ޖަމިއްޔާތަކަށެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 14...
އިބްރާހިމް ޚަލީލް
“ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ 2022” ނަމުގައި އެކްސްޕޯއެއް ބާއްވަން ނިންމައިފި އެވެ. ހަޔަރ އެޑިޔުކޭޝަނާއި ޔޫތު، ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް މިނިސްޓްރީ ގުޅިގެން މި އެކްސްޕޯ ބޭއްވުމަށް ނިންމާފައިވަނީ މި ނޮވެންބަރު 18 އަދި 19 ގަ އެވެ. އަދި އެކްސްޕޯ ކުރިއަށްދާނީ މި ދެދުވަހުގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 12 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގަ އެވެ. ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ މި […]
މުޙައްމަދު އަފްރާޙް
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އަލުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއިކުރައްވައިފި އެވެ. އެމްޑީޕީ ގެ ކުރީގެ ޗެއަރ ޕަރސަން ރީކޯ މޫސަ އަލުން އެމްޑީޕީއަށް ސޮއިކޮށް، ފޯމް ޙަވާލުކޮށްފައިވަނީ މުލިއާގޭގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ. ސޮއިކުރެއްވި ފޯމާއި ހަވާލުވެވަދައިގެންނެވީ އެ ޕާޓީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢިލް އެވެ. މި ބައްދަލުވުމުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއަރޕަރސަން އަދި އިކޮނޮމިކް...
އަލީ އާދިލް
މާލޭ ވޯޓާ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން “އާރޯ” ޕްރިމިޔަމް ބްރޭންޑްގެ ފެން ތައާރަފް ކޮށްފި އެވެ. ބިއްލޫރި ފުޅީގައި ބަންދުކޮށްގެން ނެރޭ “އާރޯ” ބްރޭންޑްގެ ފެނަކީ މައިގަނޑު ގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއަށް އަމާޒުކޮށްގެން ނެރޭ ފެނެކެވެ. ރޭ ކްރޮސްރޯޑްސް މޯލްޑިވްސް ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި ބްރޭންޑް ތައާރަފުކޮށްދެއްވީ މިނިސްޓަ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޔޭޝަން އާއިޝަތު ނަހުލާ އެވެ. މިރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި، ކުންފުނިތަކުގެ އިސްވެރިންނ...
އަޙްމަދު ވަހީދު
އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތް: މިއަދު ހެނދުނުގެ މެޗުތައް ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ކުމުންދޫ ސްކޫލުން ކާމިޔާބުކޮށްފި އެވެ. ހދ. ކުޅުދުއްފުށި ސިޓީގައި ކުރިއަށްދާ މި މުބާރާތުގައި މިއަދު ހެނދުނު ކުޅުނީ 15 އަހަރުން ދަށުގެ ދެ މެޗެވެ. ހެނދުނު 6 ޖެހިއިރު ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލެވެ. މި މެޗު 18 ޝޫޓު 8 ޝޫޓުން ކާމިޔާބުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒެވެ. […]
މުޙައްމަދު އަފްރާޙް
އެފްރިކާ ސަރަޙައްދުން މިހާތަނަށް އެންމެ ގިނައިން ވޯލްޑްކަޕަށް ކޮލިފައިވުމުގެ ޝަރަފް ހޯދާފައިވާ ކެމަރޫން، މިއީ ވޯލްޑްކަޕްގައި ވާދަކުރާ 9 ވަނަ ފަހަރެވެ. މީގެއިތުރުން ކެމަރޫން އަކީ ވޯލްޑްކަޕްގެ ތާރީހުގައި ކުއަޓަރ ފައިނަލަށް ދިޔަ އެބައްރުގެ ތިން ޓީމުގެ ތެރެއިން އެއް ޓީމުވެސްމެއެވެ. މިއަހަރުގެ މުބާރާތާއި ކުރިމަތިލާއިރު މީގެކުރިން މިހާތަނަށް ގްރޫޕް ސްޓޭޖް ފަހަނަ އަޅައި އެޓީމަށް ދެވުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ފަހަރު އެކަންޏެވެ. އެންމެ ފަހުން 2018 ވަނަ އަހަރުގެ މުބާރާތައް އެ […]
ތިލަދުން
ރާއްޖެ ޓްރާންސްޕޯޓް ލިންކު (އާރްޓީއެލް)ގެ ދަށުން މާލޭގައި ދޭން ފަށާފައިވާ މިނީ ބަހުގެ ހިދުމަތަށް ހަ އިލެކްޓްރިކް މިނީ ބަސް އިތުރުކޮށްފިއެވެ. އާރްޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މި ބަސްތައް ރާއްޖެ ގެނައީ އިއްޔެއެވެ. އެ ކުންފުނިން ބުނީ މިރޭ ބުނީ، އަލަށް ގެނައި ކަރަންޓު މިނީ ބަސްތަކާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ނެޓް ޒީރޯ ސިޔާސަތު ހަގީގަތަކަށް ހެދުމުގެ މަސައްކަތުގައި ބައިވެރިވުމުގެ ފުރުސަތު އެކުންފުންޏަށް ލިބިގ...
އަޙްމަދު ވަހީދު
ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” ގެ ފިރިހެން ކެޓަގަރީގައި އިއްޔެ ކުޅުނު މެޗުތައް އައްޓޯ އެފްސީއާއި ބީޗް ސިޓީ ސްޕޯޓްސް ކުލަބުން ކާމިޔާބު ކޮށްފިއެވެ. އިއްޔެ ގްރޫޕް އޭގައި އައްޓޯ އެފްސީއާއި ލާޒިއޯ ބައްދަލުކުރި މެޗު 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައި ވަނީ އައްޓޯ އެފްސީއެވެ. މި މެޗުގައި އައްޓޯއަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ މުޝްރިފް މުޙައްމަދުގެ އިތުރުން ނާހިލް އައްބާސްއެވެ. […]
އިބްރާހިމް ޚަލީލް
އަންނަ 2023 ވަނަ އަހަރަށް ދައުލަތުން ލަފާކުރްވާ ބަޖެޓަށް ބަހުސްގެ ވަގުތު އިތުރުކޮށް، ބަހުސް މަރުހަލާ މިއަދު ފަށައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން އެދިވަޑައިގެންފައިވަނީ ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށެވެ. އަދި ހުސްވަގުތުތަކަށް ތަން ދެމުން ރޭގަނޑު 10 އަށް ޖަލްސާގެ ވަގުތު އިތުރުކުރުމަށެވެ. މީގެ އިތުރުން ބަހުސްގެ ތިންވަނަ ދުވަހު ވެސް ބަހުސްކުރައްވަން އެދިވަޑައިގެންފައިވާ މެންބަރުން ބަހުސްކުރައްވައި ނިމެންދެން ފުރުސަތު ދިނުމަށާއި ހުސްވަގުތަށް ތަން ދެމުން...
މުޙައްމަދު އަފްރާޙް
ދިވެހިންގެ ސިއްހީ ހާލަތާގުޅޭ އިންޒާރުގެ ރަނގަބީލެއްގެ އަޑު އިވޭތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމުގެ ހާއްސަ މަސައްކަތް އިފްތިތާހް ކުރުމުގެ ހަފްލާގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ގައުމީ ޔުނިވަރސިޓީން ހުށަހަޅައިދިން ދިރާސާގެ ނަތީޖާ ވެސް އެ ދައްކައިދެނީ، އެ ހަގީގަތް ކަމަށެވެ. އަދި ޔުނިވަރސިޓީން ކޮށްދެއްވައިފައި އެ އޮތީ، ވަރަށް މުހިންމު ވަރަށް ބޭނުންތެރި މަސައްކަތެއް ކ...
މުޙައްމަދު އަފްރާޙް
ރާއްޖޭގެ ފަނޑިޔާރުންނަކީ ވެސް ގަރުދިޔައާއި ބަތާއި ކައިގެން ބޮޑެތިވި ބޭފުޅުން ކަމަށާއި، އެހެންކަމުން ބޭފުޅުން ޢަމަލުކުރައްވާ ގޮތުގައި ވެސް ޤާނޫނާއި ރައްޔިތުންނަށް ޤަބޫލުކުރެވޭ އިންސާފުގާއިމުވާންޖެހޭނެކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދުﷲ ޔާމީން ޢަބުދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ. އައްޑޫ ސިޓީގެ ހިތަދޫގައި ރޭގައި އިދިކޮޅުން ބޭއްވި ”އަފިރިން ޔާމީން” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރުޢީ ދާއިރާގެ އިސްލާހަށް ގޮވައިލާ އެމްޑީޕީން ކުރިން ވާހަކަ ދެއްކި ކަމަށާއި، ނަމަވެސް ވެރިކަން ލިބުމުން...
އަލީ އާދިލް
އުރީދޫ މޯލްޑިވްސް އިން ކުރިއަށްގެންދިޔަ “ފުޓްބޯޅަ ފޯރި” ކެމްޕޭނުގެ ދަށުން ވޯލްޑް ކަޕްގެ ސެމީ ފައިނަލްގެ މެޗެއް ބަލާލަން ގަތަރަށް ދާ މީހުންގެ ގުރުއަތު ނަގައިފިއެވެ. މި ޕްރޮމޯޝަނުގެ ދަށުން ހަތަރު ކަސްޓަމަރުންނަށް އުރީދޫއިން ވަނީ ފުރުސަތު ދީފައެވެ. އެގޮތުން ގުރުއަތުން ހޮވުނީ: މަރިޔަމް ޝަބްނަމް އަހުމަދު ޝިހާމް ހާފިޒް ސައީދު ސަމަރަތުނަ ޔޮގާޑޭ މި ޕްރޮމޯޝަނުގައި އުރީދޫގެ ކުރީގެ ކަސްޓަމަރުންނާއި އަލަށް ގުޅުނު ކަސްޓަމަރުންނަށް ވެސް ފުރުސަތު ހުޅުވާލިއެވެ. މި ފުރުސަތުގެ ދަށުން ގުރުއަތު ނަގާފައިވަނީ […]
އަޙްމަދު ވަހީދު
މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ބްރެޒިލް ޓީމާއިއެކު ގަތަރަށް ދަތުރުކުރާނެ 26 ކުޅުންތެރިން ފައިނަލް ކޮށްފިއެވެ. ޔޫރަޕުގެ ބޮޑެތި ޓީމްތަކަށް ކުޅެމުން އަންނަ ގިނަ މަޝްހޫރު މޮޅެތި ކުޅުންތެރިންނާއި އެކު ފައިނަލް ކޮށްފައިވާ ބްރެޒިލްގެ ސްކޮޑުގައި، އެންމެ ފާހަގަ ކޮށްލެވެނީ ގިނަ އަދަދެއްގެ މޮޅެތި އެޓޭކިން ކުޅުންތެރިންތަކެއް ހިމަނާފައި ވާކަމެވެ. މިގޮތުން ޕީއެސްޖީގައި މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ނޭމާއާއި، ރެއާލްގައި މޮޅު ކުޅުމެއް […]
އިބްރާހިމް ޚަލީލް
ހދ. ކުޅުދުއްފުށި ސިޓީގައި މިއަދު ފެށި އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗު އެެއްވަރުވެގެން ނިމިއްޖެ އެވެ. މި މެޗުގައި ބައްދަލުކުރީ ފުނަދޫ ސްކޫލާއި ނެއްލައިދޫ ސްކޫލެވެ. 13 އަހަރުން ދަށުގެ އުމުރުފުރައިގެ މި މެޗު ނިމުނީ 4 ޝޫޓް 4 ޝޫޓުން އެއްވަރުވެގެން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ނެއްލައިދޫ ސްކޫލުގެ ސާރާ އަހްމަދެވެ. މިއަދުގެ ދެވަނަ މެޗަކީ ވެސް […]
މުޙައްމަދު އަފްރާޙް
ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ލައްކައަކަށް ވުރެ ގިނަ ރުފިޔާގެ ވިޔަފާރިކުރި މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން އިން ވިދާޅުވީ އެމީހާ އަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ފައިސާ ޖަމާކޮށްފައިވާކަމުގެ ސައްހަ ނޫން ސްލިޕްތަކެއް ބޭނުންކޮށްގެން ޅ. ހިންނަވަރު ފިހާރައަކުން މަކަރާއި ހީލަތުން ވިޔަފާރިކުރަމުންދިޔަ މީހެއް ކަމަށެވެ. އެ ފިހާރައިން އެކި ދުވަސްމަތިން މުދާ ގަނެފައިވާ ކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މި ނޮވެމްބަރ 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ...
މުޙައްމަދު އަފްރާޙް
ހދ.ކުމުންދޫ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ކުމުންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2022” އަންހެން ކެޓަގަރީގެ ފައިނަލުގެ ފުރަތަމަ ޖާގަ ސީއެސް ވިމެންސް ހޯދައިފިއެވެ. ގްރޫޕް ސްޓޭޖުގައި ސީއެސް ވިމެންސް އިއްޔެ ކުޅުނު މެޗު ވަނީ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކޮށްފައެވެ. ސީއެސް ވިމެންސްއިން ވަނީ ބީޗް ސިޓީ ވިމެންސްގެ މައްޗަށް 8-0 ގެ ނަތީޖާއަކުން ކުރި ހޯދާފައެވެ. މި މެޗުގައި އެ ޓީމަށް ލަނޑުތައް ކާމިޔާބު ކޮށްދީފައި ވަނީ ރާއިދާ މޫސާ، ސަޒުލާ […]
އިބްރާހިމް ޚަލީލް
ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެ ތާވަލުގެ އެއްވަނަ އަށް އަރަން ލިބުނު ފުރުސަތު ގެއްލިއްޖެއެވެ. ހޯމަ ދުވަހުގެ ރޭ ވަޔެކާނޯގެ ދަނޑުގައި ކުޅުނު މެޗުގައި ރެއާލުން ލީޑު ނަގާފައި ވަނިކޮށް ވަޔެކާނޯ އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ރެއާލް ބަލިކޮށްފައެވެ. މެޗު ވަޔެކާނޯ އިން ކާމިޔާބުކުރީ 2-3 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ވަޔެކާނޯ އިންނެވެ. މެޗުގެ ފަސް […]
އަލީ ރިޔާޟް
ޗެލްސީ ލެޖެންޑް ޑިޑިއާ ޑްރޮގްބާ އިސްލާމް ވެއްޖެ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި އެވެ. އޭނާ އިސްލާމް ދީން ގަބޫލުކުރިކަމަށް ބުނެ މީސް މީޑީއާގައި އެވާހަކަ ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އެގޮތުން މީސް މީޑިއާގައި އެންމެ ގަދަޔަށް އެވާހަކަ ތައް ފަތުރަމުންދަނީ ދުޢާ ކުރުމަށް އަތް ނަގައިގެން އިންނަ ފޮޓޯ ތަކެއް ހިމެނުމަށް ފަހުގަ އެވެ. މީގެ ކުޑަ އިރުކޮޅެއް ކުރިން ޑްރޮގްބާގެ ރަސްމީ ޓުވިޓަރ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނީ، އޭނޭ އިސްލާމް ވިކަމަށް ބުނާ […]
އިބްރާހިމް އަސްވާޤް