އިންޓަރ ސްކޫލު، ނޯތް ޒޯން ނެޓްބޯލް މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗުތައް ފުނަދޫ ސްކޫލާއި ޖަލާލުއްދީން ސްކޫލުން ކާމިޔާބުކޮށްފި އެވެ.

13 އަހަރުން ދަށުގެ މި ދެ މެޗުގެ ތެރެއިން ފުނަދޫ ސްކޫލުން މެޗު ކާމިޔާބުކުރީ ހދ. އަތޮޅު ތައުލީމީ މަރުކަޒާއި ބައްދަލުކޮށް 12 ޝޫޓު 3 ޝޫޓުން ނެވެ. މި މެޗުގެ ކްއީން އޮފް ދަ މެޗުގެ މަގާމު ހޯދީ ފުނަދޫ ސްކޫލުގެ ގޯލް އެޓޭކަރ އަލައިކާ އަބްދުލް އަލީމް އެވެ.

Ad
rt

މިއަދުގެ ދެވަނަ މެޗުގައި ނެއްލައިދޫ ސްކޫލު ނުކުތީ ޖަލާލުއްދީން ސްކޫލޭ ދެކޮޅަށެވެ. މި މެޗު ފޯރިގަދަ ކުޅުމަކަށްފަހު، 5 ޝޫޓު 4 ޝޫޓުން ކާމިޔާބުކުރީ ޖަލާލުއްދީން ސްކޫލެވެ. ކްއީން އޮފް ދަ މެޗުގެ މަގާމަށް ހޮވުނީ ޖަލާލުއްދީން ސްކޫލުގެ ސެންޓަރަށް ކުޅުނު އައިޝަތު ނަބާހަތު އަހްމަދު އެވެ.

މި މުބާރާތުގައި މިރޭ ވެސް ދެ މެޗު ކުޅުމަށް ތާވަލުކޮށްފައި ވެއެވެ. 17 އަހަރުން ދަށުގެ ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި ޖަލާލުއްދީން ސްކޫލާއި ހދ. އަތޮޅު ތައުލީމީ މަރުކަޒު ވާދަކުރާއިރު، ދެވަނަ މެޗުގައި ވާދަކުރާނީ ނޮޅިވަރަމް ސްކޫލާއި އަފީފުއްދީން ސްކޫލެވެ.

މީގެ އިތުރުން މާދަމާ ހެނދުނު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޖަލާލުއްދީން ސްކޫލާއި ނޮޅިވަރަމް ސްކޫލެވެ. އަދި ދެވަނަ މެޗުގައި ކުމުްނދޫ ސްކޫލު ނުކުންނާނީ އަފީފުއްދީން ސްކޫލާ ދެކޮޅަށެވެ. މިއީ 13 އަހަރުން ދަށުގެ ދެ މެޗެވެ.