ރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެކަމަށް ލަފާކޮށް ނ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ހުދު ސަމާލު ނެރެފި އެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފައިވަނީ ނ އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ރަށްތަކަށެވެ. ސަމާލު ނެރެފައި ވަނީ ހެނދުނު 06:00 އިން ފެށިގެން މެންދުރު 11:00 އާއި ހަމައަށެވެ. މިއަދުގެ މޫސުން ކުރިއަށް ލަފާކުރާގޮތަށް ބަލާއިރު، އެކިހިސާބަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުމާއެކު […]
އިބްރާހިމް އަސްވާޤް
ދެބެން ކައިވެނިކޮށްގެން ދިރިއުޅުން ކުރިޔަށް ދަނީއެވެ. މިދެބެންގެ ދިރިއުޅުން ވަކި ހިސާބަކަށް ދިޔަތަނުން އެކަކުގެ ހަޔާތުގައި މައްސަލަ ޖެހެންފަށައިފިއެވެ. އަނބިމީހާ ފިރިމީހާގެ ބަސްނާހައި ފިރިމީހާއަށް ހިތުހުރި ގޮތެއް ހަދަން ފަށައިފިއެވެ. މިކަމުގެ ސަބަބުން މީނާއަށް ވަރަށް ބޮލަށް އުނދަގޫވާން ފަށައިފިއެވެ. އަދި އެންމެ ކަންތައް ބޮޑުވީ ބޭބެ އެހާ އުފަލުގައި އުޅޭ އިރު މީނާގެ ދިރިއުޅުން މިހާ ހިތާމަވެރިކޮށް ދާތީއެވެ. ދެން ކޮންމެއަކަށްވެސް ބޭބެއާއި މިކަން މަސްވަރާކުރަން ނިންމައިފިއެވެ. ނަމަވެސް ވާހަކަދައްކާނެ...
މުޙައްމަދު ޝިހާބް
ހދ.ކުޅުދުއްފުށީ ހިރަފުސް ޖަމިއްޔާއިން އިންތިޒާމް ކޮށްގެން ޖަމިއްޔަތުއް ސަލަފާއި ގުޅިގެން، ކުރިއަށް ގެންދާ ނަމާދު ވޯކްޝޮޕް، 220 ކުދިންނާއިއެކު މިއަދު ފަށައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ވޯކްޝޮޕް މިއަދު ފަށާފައިވާއިރު، މި ވޯކްޝޮޕްގެ ސެޝަންތައް ކުރިއަށް ގެންދަނީ ކުޅުދުއްފުށީ ކަސްޓަމްސް ބިލްޑިންގެ އިތުރުން އަތޮޅު އެޑިއުކޭޝަން ސެންޓަރުގެ ޓީއާރުސީ ހޯލުގައެވެ. އުމުރުން 8 އަހަރާއި 12 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒު ކުރެވިގެން ކުރިއަށް ގެންދާ މި ވޯކްޝޮޕްގައި ނަމާދު އެންމެ ފުރިހަ...
އިބްރާހިމް ޚަލީލް
ހއ. އިހަވަންދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ރޫފިން އަދި ޕްލާސްޓަރިންގެ މަސައްކަތްތަކެވެ. އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރާ ގޮތަށެވެ. މިއީ 7.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެމްޓީސީސީން އަންނަނ...
އަޙްމަދު ވަހީދު
އެކުވެރި ދައުލަތްތައް (އދ) ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުތަކާއި ގުޅޭގޮތުން ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހަކުން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. އޭނާ މިހެން ވިދާޅުވީ ރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މަޢުލޫމާތު ދެއްވުމަށް ބާއްވަވަމުން ގެންދަވާ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުމުގައި “ތިލަދުން” އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އޭނާ ވިދާޅުވީ ހާރިޖީ ސިޔާސަތު ކަނޑައެޅުމުގެ ބާރު ގާނޫނު އަސާސީނ...
މުޙައްމަދު އަފްރާޙް
އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުކުރައްވައިފިއެވެ. ރައީސް ޞާލިޙް، އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރެއްވީ 17 ނޮވެންބަރު 2023 ގެ ނިޔަލަށެވެ. އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުގެ މުއްދަތު އިތުރުކުރައްވާފައި ވަނީ އިންތިޤާލީ އިންސާފުގެ ޤާނޫނު (ޤާނޫނު ނަންބަރު 28/2020) ދަށުން އުފައްދާފައިވާ “އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް” ގެ މަސައްކަތްތަކަށް ކަނޑައަޅުއ...
ޔުމްނާ ޢަލީ
ހއ. އަދި ހދ. އަދި އައްޑޫ ސިޓީގައި ފެނަކައިން ކަރަންޓު މީޓަރު ޓެސްޓު ކުރުމުގެ ހިދުމަތް ފެށުމަށް ތައްޔާރުވަމުން ގެންދަވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެ އެވެ. ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު ވިދާޅުވީ މި ހިދުމަތުގެ ސަބަބުން ރައްޔިތުންނަށް ބޮޑު ފަސޭހަ ކަމެއް ލިބޭނެ ކަމަށާއި މި ހިދުމަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ އެންމެ އުތުރުން ހއ. އަދި ހދ […]
މުޙައްމަދު އަފްރާޙް
ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތުކުރުމެއްނެތި ހިދުމަތްކުރެއްވުމުގައި ދެމިހުންނަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ދެއްވާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ. ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ވެރިކަމުގެ ހުވާކުރެއްވި ދުވަހު ދިވެހި ރައްޔިތުންނަށް...
މުޙައްމަދު އަފްރާޙް
އދ. މަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމާއި ނެރު ފުންކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތަކާއި ގައު އެތުރުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ ދަށުން، 65,854 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 236 މީޓަރުގެ އެއްގަމުތ...
އަޙްމަދު ވަހީދު
ފެނަކަ ކޯޕަރޭޝަނުން ކަރަންޓު މީޓަރު ޓެސްޓުކުރުމުގެ ހިދުމަތް ދޭން ފަށައިފިއެވެ. ފެނަކައިގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ކުންފުނީގެ ޗެއާމަން މުހައްމަދު ރަޝީދާއި މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދެވެ. ފެނަކައިން ބުނީ މިއަދުން ފެށިގެން އެ ހިދުމަތް ހޯދުމަށް އެދި ހުށަހެޅޭނެ ކަމަށެވެ. އަދި ހިދުމަތް ހޯދަން ހުށަހަޅަން ޖެހޭނީ އެ ކަމަށް އެދޭ ފޯމަކުންކަމަށް އެ ކުންފުނިން ބުންޏެވެ. އެ ފޯމު ފެނަކައިގެ ވެބްސައިޓުން ލިބޭނެއެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ސައީދު ވިދާޅުވ...
އަޙްމަދު ވަހީދު
ހއ. ވަށަފަރުގެ ފެރީ ހަޓްގެ މަސައްކަތްތައް ނިންމާލައިފިއެވެ. މި ފެރީ ހަޓް ހެދުމުގެ މަސައްކަތުގެ ތެރެއިން ކިއޮސްކަކާއި ޔުނިވާސަލް ޓޮއިލެޓަކާއި ވެއިޓިންގް އޭރިއާއެއް ވަނީ ހަދައިފައެވެ. މިއީ ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް” މަޝްރޫއުގެ އާރްޓީއެލްގެ ފުރަތަމަ ފިޔަވަހީގެ ޒޯން 1ގެ ދަށުން ގާއިމުކުރި ފެރީ ސްޓޮޕެކެވެ. ޒޯން 1...
އަޙްމަދު ވަހީދު
ތިލަދުންމަތީ އުތުރުބުރީ ކެލާގައި އޮންނަ ކަނޑޫފަލުން ގިނަ އަދަދެއްގެ ކަނޑޫގަސްތައް މަރުވަމުންދާތީ ކަނޑޫފާގެ ހާލަތު ރަނގަޅު ކުރުމަށް އެތަނުގައި އަލުން ގަސް އިންދުމުގެ ޕްރޮގްރާމެއް ކެލާ ކައުންސިލުން ފަށައިފިއެވެ. މި ޕްރޮގްރާމްގެ ދަށުން ކެލާ ކައުންސިލުން އިސްނަގައިގެން އެ ރަށުގެ ރައްޔިތުންނާއި ޖަމިއްޔާ ޖަމާޢަތްތަކުގެ އިތުރުން މުއައްސަސާތަކުގެ އެހީތެރިކަމާއިއެކު މިދިޔަ ހުކުރު ދުވަހު ވަނީ އައު ގަސް އިންދުމުގެ ކުރިއަށް އެތަނުގައިހުރި މަރުވެ ހިކިފައިވާ ގަސްތައްނަގައި ސާފު ކޮށްފައެވެ. މި ޕްރޮގްރާމްގެ ދަށ...
އިބްރާހިމް ޚަލީލް
ކުރީގެ ރައީސް އަބްދު ﷲ ޔާމީނާ ދެކޮޅަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް މިއަދު ނިންމައިފި އެވެ. ވ. އާރަށް މައްސަލާގައި ރިޝްވަތު ގަބޫލުކޮށް، މަނީ ލޯންޑާ ކުރި ކަމަށް ބުނެ ޔާމީނާ ދެކޮޅަށް ކުރާ ދައުވާގައި ދައުލަތުން އާ ހެކިތަކެއް ހުށަހެޅީ ޔާމީންގެ ދިފާއީ ހެކިން ކޯޓުގައި ދޮގު ހެކިބަސް ދިންކަން ސާބިތު ކުރުމަށެވެ. އެ ހެކި ބަލައިގަތުމަށް އިސްގާޒީ އަހުމަދު ޝަކީލް މިއަދު ނިންމެވުމުން، އެ މައްސަލާގައި ޔާމީނާ އެކު […]
ހުސައިން ހަބީބް
ސަން ސިޔާމްގެ ރިސޯޓެއްގެ ލޯންޗެއް ފޭރިގަތް މައްސަލައެއް ކްރިމިނަލް ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން ހައިކޯޓުން ދަމަހައްޓައިފި އެވެ. އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމްގެ ރިސޯޓެއްގެ ލޯންޗެއް ނ. ވެލިދޫ މީހަކު ފޭރިގަނެގެން ގެންދިޔައީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭނާ ލޯންޗް ހިފައިގެން ދަނިކޮށް ފުލުހުން އޭނާ ކަނޑުމަތިން ހުއްޓުވުމުން ފުލުހުންނަށް ވަޅިއަކުން ބިރު ވެސް ދެއްކި އެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވުމުން އެ ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމީ […]
ހުސައިން ހަބީބް
އެއީ މީގެ 48 އަހަރު ކުރިއެވެ. 1974 ވަނައަހަރެވެ. ހދ. ވައިކަރަދޫއަށް އުފަން، ނޫރާނީގެ، ޢަބްދުالله ސައީދު ހުސައިން ވީނުވީއެއް ނޭނގި، ގެއްލުނުއިރު އުމުރަކީ 20 އަހަރެވެ. ޢަބްދުالله ސައީދު ބައްޕަ އަކީ ވައިކަރަދޫ ނައިބު ދޮން ހުސައިން އެވެ. މަންމަ އަކީ އެރަށު ފާތުމަތު އަހްމަދެވެ. މިއީ ކުޑަބެ ގެއްލުނު ވާހަކަ އަޅުގަނޑަށް އިވިފައިވާގޮތަށް ބިނާކޮށް ލިއެފައިވާ ލިއުމެކެވެ. އަޅުގަނޑާއި އެއްބަފާ ކުޑަބެ އަށް، އެ ދުވަހުގެ ޑިއުޓީ ނިންމާފައި ގެއަށް އާދެވުނީ ރޭގަނޑު 7 ޖެހި އިރު […]
އިޙްސާން ޙުސައިން
ސްޓެލްކޯއިން އެއްވެސް މިސްކަތަކުން ކަރަންޓު ނުކަނޑާނެ ކަމަށް އެ ކުންފުނީގެ ޗެއާމަން، ބްރިގޭޑިއާ ޖެނެރަލް (ރޓ) އިބްރާހީމް މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ. ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރައްވާފައިވާ އިބްރާހީމް ދީދީ މިހެން ވިދާޅުވީ، ”ސްޓެލްކޯ އިން މާލެ ސިޓީގެ މިސްކިތްތަކުން ކަރަންޓް ކަނޑާލާނެކަމުގެ އިންޒާރުދީފި” މި ސުރުޚީގެ ދަށުން އޮންލައިން ނޫހަކުން ލިޔެފައިވާ ޚަބަރަކާއިގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އިބްރާޙީމް ދީދީ ވިދާޅުވީ، ރައީސުލްޖުމްޙޫރިއްޔާ އިބްރާޙ...
އަލީ އާދިލް
މިއީ 1986 ވަނައަހަރަށް ފަހު ކެނެޑާ ވޯލްޑް ކަޕަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. 40 އަހަރުގެ މެދު ކެނޑުމަކަށް ފަހު ކެނެޑާ ވޯލްޑް ކަޕަށް ކޮލިފައިވިއިރު، އެޓީމަކީ ފުޓްބޯލައިގައި މާ ފާހަގަ ކޮށްލެވޭ ޓީމަކަށް ނުވެއެވެ. ނަމަވެސް ސަރަހައްދީ ފުޓްބޯޅައިގައި ކޮންމެވެސް ވަރެއްގެ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ނަމަވެސް އެއީ މާ ފަހުގެ ތާރީޚެއްގައެއް ނޫނެވެ. މިހހާތަނަށް އެންމެ ވޯލްޑް ކަޕެއްގައި ކެނެޑާ ކުޅެފައިވާއިރު، އެ މުބާރާތުން ވެސް އެޓީމު ކެޓީ ގުރޫޕު ސްޓޭޖުންނެވެ. އެ މުބާރާތުގެ ގުރޫޕް […]
ތިލަދުން
ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބާއްވާ ބޭސިކް ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޑިސެމްބަރ 15 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކޯހަކީ ދިއްދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިސްނަގައިގެން އެ ރަށުގައި ކުރިއަށް ގެންދާ ކޯހެކެވެ. މި ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ އުމުރުން 18 އަހަރުވެފައިވާ ދިއްދޫގައި ދިރިއުޅޭ ކަނބަލުންނަށެވެ. މި ކޯހުގައި ބައިވެރިވުމަށް ނަންނޯޓް ކުރުމުގެ ފުރުޞަތު މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފ...
އިބްރާހިމް ޚަލީލް