މައި ޚަބަރަށް ދިޔުމަށް

އެންމެ ފަހުގެ ލިޔުންތައް

39,452 ޝާއިޢުކުރެވިފައިވާ ލިޔުން

އެންމެ ފަހުގެ ލިޔުންތައް - 1207 ވަނަ ޞަފްޙާ

ސްޕެނިޝް ލީގް: ލެވަންޑޯސްކީއަށް ތިން މެޗުގެ ސަސްޕެންޝަނެއް

ސްޕެނިޝް ލީގް: ލެވަންޑޯސްކީއަށް ތިން މެޗުގެ ސަސްޕެންޝަނެއް

ސްޕެނިޝް ލީގުގައި މި މަހުގެ 8 ވަނަ ދުވަހުގެ އޮސަސޫނާ އަތުން ބާސެލޯނާ 2-1 ގެ ނަތީޖާއިން މޮޅުވި މެޗުގައި ބާސެލޯނާގެ ފޯވާޑް ލެވަންޑޯސްކީއަށް ދެއްކި ރަތްކާޑާއި ގުޅިގެން އޭނާ ތިން މެޗަށް ސަސްޕެނޑް ކޮށްފިއެވެ. އުމުރުން 34 އަހަރުގެ ލެވަންޑޯސްކީއަށް އެ މެޗުގައި ރަތްކާޑު ދައްކާފައި ވަނީ މެޗުގެ 31 ވަނަ މިނެޓުގައި އޮސަސޫނާގެ ޑޭވިޑް ގާސިއާގެ މޫނުމަތީގައި އުޅަނބޮށިން ޖެހުމާއި ގުޅިގެންނެވެ. އެ ފައުލާއި ގުޅިގެން ރެފްރީ ވަނީ ދެވަނަ ރީނދޫ ކާޑާއިއެކު ލެވަންޑޯސްކީއަށް […]

އިބްރާހިމް ޚަލީލް
ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗް ގައި ހަރަކާތްތަކެއް ހިންގަނީ

ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް ފާހަގަކުރުމަށް އައިޖީއެމްއެޗް ގައި ހަރަކާތްތަކެއް ހިންގަނީ

ބައިނަލްއަގްވާމީ ދުވަސް ނުފުރާ އުފަންވާ ކުދިންގެ ދުވަސް އައި.ޖީ.އެމް.އެޗުން ފާހަގަ ކުރަން ނިންމައިފި އެވެ. އެ ހޮސްޕިޓަލުން ވިދާޅުވީ މިއަހަރުގެ މިދުވަހާއި ގުޅުވައިގެން، އެ ހޮސްޕިޓަލުގެ ކުޑަކުދިންގެ ހާއްސަ ޑިޕާޓްމަންޓާއި އަންހެނުންގެ ހާއްސަ ޑިޕާޓްމަންޓް ގުޅިގެން އެކިހަރަކާތްތައް ހިންގުމަށް ރާވާފައިވާ ކަމަށެވެ. އެގޮތުން 17 ނޮވެންބަރު ވާ ބުރާސްފަތި ދުވަހުގެ ރޭ އެ ހޮސްޕިޓަލުގައި އެފަދަ ކުދިންގެ ބެލެނިވެރިންނަށް ބާއްވާ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވި އެވެ. އަދި 18 ނޮވެމްބަރު ވ...

މުޙައްމަދު އަފްރާޙް
މާރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މާރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދިޔަ މާރަންތަރި ޤުރުއާން މުބާރާތާއި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކޮށް ވަނަވަނައަށް ހޮވުނު ފަރާތްތަކަށް ޓްރޮފީ ހަވާލުކޮށްފިއެވެ. މި ޤުރުއާން މުބާރާތަކީ މާރަންދޫ ކައުންސިލް ޤުރުއާން މުބާރާތުގެ ނަމުގައި އެ ކައުންސިލުން ކުރިން ބާއްވަމުން އައިސްފައިވާ މުބާރާތެކެވެ. ނަމަވެސް އެ ކައުންސިލުން ވަނީ މިފަހަރު އެ މުބާރާތް ރީބްރޭންޑްކޮށް “މާރަންތަރި ޤުރުއާން މުބާރާތް” ގެ ނަމަށް ބަދަލުކޮށްފައެވެ. މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވާ...

އިބްރާހިމް ޚަލީލް
އުތުރު ތިލަފަޅުގެ ބަނދަރު ތަރައްޤީކުރަން 2.9 ބިލިއަން ރުފިޔާއަށް، އިންޑިއާ ކުންފުންޏަކަށް!

އުތުރު ތިލަފަޅުގެ ބަނދަރު ތަރައްޤީކުރަން 2.9 ބިލިއަން ރުފިޔާއަށް، އިންޑިއާ ކުންފުންޏަކަށް!

އުތުރު ތިލަފަޅު ޕްރޮޖެކްޓް (ޔޫޓީއެފް) ގެ ބަނދަރު ހެދުމަށް 2.9 ބިލިއަން ރުފިޔާއަށް، އިންޑިއާ ކުންފުންޏަކުން ބިޑު ކާމިޔާބުކޮށްފައިވާކަމަށް އިންޑިއާގެ ގިނަ ނޫސްތަކެއްގައި ރިޕޯޓް ކޮށްފި އެވެ. އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އުތުރު ތިލަފަޅު ޕްރޮޖެކްޓް (ޔޫޓީއެފް) ގެ ބަނދަރު ހެދުމަށް ބިޑު ކާމިޔާބުކޮށްފައިވަނީ އެ ގައުމުގެ ރެއިލް ވިކާސް ނިގަމް ލިމިޓެޑް (އާރުވީއެންއެލް) އެވެ. ބައިނަލްއަގުވާމީ މަޝްރޫއެއްގެ ބިޑު ކާމިޔާބު ކުރުމާއި އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވެސް ވަނީ ބޮޑުތަނުން އުފު...

އަޙްމަދު ވަހީދު
ތިބާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް: ޣީބަ ބުނަން ދެވިހިފާފައިވާ ބައެއްގެ ފާޑުކިޔުމަށް އަޅާނުލާ!

ތިބާގެ ސިކުނޑީގެ ދުޅަހެޔޮކަމަށް: ޣީބަ ބުނަން ދެވިހިފާފައިވާ ބައެއްގެ ފާޑުކިޔުމަށް އަޅާނުލާ!

ތިބާއަކީ އެއްވެސް މިންވަރެއްގެ ނިންމުމެއް ނިންމުމުގައި މީހުން ކިޔާފާނެ އެއްޗަކަށް، ވިސްނަފާނެ އެއްޗަކަށް ނުވަތަ މީހުންނަށް ހީވެދާނެ ގޮތަކާއިމެދު ފިކުރުބޮޑުވެ ނިންމުމެއް ނިންމަން އުންދަގޫވާ ފަރާތެއްތޯއެވެ؟ މީހުންގެ ފާޑުކިޔުންތަކަށް ވިސްނައި އޭގެ ސަބަބުން ތިބާގެ ޤާބިލިއްޔަތުކަމާއި ކަންކަމަށް ހުންނަ ކެރުމަށް އެއްވެސް ވަރެއްގެ އަސަރެއް ކުރުވާތޯއެވެެ؟ އެހެން ކަމަށް ވާނަމަ މިކަމުން ފަސޭހައެއް ލިބިގަންނާނީ ކިހިނަކުންތޯއެވެ؟ އާދެ އެހެން މީހުންގެ ފާޑުކިޔުންތަކަށް އަހަންމިއްޔަތުކަން ދިނުމަކީ މުޅިއަކުން ގޯ...

އަންޖުމް އިސްމާޢީލް މުޙައްމަދް
އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި 9 ގައުމެއް!

އެންމެ ނުރައްކާތެރި ގައުމުތަކުގެ ލިސްޓުގައި 9 ގައުމެއް!

ދުނިޔޭގެ އެންމެ ނުރައްކާތެރި ގައުމުތައް ހާމަކުރީ ގްލޯބަލް ރިސްކް އެސެސްމެންޓު ރިޕޯޓުގައި އެވެ. ގްލޯބަލް ގާޑިއަންގެ އެހީތެރިކަމާއި އެކު ހާމަކުރި މި މައުލޫމާތުތަކުގައި އެންމެ ނުރައްކާތެރި އަދި ނުރައްކާއޮތް ގައުމުތަކުގެ ލިސްޓުތަކެއް އާންމުކޮށްފައިވެ އެވެ. އެއީ ގައުމުގެ ހާލަތާއި، ދަތުރު ކުރުމުގައި އޮތް ނުރައްކާތެރި ކަމާއި އެ ގައުމެއްގައި ނުރައްކާތެރިކަން އޮތް ވަރަށް ބަލާފައިވެ އެވެ. އެގޮތުން މިހާރު ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި ގައުމަކީ ޔޫކްރެއިންނެވެ. ދެން އެ ލިސްޓުގައި ޕާކިސްތާނާއި ލީބިއާ އޮ...

މުޙައްމަދު ވަސީމް
އުރީދޫއިން ފުޓްބޯޅަ ފޯރިއާއެކު ހާއްސަ އޮފާތަކާއި ހަދިޔާތައް

އުރީދޫއިން ފުޓްބޯޅަ ފޯރިއާއެކު ހާއްސަ އޮފާތަކާއި ހަދިޔާތައް

އުރީދޫ މޯލްޑިވްސް އިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކަށް މަޖާ އަދި ކުލަގަދަ ތަޖުރިބާއެއް ހޯދައިދިނުމުގެ މަގްސަދުގައި ތަފާތު އޮފާތަކާއި ޕްރޮމޯޝަންތަކެއް މިއަދު ތައާރަފްކޮށްފިއެވެ. މި އޮފަރތައް އިއުލާނުކޮށްފައިވަނީ މީޑިއާނެޓާއެކު މިއަދު މެންހެޓަން ބިސްނަސް ހޮޓެލްގައި ބޭއްވުނު ޕްރެސް ކޮންފެރެންސްއެއްގައެވެ.   އުރީދޫ ފުޓްބޯލް ފޯރީ ކެމްޕެއިން ޕޯޓްފޯލިއޯގައި ހިމެނެނީ: ވޯލްޑް ކަޕް ޕެކް- މިއީ އެކްޓިވޭޓް ކޮށްލުމުން މީޑިއާނެޓް އެޕް މެދުވެރިކޮށް މެޗްތައް ބަލާލުމަށް 100 ޖީބީ ޑޭޓާ އާއި...

އަޙްމަދު ވަހީދު
ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނީ 5 ޓީމު

ކުޅުދުއްފުށީ ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާނީ 5 ޓީމު

ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “އެމްޓީސީސީ ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2022” ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގެ ދަށުން މުއްދަތު ހަމަވިއިރު، މުބާރާތުގައި ފަސް ޓީމެއް ބައިވެރިވެފައި ވާކަމުގައި ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ. މި އަހަރުގެ ޑިސެމްބަރ މަހުގެ ދެވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި އޮތީ މިނިސްޓްރީ އޮފް ހޯމްއެފެއާޒް ނުވަތަ ޔޫތު މިނިސްޓްރީގެ ސްޕޯޓްސް ކޮމިޝަނުގައި ރަޖިސްޓަރީ ކޮށ...

އިބްރާހިމް ޚަލީލް
ވޯލްޑް ކަޕް: އެންކުންކޫއަށް އަނިޔާވުމުން އެ ފުރުޞަތު މުއާނީއަށް

ވޯލްޑް ކަޕް: އެންކުންކޫއަށް އަނިޔާވުމުން އެ ފުރުޞަތު މުއާނީއަށް

މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވުމުން، އެންކުންކޫގެ ބަދަލުގައި ފްރާންސް ސްކޮޑުން ރަންޑަލް ކޯލޯ މުއާނީއަށް ފުރުޞަތު ދީފިއެވެ. ޖަރުމަނު ލީގުގެ ފްރޭންކްފާޓަށް ކުޅެމުން އަންނަ އުމުރުން 23 އަހަރުގެ މުއާނީއަކީ މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. އޭނާ ވަނީ މި […]

އިބްރާހިމް ޚަލީލް
ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ރާއްޖެ އައި ބްރެޒިލް އަންހެނެއްގެ އަތުން ފަނަރަ މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވިދާޅުވީ ވައިގެ މަގުން ބްރެޒިލުން ރާއްޖެއައި އެޤައުމުގެ ރައްޔިތެއްގެ އަތުން މަސްތުވާތަކެތި  އަތުލައިގެންފައިވާ ކަމަށެވެ. މިތަކެތި އަތުލައިގަތީ މި ނޮވެންބަރު 9 ވަނަ ދުވަހު ކަމަށާއި އެއީ އުމުރުން 29 އަހަރުގެ މީހެއް ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވި އެވެ. އެ އިދާރާ އިން ވިދާޅުވީ އެތަކެތި ފެނިފައިވަނީ އޭނާއާއި މެދު ޝައްކުކުރެވިގެން، އެފަސިންޖަރުގެ ލަގެޖް […]

މުޙައްމަދު އަފްރާޙް
ނަދީމްގެ މަރު: ދައުވާއިން ސަލާމަތްވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ

ނަދީމްގެ މަރު: ދައުވާއިން ސަލާމަތްވި މީހުންގެ މައްސަލަ އިސްތިއުނާފު ކުރަނީ

ހއ. ތަކަންދޫ، އިބްރާހިމީހިޔާ، ނަދީމް އަބްދުލްކަރީމް މަރާލި މައްސަލާގައި ދައުވާ ލިބުނު މީހުން ސަލާމަތްވި މައްސަލަ އިސްތިއުނާފް ކުރަން ނިންމައިފި އެވެ. ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވިދާޅުވީ އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ދައުލަތުން ނިންމާފައިވާ ކަމަށެވެ. މި މައްސަލާގައި ބައެއް ހެކިންނަށް ބިރު ދެއްކުމުގެ ކަންތައްތަކެއް ހިނގާފައިވާ ދައުލަތުން ކުރިން ވިދާޅުވެފައިވާއިރު، ބައެއް ހެކިން ހެކިބަސް ދިނުމާ ގުޅިގެން ސިލްސިލާ މާރާމާރީތަކެއް ހިނގައިދިޔަ ކަމަށް ވެސް ދައުލަތުން ވިދާޅުވެފައި ވެއ...

މުޙައްމަދު އަފްރާޙް
ނޫމަރާގައި ބާއްވާ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ނޫމަރާގައި ބާއްވާ އަންހެން ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ށ. ނޫމަރާގެ ކަނބަލުންނަށް އަމާޒުކުރެވިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޮލީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ނޫމަރާ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ވޮލީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ ޑިސެމްބަރ މަހުގެ 10 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު […...

އިބްރާހިމް ޚަލީލް
ހައިކޯޓުގެ 42 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުންގެ ބެންޗެއް

ހައިކޯޓުގެ 42 އަހަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރުންގެ ބެންޗެއް

ހައިކޯޓުގެ ތާރީހު ގައި ފުރަތަމަ ފަހަރަށް އަންހެން ތިން ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ބެންޗަކުން މިއަދު ޝަރީއަތެއް ހިންގައިފި އެވެ. އެ ކޯޓުން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާއާއި އަލްއުސްތާޛާ ޙުޒައިފާ މުޙައްމަދު އަދި އަލްއުސްތާޛާ ދީބާނާޒް ފަހުމީ ކަމަށެވެ. ހައިކޯޓުގައި ޖުމްލަ 11 ފަނޑިޔާރުން ހިމެނޭއިރު، މި ތިން ކަނބަލުންނަކީ އެ ކޯޓުގައި ތިއްބަވާ ހަމައެކަނި އަންހެން ފަނޑިޔާރުން ވެސް މެއެވެ. މިއީ ހައިކޯޓު އުފައްދައިގެން...

މުޙައްމަދު އަފްރާޙް
ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރިވެއްޖެ

ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސްގައި މާލޭ ސިޓީ ކައުންސިލް ބައިވެރިވެއްޖެ

ސްމާޓް ސިޓީ އެކްސްޕޯ ވާރލްޑް ކޮންގްރެސް 2022 ގައި މާލޭ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ އެވެ. ސްޕޭނުގެ ބާސަލޯނާގައި ކުރިއަށްދާ މި ކޮންގްރެެސް ފެށީ އިއްޔެ އެވެ. މި ބައްދަލުވުމުގައި އެ ކައުންސިލްގެ ފަރާތުން ބައިވެރިވެލައްވަނީ ހުޅުމާލޭ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާއު އެވެ. މި ބައްދަލުވުމުގައި މިއަދު އޮތް ދަންފަޅިތަކުގައި ވަނީ އެ ކައުންސިލްގެ މިދައުރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނުގައި ހިމެނޭ މުހިންމު ލަނޑުދަނޑިތަކަށް އަލިއަޅުވާލައްވާފަ އެވެ. އަދި ދުނިޔޭގެ ތަފާތު 70 ޤައުމަކުން […]

މުޙައްމަދު އަފްރާޙް
އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަނީ

އާރުޓީއެލްއަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަނީ

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށަން ތައްޔާރުވެއްޖެއެވެ. ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި މާދަމާ ފަށާނެއެވެ. އަދި އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އެ އަތޮޅުގައި ތިން ރޫޓަކުން ދަތުރުތައް ކުރުމަށް މިހާރު ތަވަލުކޮށްފައިވާއިރު، ހަފުތާގ...

ޔުމްނާ ޢަލީ
ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިން ޔުނިޓުގެ ބިންގާ އަޅައިފި

ހއ. ދިއްދޫގައި އިމާރާތް ކުރާ 75 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި އެވެ. އެރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި އެ އަތޮޅު ކައުންސިލްގެ ރައީސް އަދި ދިއްދޫ ކައުންސިލުގެ ރައީސް އާއި ދިއްދޫ ކައުންސިލް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ދިއްދޫގައި 75 ހައުސިން ޔުނިޓް އަޅަން އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފައިވަނީ 2022 އޯގަސްޓު 10 ގަ އެވެ. މި މަޝްރޫޢަށް […]

މުޙައްމަދު އަފްރާޙް
ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި، ރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ޖަލާލުއްދީން ސްކޫލްގެ 2 ދަރިވަރެއް

ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައި، ރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ޖަލާލުއްދީން ސްކޫލްގެ 2 ދަރިވަރެއް

2022-2021 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުން، ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ދިވެހިރާއްޖޭގެ ޤައުމީ ގަދަ 10 ގެ 1 ވަނައިގައި ކުޅުދުއްފުށީ ސިޓީގެ ޖަލާލުއްދީން ސްކޫލްގެ 2 ދަރިވަރަކު ހިމެނިއްޖެއެވެ. ޖަލާލުއްދީން ސްކޫލުން ކުރި ޕޯސްޓެއްގައި ވިދާޅުވީ، 2022-2021 ވަނަ އަހަރުގެ އޯލެވެލް އަދި އެސް.އެސް.ސީ އިމްތިޙާނުތަކުގެ ފައިނަލް ނަތީޖާއަށް ބަލާއިރު ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ 13 ދަރިވަރުންގެ ތެރޭގައި ހުރިހާ މާއްދާއަކުން އޭ ސްޓާ ހޯދައިގެން ދިވެހިރާއްޖޭގެ ޤައުމީ ގަދަ […]

ޔުމްނާ ޢަލީ
ޢިމާރާތްކުރުމުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުން މުހިއްމު: ނައިބު ރައީސް

ޢިމާރާތްކުރުމުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުން މުހިއްމު: ނައިބު ރައީސް

މޫސުމަށް އަންނަ ބަދަލުތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޢިމާރާތްކުރުމުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުން މުހިއްމުކަމުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި ޢިމާރާތްކުރުމުގެ ދާއިރާއަށް ވެވޭނެ އެންމެ ބޮޑު ޙިއްޞާއަކީ، ޢިމާރާތް ކުރުމުގެ ޞިނާޢަތުގައި ތިމާވެށްޓާއި ރައްޓެހިގޮތްތައް ހޯދުމާއި ބޭނުންކުރުންކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އިންޓަރނޭޝަނަލް ފ...

އަލީ އާދިލް