ހއ. އިހަވަންދޫ ސްކޫލް މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މި މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށްދަނީ ރޫފިން އަދި ޕްލާސްޓަރިންގެ މަސައްކަތްތަކެވެ.
އެޑިއުކޭޝަން މިނިސްޓްރީން އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމައި ހަވާލު ކުރާ ގޮތަށެވެ.
މިއީ 7.75 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގައި އުމްރާނީ ތަރައްގީގެ ގިން މަޝްރޫއުތަކެއް ހިންގަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!