ހަށިވިއްކުމަށް ފުރުސަތު ދީގެން ނުތިބޭ ކަމަށާއި އެކަން ހައްލު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ހިދުމަތް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެން މިހާރުކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިމްރާން ވިދާޅުވީ ސޯޝަލް މީޑިއާއިން މިހާރަކަށް އައިސް ގިނައިން ފެންނަނީ އެ މީޑިއާ (ހަށިވިއްކުން) ފުޅާވެފައިވާ މިންވަރު ކަމަށެވެ. އަދި ކޮވިޑަށް ފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލުމުން އެފަދަ ހަ...
މުޙައްމަދު އަފްރާޙް
ހއ. އުތީމުގައި ހިންގި ދަނޑުވެރިކަމާބެހޭ ތަމްރީން ޕްރޮގްރާމް ނިންމާލައިފިއެވެ. އުތީމު ކައުންސިލުން ވިދާޅުވިގޮތުގައި މި ތަމްރީން ޕްރޮގްރާމަކީ، މިނިސްޓްރީ އޮފް ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އެރަށުގައި ހިންގި ޕްރޮގްރާމެކެވެ. ދިހަ ދުވަހުގެ މުއްދަތައް ހިންގި މި ޕްރޮގްރާމް ނިންމުމަށް ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ވަނީ މި ޕްރޮގްރާމް ފުރިހަމަ ކުރި 26 ބައިވެރިންނަށް ސެޓްފިކެޓް ދީފައެވެ. އުތީމު ކައުންސިލް ރައީސް އަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، މި...
ޙުސައިން ޝަހުދީ
އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެމްބަރުންގެ އަޣްލަބިއްޔަތުން ނެވެ. ދެކޮޅަށް ވޯޓު ދެއްވީ 26 މެންބަރުން ނެވެ. މި އިސްލާހުގައިވާގޮތުން ޓީޖީއެސްޓީ 12 ޕަސ...
މުޙައްމަދު އަފްރާޙް
ހދ. ނޮޅިވަރަމްގައި، ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި ފަރާތްތަކަށް ކޭމްޕެއް ބާއްވަން އެރަށު ކައުންސިލުން ނިންމައިފިއެވެ. މި ކޭމްޕަކީ ނޮޅިވަރަމް ކައުންސިލާއި، ”އާރކް” އަދި ”ބިއުޓިފުލް އައިސް ޑައުންސިންޑްރޯމް ގުޅިގެން ކުރިއަށް ގެންދާ ކޭމްޕެކެވެ. ނޮޅިވަރަމް ކައުންސިލުން ވިދާޅުވާގޮތުގައި، މި ކޭމްޕް ޚާއްޞަ ކުރެވިފައި ވަނީ ވާހަކަ ދެއްކުމާއި އަޑުއިވުމުގެ ދަތިތައް ހުރި އުމުރުން 18 އަހަރުން ދަށުގެ ފަރާތްތަކަށެވެ. މި ކޭމްޕްގައި ބަލި ދެނެގަތުމާއި، ސްޕީޗް ތެރަޕިސްޓުންނަށް ދެއްކުމުގެ ޚިދުމަތް ދިނު...
ޔުމްނާ ޢަލީ
ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި 1.6 ޓަނުގެ މަސްތުވާތަކެތި އަތުލައިގެންފި ކަމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ވޭތުވެދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދުނު ކާމިޔާބީތަކުގެ މައުލޫމާތު ހިއްސާކުރެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނެވެ. އިމްރާން ވިދާޅުވީ އެކި މަރުހަލާތަކުގައި އަތުލައިގަނެ، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 1.9 ޓަނުގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ. އަދި އެންމެ އިސްކަމެ...
މުޙައްމަދު އަފްރާޙް
ކަޅުއޮށްފުންމި މިވަގުތު ހުރީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ބެލުމުގެ ދަށުގައި ކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ. އެކަމަނާ ވިދާޅުވީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ހއ. ބާރަށުގައި ކަޅުއޮށްފުންމި ބާއްވާނެ ޖާގައެއް ހަދައި، އެރަށަށް އެ އުޅަނދު ގެންދިއުމަށް ކަމަށެވެ. އެއީ ބޮޑުތަކުރުފާނާއި ގުޅުންހުރި މިކަހަލަ އޮޑ...
މުޙައްމަދު އަފްރާޙް
މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ފްރާންސް ޓީމާއިއެކު ފަރިތަކުރަމުން ދަނިކޮށް އަނިޔާވެ އެ ޓީމްގެ ފޯވާޑް ކްރިސްޓޮފަރ އެންކުންކޫއަށް ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަޤީން ވެއްޖެއެވެ. ޖަރުމަނު ލީގުގެ އާރުބީ ލައިޕްޒިގަށް ކުޅެމުން އަންނަ އުމުރުން 25 އަހަރުގެ އެންކުންކޫއަކީ މިވަގުތު ފްރާންސް ޓީމްގައި އެންމެ ފޯމްގައި ހުރި އެއް ކުޅުންތެރިއާއެވެ. އޭނާ ވަނީ ލައިޕްޒިގް މި ސީޒަންގައި ޖަރުމަނު ލީގުގައި ކުޅުނު 15 މެޗުގައި […]
އިބްރާހިމް ޚަލީލް
ހދ. ނޮޅިވަރަންފަރު ކަނބަލުންނަށް ހާއްސަކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔަ ޕޭސްޓްރީ ކޯސް ކާމިޔާބުކަމާއިއެކު ނިންމާލައިފިއެވެ. މި ކޯހަކީ ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި އަމްސް ކޭކްސް ގުޅިގެ ކުރިއަށް ގެންގޮސްފައިވާ ކޯހެކެވެ. މި ކޯހުގައި ޖުމްލަ 30 ފަރާތަކުން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައިވެއެވެ. މި ކޯސް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން 10 ވަނަ ދުވަހުގެ ނިޔަލަށެވެ. މި ކޯހުގައި ޖުމްލަ 24 އައިޓަމެއް ވަނީ […]
އިބްރާހިމް ޚަލީލް
ބެލްޖިއަމްއަކީ ވޯލްޑް ކަޕުގެ ފުރަތަމަ މުބާރާތުން ވެސް ފެނުނު ޓީމެކެވެ. އުރުގުއާއީގައި 1930 ވަނަ އަހަރު ބޭއްވި އެ މުބާރާތުން ފެށިގެން މިހާތަނަށް ބެލްޖިއަމުން ވަނީ ޖުމުލަ 14 ވޯލްޑް ކަޕެއްގައި ވާދަކޮށްފައެވެ. ވޯލްޑް ކަޕުގައި ބެލްޖިއަމުން އެންމެ ރަނގަޅު ނަތީޖާތަކެއް ހޯދައިފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕް އަދި 2018 ވަނަ އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގައެވެ. ބެލްޖިއަމް އެންމެ […]
ތިލަދުން
މުޖުތަމަޢުގެ އާންމު އަހުލާގީ މިންގަނޑާ ހިލާފު މައުލޫމާތާއި ޚަބަރު ނުފެތުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ހަނދާންކޮށްދެއްވައިފި އެވެ. އެމްއެމްސީ އިން ނެރުނު ނޫސް ބަޔާނެއްގައި ވިދާޅުވީ ދިވެހި މީޑިއާގެ ހަމަތަކާ އަހްލާގީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މައުލޫމާތަކީ ސައްހަ، ތެދު މައުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް ހަނދާންކޮށްދެއްވާ ކަމަށެވެ. މީގެ އިތުރުން ސައްހަ މަސްދަރުތަކުން ހޯދާ މައުލޫ...
މުޙައްމަދު އަފްރާޙް
މިއަހަރުގެ ރިވެލި ފޯރަމް ބާއްވައިފި އެވެ. ޖެންޑަރ މިނިސްޓްރީން އިންތިޒާމުކޮށްގެން މި ފޯރަމް ބާއްވާފައިވަނީ އެއްދުވަހުގެ މުއްދަތަށެވެ. މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީ އެވެ. ފޯރަމްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ނުކުޅެދުންތެރިކަން ހުރި މީހުންނާއި ކުޑަކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިކުރުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި އެފަރާތްތައް ބާރުވެރިކުރުވުމާއި، އެފ...
މުޙައްމަދު އަފްރާޙް
ގދ. ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާ އެކު އައްޑޫ ސިޓީއަށް ދަތުރުކުރަމުން ދަނިކޮށް ދިޔަވެ، ބަންޑުން ޖަހާލި ލޭންޑިންގކްރާފްޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް ހުއްޓުމެއް ނެތި ކުރަމުން އަންނަކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. އެގޮތުން، ވައިގެ މަގުން 4854 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދެއް އަދި ކޯސްޓްގާޑު ޝިޕް ޣާޒީއާއި އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިން ގުޅިގެން ކަނޑުމަގުން 264 ސްކެއަރ ނޯޓިކަލް މޭލުގެ ސަރަހައްދ...
މުޙައްމަދު އަފްރާޙް
އާމްދަނީ އިތުރު ކުރުމަށް މިވަގުތު ރާއްޖޭގައި ޓެކްސް ބޮޑު ކުރުމަކީ މުހިންމު ފިޔަވަޅެއް ކަމަަށް ވޯލްޑް ބޭންކުން ރާއްޖެއާއި ލަންކާ އާއި ނޭޕާލަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް ވިދާޅުވެއްޖެއެވެ. އޭނާ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލި އޭގެ ސަބަބުން ރާއްޖޭގެ އިގްތިސާދިގެ ހާލަތު ދަށްވެފައިވާ ކަމަށެވެ. އެހެންކަމުން ވީހާވެސް އަވަހަށް ޓެކްސް ބޮޑު ކުރުމަކީ ރާއްޖޭގެ އާމްދަނީ އިތުރު ކުރުމަށް މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. […]
އަޙްމަދު ވަހީދު
އަނިޔާގެ ސަބަބުން މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް ކުޅޭ ފުރަތަމަ މެޗުގައި އެ ޓީމްގެ ކެޕްޓަން ސަޑިއޯ މާނޭއަށް ނުކުޅެވޭނެ ކަމުގައި އެ ޤައުމުގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ. މާނޭއަށް އަނިޔާވެފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މެޗުގެ 15 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ބަޔަކު މަރުވި އަލިފާނުގެ ހާދިސާ ހިނގި، މ. ނިރުފެހި ގެއިން އިންސާނެއްގެ ފައިތިލައެއް ފެނިއްޖެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަން މިރޭ ނޫސްތަކަށް މަޢުލޫމާތު ދެމުން ވިދާޅުވީ ފައިތިލަ ފެނުނީ އެގެ ސާފުކުރަމުން ދަނިކޮށް ކުނިތަކުގެ ތެރެއިން މިއަދުގެ ވަގުތެއްގައި ކަމަށެވެ. މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ދަނީ އެ އަލިފާނުގެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެގެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދަނީ ޕްލޭނިން މިނިސްޓްރީންނެވެ. އެ ގޭގައި […...
އަލީ އާދިލް
ދިވެހިރާއްޖޭގެ މުޖުތަމަޢުގައި ޢަރަބި ބަހަށް އަހަންމިއްޔަތުކަން ދެވޭ މިންވަރު އިތުރުކޮށް، މަދަރުސީ ތަޢުލީމު ޙާޞިލްކުރަމުންދާ ދަރިވަރުންނަށް ފޭރާން ހެޔޮ އަދި ނަތީޖާ ނެރެވެނިވި ގޮތެއްގައި ޢަރަބި ބަސް އުނގަންނައިދިނުމުގެ މަޤްޞަދުގައި، ޢިލްމު އިންސްޓިޓިއުޓުން މަޝްރޫޢެއް ފެށުމަށް ތައްޔާރުވެއްޖެ އެވެ. މިކަން އިޢުލާން ކުރެއްވީ ޢަރަބި ބަސް އުނގަންނައިދިނުމުގެ ބޮޑު މަޝްރޫޢު އިއުލާން ކުރެއްވުމަށް އެއިންސްޓިޓިއުޓުގައި ކުރިއަށްގެންދިޔަ ނޫސްކޮންފަރެންސް އެއްގަ އެވެ. މަޝްރޫޢުގެ އަމާޒަކީ، ބައިނަލްއަޤްވާމީ ގޮތުނ...
އަލީ އާދިލް
ށ.ފުނަދޫ ކައުންސިލާއި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާއި ޖަމިއްޔަތުއް ސަލަފް ގުޅިގެން ފުނަދޫގައި ކުރިއަށް ގެންދިޔަ “އިސްލާމިކް ސެމިނާ 2022” ނިންމާލައިފިއެވެ. މި މަހުގެ ދިވަހަނަ ދުވަހާއި އެގާރަވަނަ ދުވަހު ފުނަދޫގައި ކުރިއަށް ގެންދިޔަ މި ސެމިނާގައި ޖުމަލް ހަތަރު މަޢުލޫއަކަށް ހަތަރު ސެޝަންއެއް ވަނީ ބާއްވާފައެވެ. މިގޮތުން މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ފުނަދޫ ކައުންސިލް ޖަލްސާ ކުރާ މާލަމުގައި ގެންގޮސްފައި ވަނީ، މުޖުތަމަޢުގައި ޒުވާނުންގެ ދައުރާއި އަމިއްލަ މަސައްކަތުން […]
އިބްރާހިމް ޚަލީލް
ހދ. ނޮޅިވަރަމް ފުޓްސަލް ދަނޑުގައި ޓާފް އަޅައިދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިޢުލާން ކޮށްފިއެވެ. މިކަމާއި ގުޅިގެން މިއަދު އެ ކައުންސިލުން ކޮށްފައިވާ އިޢުލާނުގައި ވިދާޅުވެފައި ވަނީ މި މަސައްކަތް ކޮށްދިނުމަށް އެދި އަންދާސީ ހިސާބް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މި މަހުގެ 22 ވަނަ ދުވަހުގެ 13:00 ގެ ކުރިން ކައުންސިލް ނަމްބަރަށް (6520043) ގުޅުއްވައި ނުވަތަ އޮންލައިންކޮށް ރަޖިސްޓަރީ ވުމަށެވެ. އޮންލައިންކޮށް ރަޖިސްޓަރީވުމަށް: https://forms.gle/J3z8sp27v4YQjt179 މި މަސައްކަތައް އެދި...
އިބްރާހިމް ޚަލީލް