ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޢިއުލާންކޮށްފިއެވެ. ހައިކޯޓަށް ފަނޑިޔާރެއް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ކުރި ޢިއުލާންގައިވާ ގޮތުން އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން މިމަހުގެ 30 ވަނަ ދުވަހުގެ 12:00 ކުރިން އެކަމަށް އެދި ހުށަހަޅަންޖެހެއެވެ. އެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުން ފަނޑިޔާރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅަން ޖެހެނީ ޖޭއެސްސީގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. ހައިކޯޓޫގެ ފަނޑިޔާރެއްގެ މުސާރައަކީ 36،000 ރުފިޔާއެވެ. އަދި ލިވިން އެލަވަ...
ޔުމްނާ ޢަލީ
ށ. ފޭދޫ ސްކޫލަށް އިތުރުކުރާ 8 ކްލާސް ރޫމާއި، މަލްޓިޕާޕަސް ހޯލްގެ މަސައްކަތް ނުނިމި ދިގުލާތީ އެރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ފޭދޫ ކައުންސިލްގެ ރައީސް އަހްމަދު ރައިޝަމް ”ތިލަދުން” އަށް ވިދާޅުވީ، އެރަށުގެ ސްކޫލަކީ މިހާރު 7 ކިލާސް ރޫމް އެކުލެވޭ ސްކޫލެއް ކަމަށެވެ. އަދި އެ ސްކޫލްގައި ގްރޭޑް 10 އަކާއި ހަމައަށް، ޖުމްލަ 224 ދަރިވަރުން އުނގެނެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ސްކޫލްގެ ޖާގައިގެ ދަތިކަމާހުރެ ދެ ދަންފަޅިއަށް ބަހައިގެން މެނޭޖް ނުކުރެވޭ ކަމަށެވެ. […]
ޔުމްނާ ޢަލީ
ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތުކުރުމަކީ އެއްވެސް މަރްހަލާއެއްގައި ފަސޭހަ ކަމެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެ އެވެ. އެކަމަނާ މިފަދައިން ވިދާޅުވީ “ޕޮސިޓިވް ޕޭރެންޓިންގ ޕްރޮގްރާމް” އިފްޠިތާޙްކޮށްދެއްވާ ދެއްވި ވީޑިއޯ މެސެޖުގައި ވާހަކަފުޅު ދައްކަވަމުން ނެވެ. ފަޒުނާ ވަނީ މުޖުތަމައުގެ ތެރެއިން އެކަކު އަނެކަކުގެ ތަޖުރިބާއިން ކަންކަން ދަސްކޮށް އޭގެ މަންފާ އާއިއެކު، މި ޖަޒީރާގެ ދަރިން ތަރުބިއްޔަތުކުރުމަށް އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް ގޮވައިލައްވާ...
މުޙައްމަދު އަފްރާޙް
ފްރާންސްގެ ހުނަރުވެރި ފޯވާޑް އަދި ރެއާލް މެޑްރިޑުގެ ކެޕްޓަން ކަރީމް ބެންޒެމާއަށް އަނިޔާވެ މިރޭ ފަށާ ވޯލްޑް ކަޕްގައި ނުކުޅެވޭނެ ކަން ޔަގީން ވެއްޖެއެވެ. މިދިޔަ ސީޒަނުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ފްރާންސް ފުޓްބޯޅަ މަޖައްލާއިން ދޭ ބެލޮންޑިއޯ އެވޯޑް އަދި ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ ކަމުގައިވާ ޔުއެފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމް ހޯދި، ބެންޒެމާއަށް އަނިޔާވެފައިވާކަން ފްރާންސްގެ ގައުމީ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައިއެވެ. […]
އިބްރާހިމް ޚަލީލް
ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވާވަރަކަށް، ކަލިނަރީ ފަންނުގެ ހުނަރުވެރިންނަށް ބޭނުންވާ މިންވަރުވެސް އަންނާނީ އިތުރުވަމުން ކަމަށާއި މިއީ ދިވެހި ޒުވާނުން ކުރިމަތިލާން ވަރަށް މުހިންމު ފަންނެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން “ސީ.ޖީ.އެމް ޝެފްސް އެވޯޑްސް 2022” ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސްއިން ތައާރަފުކުރި މި ދާއިރާގެ ފުރަ...
މުޙައްމަދު އަފްރާޙް
ލަސް ފިޔަވަޅުތަކެއްގައި ގޮސް ވަދެވުނީ ތޮއްޖެހިފައިވާ ހަލަބޮލި މާޙައުލަކަށެވެ. އެހެނަސް ތަނުގެ ރީތިކަމާއި ތަނަށް ވެރިވެފައިވާ ކުލަކުލައިގެ ބޮކިތަކުގެ ރަން އަލިން, ހިތަށް ފިނިކަން ގެނުވައެވެ. އެއްބަޔަކު އެކި ހިސާބުތަކުގައި މަޑުކޮށްލައިގެން ތިބި އިރު, އަނެއްބަޔަކު ކޮޅުކޮޅަށް ހޭލަމޭލަވެ އުޅެއެވެ. މާމެލާމެލިން ޒީނަތްތެރިކޮށްފައިވާ އެ ސަރަޙައްދުވަނީ ރީތި މިޔުޒިކަކުން ގުގުމާލާފައެވެ. ކުރިއަށް ހިނގަމުންދާ ވަރަކަށް ފެންނަނީ ހިނިތުންވުމުން އުޖާލާވެފައިވާ މޫނުތަކެވެ. އިވެމުންދަނީ ހިމަ, ތޫލި އަޑުއަޑުން ވާހަ...
ސަލާމާ ޢަބްދުލް ޢަލީމް
ފަލަސްތީނުގެ ގާޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަނިޔާތަކުގެ ހަބަރުތަކާއި މައުލޫމާތުތައް އެންމެ ތާޒާކަމާއި އެކު ފޯރުކޮށްދޭ “ފަލަސްތީން އޮންލައިން” ގެ ޓުވިޓާ އެކައުންޓު ސަސްޕެންޑުކޮށްފައިވާއިރު މިއަދު ދުނިޔޭގެ ހުރިހާ ނޫހެއްގެ ފަލަ ސުރުހީން ޖާގަ ހޯދާފައިވަނީ އެެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޓުވިޓަރ އެކައުންޓު އަނބުރާ ދިން ޚަބަރަށެވެ. ފަލަސްތީން އޮންލައިން އަކީ އެގައުމުގައި ހިންގާ އެންމެ ނުފޫޒު ގަދަ އެއް އޮންލައިނެވެ. ޓުވިޓާގައި އެ އެކައުންޓު، 80،000 އަށްވުރެ ގިނަ މީހުން ފޮލޯ ކުރެ...
މުޙައްމަދު ވަސީމް
އިނގިރޭސިވިލާތުގެ މަހުޖަނު ރިޗަޑް ބްރޭންސަންގެ ވާޖިން އެޓްލާންޓިކުން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ. އެ އެއާލައިނުން ބުނެފައިވަނީ ދަތުރުތައް ފަށަން ތާވަލު ކޮށްފައިވަނީ އަންނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް ކަމަށެވެ. ފުރަތަމަ ދަތުރުތައް ފަށަން ތާވަލު ކޮށްފައިވަނީ 22 އޮކްޓޯބަރު 2023 އެވެ. އަންނަ އަހަރަށް ދަތުރުތައް ތާވަލު ކުރި ނަމަވެސް މި މަހުގެ 30 އިން ފެށިގެން ބުކިންތަކަށް ހުޅުވާލާނެއެވެ. މި ދަތުރުތައް ކުރަން ނިންމާފައިވަނީ ލަންޑަނުގެ ހީތުރޯ އެއޕޯޓުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށ...
އަޙްމަދު ވަހީދު
ގިނަ ބައެއްގެ އެދުމާ އެއްގޮތަށް އުރީދޫ ފަން ރަންގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ. އުރީދޫ މޯލްޑިވްސް އިން ބުނީ މިހާރު ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ލިބޭނެ ކަމަށެވެ. މި ރަންގައި ބައިވެރިވުމަށް ރެޖިސްޓަރ ކުރެވޭނީ އުރީދޫ މޯލްޑިވްސްގެ އީ ކޮމާސް ޕްލެޓްފޯމް http://ore.do/funrunkit މެދުވެރިކޮށެވެ. ހަ އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު ތަފާތު ހަރަކާތްތަކެއް ހިމެނޭ ފަސް ކިލޯމީޓަރުގެ މި ކުރު ދުވުމަކީ އަލަށް […]
އަޙްމަދު ވަހީދު
އިނގިރޭސިވިލާތުގެ ސިޓީއެއް ކަމަށްވާ ލީޑްސް ގައި ދިރިއުޅޭ ޔޫސުފް ޝާހް އަކީ ވިސްނުންތޫނުކަމަށް މުޅި ދުނިޔެއަށް މަޝްހޫރު މީހުން ކަމަށްވާ އެއިންސްޓެއިން އާއި ސްޓީވަން ހޯކިންގް އަށް ވުރެ ވެސް އައި ކިއު ލެވެލް މަތި ކުއްޖެކެވެ. ބްރިޓިޝް މެންސާ އައިކިއު ޓެސްޓްގައި، އުމުރުން އެންމެ 11 އަހަރުގެ މި ފިރިހެން ކުއްޖާ އަށް 162 ލިބުނެވެ. އައިކިއު ޓެސްޓަކީ ވިސްނުން ދެނެގަތުމަށް ހަދާ ޓެސްޓެކެވެ. މުސްލިމް އާއިލާއަކަށް ނިސްބަތްވާ ޔޫސުފް ޝާހު، އައިކިއު ޓެސްޓު ހެދީ […]
މުޙައްމަދު ވަސީމް
މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގުޅިގެން ދިވެހި ރާއްޖޭގެ މީޑިއާތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް “ފައިނޭންޝިއަލް ޖަރނަލިޒަމް ވޯކްޝޮޕް” އެއް ބާއްވައިފި އެވެ. މަހަޓާން ބިޒްނަސް ހޮޓެލެސްގައި އިއްޔެ ކުރިއަށްދިޔަ މި ވޯކްޝޮޕަކީ ނޫސްވެރިންނަށް އިންތިޒާމް ކޮށްގެން ފައިނޭންސް ގުޅޭ ހަބަރުތައް ރިޕޯޓްކުރާނެ ގޮތާއި ގުޅޭ ގޮތުން ކުރިއަށްދިޔަ ވޯކްޝޮޕެކެވެ. 5 ސެސަން އަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ސެޝަންތައް ނަންގަވައިދެއްވީ ބީއެމްއެލްގެ ފަރާތުން ތަޖު...
އިބްރާހިމް އަސްވާޤް
ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ދިވެހިރާއްޖޭގެ ބާ އިމްތިޙާނު މިއަދު ބާއްވައިފިއެވެ. މިއީ މި އިމްތިހާނު ރާއްޖޭގައި ބޭއްވި ފުރަތަމަ ފަހަރެވެ. ބާ ކައުންސިލުން ވިދާޅުވިގޮތުގައި މިއަދު ބޭއްވި ބާ އިމްތިހާނު 176 މީހަކު ވަނީ ހަދާފައެވެ. މި އިމްތިހާނު ކުރިއަށް ގެންގޮސްފައިވަނީ ދެ ދަންފަޅިއަކަށެވެ. މި އަހަރުގެ ބާ އިމްތިޙާނުގެ ސުވާލުތައް ދީފައި ވަނީ، ކޮންސްޓިޓިޔުޝަނަލް / ޕަބްލިކް ލޯ، ކޮންޓްރެކްޓް ލޯ، ކްރިމިނަލް ލޯ، ޓޯޓް […]
ޔުމްނާ ޢަލީ
މިހާރު މިއޮތް ވެރިކަން ވައްޓާލުމުގެ މަސައްކަތުގެ ކޮންމެ ބައިވެރިޔަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ މެންބަރުންނަށް ޣައްދާރުވާ މީހެއް ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ. ޝިފާޢު މިހެން ވިދާޅުވީ، މާލޭގެ ކުރީގެ މޭޔަރު ޝިފާ މުޙައްމަދު، އެމްޑީޕީއަށް ރައްޔިތުންގެ އިތުބާރު ނެތްކަމަށް ވިދާޅުވަމުން، ފާޑުވިދާޅުވެ ދެއްކެވި ވާހަކައަކާއި ގުޅިގެންނެވެ. އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގުދާއިރާގެ މެންބަރު ހަސަން ލަތީފް ފާޅުކުރެއްވި ޝ...
އަލީ އާދިލް
އަންނަ ރިޔާސީ އިންތިޚާބު މިހާރުގެ ސަރުކާރުން ކާމިޔާބުކުރާނެކަމަށް ޤަބޫލުފުޅު ކުރައްވާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު، ޑރ. މައުސޫމް ވިދާޅުވެއްޖެއެވެ. މި ހިނގާ ނޮވެމްނަރު މަހުގެ 17 ވަނަ ދުވަހަށް މި ސަރުކާރަށް ވަނީ 4 އަހަރު ފުރިފައެވެ. ސަރުކާރާއި، ސަރުކާރަށް ތާއީދުކުރާ ފަރާތްތައް 4 އަހަރުގެ ކާމިޔާބީ ފާހަގަ ކުރަމުން ދަނީ ”ހަމަހަމަ 4 އަހަރު”ގެ ގޮތުގައިއެވެ. އަދި އެފަރާތްތަކުގެ ޝުއޫރުތައް ދަނީ މީސް މީޑިއާއަށް ބަންޑުން ކުރަމުންނެވެ. މި ސަރުކާރުގެ ދައުރުގެ ފަހު އަހަރު ގުނަން ފެށުނުކަން […]
އަލީ އާދިލް
ދިވެހި ފުލުހުންގެ ހިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއި ހަލައްކައަށް ވުރެ ގިނަ ރުފިޔާ އާއެކު ހައްޔަރުކުރި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. މި މައްސަލައިގެ ތަހުގީގާއި ގުޅޭގޮތުން ފުލުހުން މިހައިތަނަށް އިތުރު މައުލޫމާތެއް އަދިހާމައެއް ނުކުރައްވަ އެވެ. މަސްތުވާތަކެއްޗާއި ފައިސާ އަތުލައިގެންފައިވާކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގ...
މުޙައްމަދު އަފްރާޙް
ބައިނަލްއަގުވާމީ ފްރާންޗައިޒެއް ކަމަށްވާ އެމެރިކާގެ “އެންވައި ސްޓޭކް ޝެކް” ގެ ރެސްޓޯރެންޓެއް ހުޅުމާލޭގައި ހުޅުވަން ތައްޔާރުވެއްޖެއެވެ. ހުޅުމާލެ ސެމްޓްރޯ މޯލްގެ ގްރައުންޑް ފްލޯގައި މި ރެސްޓޯރެންޓް ހުޅުވަނީ މި މަހުގެ 24ގައެވެ. މި ރެސްޓޯރެންޓް ހުޅުވަން އެޗްޑީސީގެ އިސްވެރިންނާއެކު ފްރާންޗައިޒް ގްރޫޕްގެ ސީއީއޯ ބައިވެރިވާނެއެވެ. އަދި ލައިސެންސް ރާއްޖޭގެ ފްރާންޗައިޒާ ހަވާލު ކުރައްވާނެއެެވެ. އަލަށް ހުޅުވާ މި ރެސްޓޯރެންޓްގައި 250 މީހުންގެ ޖާގަ ހުންނާނެއެވެ. މިއީ ހުޅުމާލޭގައި ހުޅުވާ އެންމެ ބޮޑު އެއް ރެސްޓ...
އަޙްމަދު ވަހީދު
ޓެކްސް ބޮޑުކުރުމަށް އިދިކޮޅު ފަރާތްތަކުން ދެކޮޅުކަން ހާމަކޮށް ދައްކާ ވާހަކަތަކަކީ ސިޔާސީ ވާހަކަތަކެއްކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޓެކްސް ބޮޑުކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށް އިތިކޮޅު ފަރާތްތަކުން ވެސް ގަބޫލުކުރާ ކަމަށެވެ. އަމީރު އިތުރަށް ވިދާޅުވީ، މި ސަރުކާރުން ވަށައިޖެހޭ ޓެކްސް ނިޒާމެއް އެކުލަވާލައި، އިންކަމް ޓެކްސްއާއި ޖީއެސްޓީ އަދި ޓީޖީއެސްޓީ ނަގަންޖެހޭ ގޮތް އިސްލާހުކޮށްފައިވާ ކަމަށ...
މުޙައްމަދު އަފްރާޙް
އުތީމު ކައުންސިލުން އިސްނަގައިގެން އެރަށުގައި ކުރިއަށް ގެންދިޔަ ލައިފް ސްކިލް ޕްރޮގްރާމުން އެރަށުގެ ރަށުވަންތަ ސިފަ ހިފަހައްޓައި، އެއްބައިވަންތަ ރަށެއްގެ ގޮތުގައި ތިބުމަށް އައު ހިތްވަރެއް ލިބިގެން ގޮސްފައިވާކަމަށް އުތީމު ކައުންސިލުން ވިދާޅުވެއްޖެއެވެ. މި ނޮވެމްބަރު މަހުގެ 10 އިން 12 އަށް އުތީމުގައި ކުރިއަށް ގެންދިޔަ މި ލައިފް ސްކިލް ޕްރޮގްރާމްގައި މައުލޫމާތު ފޯރުކޮށްދެއްވީ މި ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ މަސްއޫދު ޢަލީ އެވެ. އުތީމު ކައުންސިލްގެ ރައީސް ޢަބުދުﷲ ރަޝީދު ”ތިލަދުން” އަށް ވިދާޅުވީ، އ...
ޔުމްނާ ޢަލީ