މިނިސްޓްރީ އޮފް ފިޝަރީސް މެރިންރިސޯސަސް އެންޑް އެގްރިކަލްޗަރގެ، މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގުރާމްގެ ދަށުން ށ. ފޭދޫ ކައުންސިލްއާއި ގުޅިގެން އެ ރަށުގައި ހިންގާ ބޭސިކް ދަނޑުވެރިކަމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގެ ރައްޔިތުން މެދުގައި ދަނޑުވެރިކަމަށް އޮންނަ ލޯބި އިތުރުކޮށް، ދަނޑުވެރިކަން ކުރިއަރުވައި އެކަމާއި ގުޅޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް...
އިބްރާހިމް ޚަލީލް
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް ގުޅިގެން ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއަރ އެކްސްޕޯ އިއްޔެ ފަށައިފިއެވެ. ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި އެކްސްޕޯއަކީ ޒުވާނުންނަށް ހުނަރާއި ޤާބިލުކަން އިތުރުކުރުމަށް ހުރި ފުރުޞަތުތައް ދެނެގަތުމަށާއި މުސްތަޤްބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށްދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ އެކްސްޕޯއެކެވެ. މި އެކްސްޕޯ ބަ...
ޔުމްނާ ޢަލީ
މޮރޮކޯ އަކީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ވޯލްޑް ކަޕުގައި ވާދަކޮށްފައިވާ ޓީމެކެވެ. މޮރޮކޯ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1970 ވަނަ އަހަރުގައެވެ. އޭގެ ފަހުން 1986، 1994 އަދި 1998 އަދި 2018 ގެ ވޯލްޑް ކަޕްގައި ވެސް ވާދަކުރި އެވެ. މޮރޮކޯއަށް އެންމެ ރަނގަޅު ނަތީޖާއެއް ނެރެވުނީ 1986 ވަނަ އހަރުގެ ވޯލްޑް ކަޕުގައެވެ. އެފަހަރު މޮރޮކޯއިން ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. މިއީ ވޯލްޑް ކަޕް ތާރީޚުގައި […]
ތިލަދުން
ކުޅުދުއްފުށި ސިޓީގައި މިއަހަރު ބާއްވާ ހިޔަލަ އެކްސްޕޯ މާދަމާ ފެށުމަށް ތައްޔާރުވެއްޖެ އެވެ. މި އެކްސްޕޯގައި ހދ. އަތޮޅުގެ 5 ރަށަކުން ބައިވެެރިވެފައިވާކަމަށް މަޢުލޫމާތު ލިބެ އެވެ. ކުޅުދުއްފުށި ސިޓީ، ހަނިމާދޫ، ނޮޅިވަރަންފަރު، ކުރިނބީ އަދި ނެއްލައިދޫ ކަނބަލުންގެ ތަފާތު އުފެއްދުންތައް ބައްލަވައިގަތުމަށް ފުރުޞަތު ލިބިގެން ދާނެ އެވެ. މިއީ، ބައިނަލް އަޤްވާމީ ގެވެށި މަސައްކަތްތެރީންގެ ދުވަހާއި ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ކުޅުދުއްފުށީ ސިޓީ ކައުންސިލ...
އިބްރާހިމް އަސްވާޤް
އަންނަ 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ފޮނުވާފައިވާ ދައުލަތުގެ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރު ކޮށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާ ކޮމިޓީން ބަޖެޓު ފާސް ކޮށްފި އެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓް ފިނޭން މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުއެވެ. އެ ދުވަހު ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މަޖިލީހުގެ މާލިއްޔަތު ކޮމެޓީއާއި، އިގްތިސާދީ ކޮމެޓީ ހިމެނޭގޮތަށް އެކުލަވާލާފައިވާ ބަޖެޓް ކޮމެޓީން އެ […]
ޔުމްނާ ޢަލީ
މާލެ ސިޓީގެ ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސްކޫލްގެ ދަރިވަރުންނަށް ކުރިއަށްގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ޓްރެފިކް މޮނީޓަރސް ޕްރޮގްރާމަކީ، މަގުމަތީގެ ސަލާމަތާއި ރަައްކާތެރިކަމަށް ސްކޫލް ދަރިވަރުން އަހުލުވެރިކުރުވައި ސްކޫލް ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި އަމަލީގޮތުން ދަރިވަރުން ބައިވެރިކުރުވުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނަސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހިރިޔާ ސްކޫލާއި، މަޖީދިއްޔާ ސް...
ޔުމްނާ ޢަލީ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ބާއްވަވާ “އާސްކް ސްޕީކަރ” ގެ 6 ވަނަ ޕްރޮގްރާމް އަންނަމަހު ބޭއްވުމަށް ނިންމަވައިފި އެވެ. މަޖިލީހުގެ އިދާރާ އިން ވިދާޅުވީ ޓީވީއާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ބާއްވަވާ “އާސްކް ސްޕީކަރ” ޕްރޮގްރާމް އޮންނާނީ އަންނަ ޑިސެމްބަރ މަހުގެ 1 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 2:15 ގައި ރައްޔިތުންގެ މަޖިލިހުގެ އިދާރާގެ 4 ވަނަ ފަންގިފިލާގައި ކަމަށެވެ. މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް، މަޖިލީހުގެ ރައީސް ވަގުތުން […]
މުޙައްމަދު އަފްރާޙް
ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ ހަތަރު އަހަރުގައި އިނގުރައިދޫ ދާއިރާއަށް ލިބުނު ތަރައްގީ އޭގެ ކުރީ ހުރިހާ އަހަރަކާ ނުބައްދަލު ކަމަށް އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ. އިއްޔެ އަކީ ރައީސް ޞާލިޙްގެ ސަރުކާރަށް 4 އަހަރު ފުރުނު ދުވަހެވެ. ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ ފަރާތްތައް ފާއިތުވި 4 އަހަރު ސިފަ ކުރަމުން ދަނީ ”ހަމަހަމަ 4 އަހަރު”ގެ ގޮތުގައިއެވެ. ރައީސް ޞާލިޙްގެ ސަރުކާރަށް ހަތަރު އަހަރު ފުރުމާއި ގުޅުވައިގެން […]
އަލީ އާދިލް
ފެނަކަ ކޯޕަރޭޝަނުން ހިންގާ އައިސް ޕްލާންޓުތަކުގެ މުވައްޒަފުން ތަމްރީން ކުރަން ފަށައިފިއެވެ. މިއީ ފެނަކަ އިންސްޓިޓިއުޓް އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. މިއީ ސެޓްފިކެޓް 3 ގެ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯހެކެވެ. މި ކޯސް ފަށާފައިވަނީ 14 ނޮވެމްބަރު 2022 ގައެވެ. މި ކޯސް ހިންގުމުގެ މައިގަނޑު މަގުސަދަކީ އައިސް ޕްލާންޓްތަކުގެ ހިދުމަތް މެދުކެނޑުމެއްނެތިވެ ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއެކީ ހިދުމަތް ފޯރުކޮށްދިނުމަށް، ކަމަށް ގާބިލް މުވައްޒަފުނ...
އަޙްމަދު ވަހީދު
ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް މި މަހުގެ 20 ވަނަ ދުވަހު ގަތަރުގައި ފަށާއިރު، މުބާރާތުގައި ވާދަކުރާ 32 ޓީމް މިހާރު ތިބީ ގަތަރުގައެވެ. ކޮންމެ ޤައުމެއް ވެސް ބޮޑެތި އުންމީދުތަކާއިއެކު ރަނގަޅު ނަތީޖާއެއް ހޯދުމަށް ޤަތަރަށް ގޮސްފައިވަނީ އެތައް ގޮތަކަށް ބެލުމަށް ފަހު އެ ޤައުމަކަށް ނިސްބަތްވާ އެންމެ މޮޅު 26 ކުޅުންތެރިން ގޮވައިގެންނެވެ. ސުވާލަކީ ޤައުމީ ޓީމްތަކުގައި ހިމެނިގެން މި އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް އެންމެ ގިނައިން ގޮސްފައިވަނީ ކޮން […]
އިބްރާހިމް ޚަލީލް
ހުޅުމާލޭގައި ވޯލްޑްކަޕް ބަލަން “ބޯޅަ’ ފޯރީ” ގެ ނަމުގައި ބޮޑު ސްކްރީން ބަހައްޓަން ތައްޔާރުވެއްޖެއެވެ. ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ އެ ކުންފުނިން މި ސްކްރީންތައް ފުަރަތަމަ އަދި ދެވަނަ ފިޔަވަހީގައިވެސް ބަހައްޓާނެ ކަމަށެވެ. ފުރަތަމަ ފިޔަވަހީގެ ސިންތެޓިކް ޓްރެކުގައި މި ސްކްރީން ބަހައްޓާއިރު ދެން ބަހައްޓާނީ ހިޔާ ފްލެޓުތުައް ސަރަހައްދުގައެވެ. އެޗްޑީސީން ބުނީ އެ ސްކްރީންތައް ބަހައްޓަނީ ގިނަ ފަރާތްތަކަކާއި ގުޅިގެން ކަމަށެވެ. އިއްޔެ ވަނީ ޕާޓްނަރުންނާއި އެކު އެއްބަސްވުމުގައި ސޮއި...
އަޙްމަދު ވަހީދު
ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި އޮޕަރޭޝަނެއްގައި 13 ކިލޯގެ މަަސްތުވާތަކެއްޗާއެކު ހަލައްކައަށް ވުރެން ގިނަ ރުފިޔާ އަތުލައިގެންފިއެވެ. މިކަން ހާމަކުރައްވައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިތަކެތި އަތުލައިގަތީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓުން ރޭ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. ސީޕީ ވިދާޅުވެފައިވާ ގޮތުގައި، މި އޮޕަރޭޝަންގައި މިތަކެތި އަތުލާފައިވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލެ ގެސްޓްހައުސްއަކުންނެވެ. މި އޮޕ...
ޙުސައިން ޝަހުދީ
ކްރޮއޭޝިއާ އެންމެ ފުރަތަމަ ވޯލްޑް ކަޕެއްގައި ވާދަކުރީ 1998 ވަނަ އަހަރެވެ. ފުރަތަމަ ފެނިލުން ވެސް ވެގެންދިޔައީ ކްރޮއޭޝިއާ އަށް ތަރީހީ މުބާރާތަކަށެވެ. ހައިރާންކުރަނިވި ނަތީޖާތަކަށް ފަހު، ކްރޮއޭޝިއާ ވަނީ އެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކޮށްފަ އެވެ. ކްރޮއޭޝިއާގެ “ރަން ޖީލު”ގެ ގޮތުގައި ސިފަކުރެވުނު ކުޅުންތެރިންތަކަކާ އެކު، އެ އަހަރުގެ މުބާރާތުން ތިންވަނަ ކްރޮއޭޝިއާ ހޯދިއެވެ. ކްރޮއޭޝިއާގެ ވޯލްޑް ކަޕް ތާރީޚުގައި އެންމެ ކާމިޔާބު މުބާރާތަކީ 2018 ވަނަ އަހަރުގެ މުބާރާތެވެ. އެ މުބާރާތުގެ ފައިނަލުގައި […...
ތިލަދުން
ހަގީގީ މުސްލިމަކީ އޯގާވެރި، ކުލުނުވެރި، މަޑުމައިތިރި، ލުއި ފަސޭހަ ކަމަށް ލޯބިކުރާ މީހާ ކަމަށް މީހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ. ހުތުބާގައި ބުނީ އޭނާ އަކީ އޭނާގެ ނަފްސަށާއި ހައްޓަށް ލުއި ފަސޭހަކަމާއެކު އޭނާގެ އަހްލުންނާ މުއާމަލާތްކުރާ މީހާ ކަމަށެވެ. އަދި އޭނާއަކީ އަވަށްޓެރިންނާއި ރަހްމަތްތެރިންނަށާއި މުޖުތަމައުގެ އެންމެހައި އަފްރާދުންނަށް ހިތްހެޔޮ މީހާ ކަމަށް ވެސް ބުނެފައި ވެއެވެ. މީގެ އިތުރުން އޭނާއަކީ މުށްބާރުކަމެއް ނެތް، ދީލަތި މީހާ ކަމަށާއި އެންމެެންނަށް ހެޔޮ […]
މުޙައްމަދު އަފްރާޙް
މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ޕޯޗްގަލުން ނައިޖީރިއާގެ މައްޗަށް ފަސޭހަކަމާއިއެކު ކުރި ހޯދައިފިއެވެ. މި މެޗު ޕޯޗުގަލުން ކާމިޔާބު ކޮށްފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅެފައި ނުވެއެވެ. މި މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލް ކޯޗު ފެނާންޑޯ ސަންޓޯސް ވެސް ވަނީ މި މެޗުގައި ރޮނާލްޑޯ […]
އިބްރާހިމް ޚަލީލް
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލާއި އުތީމް ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ “ތިލައުތުރު ފުޓްސަލް މުބާރާތް 2022” ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި މުބާރާތަކީ ހއ.އަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ. މި މުބާރާތުގައި ކޮންމެ ރަށަކުން ވެސް ބައިވެރި ވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ، އެ ރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްސީލްކުރާ އެއް ޓީމަށެ...
އިބްރާހިމް ޚަލީލް
ކަކުލަށް ލިބިފައިވާ އަނިޔާއިން މުޅިން ސަލާމަތްވުމަށް އޮޕަރޭޝަން ކުރަން ޖެހުމާއިއެކު މި މަހު 20 ވަނަ ދުވަހު ގަތަރުގައި ފަށާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ސެނެގާލް ކެޕްޓަން ސަޑިއޯ މާނޭއަށް ނުކުޅެވޭނެ ކަން ޔަޤީންވެއްޖެއެވެ. އުމުރުން 30 އަހަރުގެ މާނޭއަށް އަނިޔާވެފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުގެ ރޭ ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ވާޑާ ބްރެމެން ބައްދަލުކުރި މެޗުގައެވެ. ކަކުލަށް ލިބުނު އަނިޔާއަކާއި ގުޅިގެން އެ މެޗުގެ 15 ވަނަ މިނެޓުގައި […]
އިބްރާހިމް ޚަލީލް
މިސިސިޕީ ކޯރަކީ އެމެރިކާގެ ދެވަނައަށް އެންމެ ބޮޑު ކޯރެވެ. އެ ކޯރަކީ އެމެރިކާގެ 20 މިލިއަން މީހުން ނުވަތަ އާބާދީގެ 16 ޕަސެންޓަށް ސާފު ބޯފެން ފޯރުކޮށްދޭން ފެންނަގާ ކޯރެކެވެ. ކޯރާއި ގުޅޭ ކަންބޮޑުވުންތަކެއް މިފަހުގެ ތާރީހުގައި ވަނީ އިިތުރުވެފައި އެވެ. އެގޮތުން މިދިޔަ 10 އަހަރު ތެރޭގައި އެ ކޯރުގެ ފެންގަނޑު ހިނދެމުންދާ އަވަސް މިންހުރީ ކަންބޮޑުވާ ދަރަޖައެއްގައި އެވެ. އޭގެ ސަބަބުން އެތައް މިލިއަން ބަޔަކަށް ސާފު ބޯފެން ފޯރުކޮށްދިނުން އޮތީ ނުރައްކާތެރި ފައްތަރެއްގައި އެވެ. […]
މުޙައްމަދު ވަސީމް