މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (13:20 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,702 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 67 ވަނަ ޞަފްޙާ

އިސްރާއީލުން އަޤްޞާ މިސްކިތުގެ އިމާމަކު ހައްޔަރުކޮށްފި

އިސްރާއީލުން އަޤްޞާ މިސްކިތުގެ އިމާމަކު ހައްޔަރުކޮށްފި

އިސްރާއީލުގެ ޖައްބާރު ފުލުހުން، މަސްޖިދުލް އަޤްޞާގެ އިމާމެއް ކަމަށްވާ ޝައިޚް މުޙައްމަދު ޢަލީ އަލް-ޢައްބާސީ، މަސްޖިދުލް އަޤްޞާގެ ގޯތިތެރެއިން ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހައްޔަރުކޮށްފިއެވެ. މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައްބުނާ ގޮތުގައި، އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ޝައިޚް އަލް-ޢައްބާސީ ހައްޔަރުކޮށްފައިވަނީ އެއްވެސް ސަބަބެއް ހާމަކުރުމެއް ނެތިއެވެ. އަދި އޭނާއާ މެދު އަމަލުކުރަމުންދާ ގޮތެއް ނުވަތަ އޭނާގެ މައްޗަށް ކުރެވޭ އެއްވެސް ތުހުމަތެއްވެސް އިސްރާއީލ...

ނާޒިމާ އަލީ
ޣައްޒާގައި އިސްރާއީލުން ހިންގާ ލޭއޮހޮރުވުންތައް ހުއްޓުވައިދިނުމަށް މަޖުބޫރުކޮށްދިނުމަށް ފަލަސްތީނުގެ އާދޭސް

ޣައްޒާގައި އިސްރާއީލުން ހިންގާ ލޭއޮހޮރުވުންތައް ހުއްޓުވައިދިނުމަށް މަޖުބޫރުކޮށްދިނުމަށް ފަލަސްތީނުގެ އާދޭސް

ޣައްޒާގައި ހިނގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ވަގުތުން ފިޔަވަޅު އެޅުމަށް ފަލަސްތީނު ސަރުކާރުން ގޮވާލައިފިއެވެ. ހޯމަ ދުވަހު ނެރުނު ބަޔާނެއްގައި، ފަލަސްތީނުގެ ސަރުކާރުން ވަނީ އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމަށާއި، ސަރަހައްދީ ހަމަނުޖެހުންތަކާއި އަނިޔާވެރިކަން އިތުރުވާ ފަދަ އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރުކުރުވުމަށް އިލްތިމާސްކޮށްފައެވެ. ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ “ވާފާ” އިން ރިޕ...

ނާޒިމާ އަލީ
ސައޫދީ އަށް މާދަމާ ރޯދަ

ސައޫދީ އަށް މާދަމާ ރޯދަ

ސައޫދީ އަރަބިއްޔާއަށް މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ހަނދު ފެނިފައިވާތީ، މާދަމާ ނުވަތަ ބުދަ ދުވަހަކީ މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމުގައި އެޤައުމުގެ ސުޕްރީމް ކޯޓުން ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ސައޫދީ ސުޕްރީމް ކޯޓުން މިކަން އިޢުލާންކޮށްފައިވަނީ އަންގާރަ ދުވަހުގެ ރޭގައެވެ. މި ނިންމުން ނިންމާފައިވަނީ އިސްލާމީ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސައޫދީގެ އެކި ސަރަޙައްދުތަކުގައި ހަނދު ބެލުމަށް ކަނޑައަޅާފައިވާ ރަސްމީ ކޮމިޓީތަކަށް ހަނދު ފެނުނުކަމުގެ ރިޕޯޓުތައް ލިބުމާ ގުޅިގެނ...

ނާޒިމާ އަލީ
ތުރުކީ އާއި އޮމާން ހިމެނޭހެން 8 ގައުމަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

ތުރުކީ އާއި އޮމާން ހިމެނޭހެން 8 ގައުމަކަށް ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ބުރާސްފަތި ދުވަސް

1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މި ހިނގާ ފެބުރުވަރީ މަހުގެ 19 ވާ ބުރާސްފަތި ދުވަސް ކަމުގައި، އޮމާން އާއި ތުރުކީ ހިމެނޭހެން ދުނިޔޭގެ 8 ގައުމަކުންނާއި ބައެއް ދީނީ މަޖިލިސްތަކުން މިއަދު ރަސްމީކޮށް އިޢުލާންކޮށްފިއެވެ. ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މި ނިންމުންތައް ބިނާކޮށްފައިވަނީ ފަލަކީ ހިސާބުތަކާއި ހަނދު ބެލުމުގެ ރަސްމީ އުސޫލުތަކުގެ މައްޗަށެވެ. އެގޮތުން، ފެބުރުވަރީ 17 ވާ އަންގާރަ ދުވަހުގެ އިރުއޮއްސޭ ވަގުތު ހަނދު ނުފެންނާނެކަން ފަންނީ […]

ޔުމްނާ ޢަލީ
ހަނގުރާމަތަކުގައި މަރުވި ސިފައިންގެ އާއިލާތަކަށް އުތުރު ކޮރެއާއިން ބޯހިޔާހިކަމުގެ ސަރަހައްދެއް ތަރައްގީކޮށްފި

ހަނގުރާމަތަކުގައި މަރުވި ސިފައިންގެ އާއިލާތަކަށް އުތުރު ކޮރެއާއިން ބޯހިޔާހިކަމުގެ ސަރަހައްދެއް ތަރައްގީކޮށްފި

ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް ފޮނުވި ސިފައިންގެ ތެރެއިން މަރުވި މީހުންގެ އާއިލާތަކަށް ޚާއްޞަކޮށްގެން، އުތުރު ކޮރެއާގެ ޕިޔޮންގްޔަންގްގައި ބިނާކުރި އާ ބޯހިޔާވަހިކަމުގެ ސަރަހައްދު އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. “ސޭޕްޔޮލް ސްޓްރީޓް” ގެ ނަމުން ނަންދެވިފައިވާ މި ސަރަހައްދަކީ މި ޖީލުގެ ފަޚުރެއް ކަމަށާއި، މިއީ ޕިޔޮންގްޔަންގާއި މުޅި ދައުލަތަށް ލިބިގެންދިޔަ މަތިވެރި ޝަރަފެއް ކަމަށް ކިމް ވިދާޅުވި ކަމަށް އެގައުމުގެ ރަސްމީ ނޫސ...

ނާޒިމާ އަލީ
އީރާނުގެ ރައީސްގެ މިހާރުގެ މުސާރަ އަކީ 1000 ޑޮލަރު

އީރާނުގެ ރައީސްގެ މިހާރުގެ މުސާރަ އަކީ 1000 ޑޮލަރު

އެމެރިކާ އާއި އިސްރާއީލް އަދި ހުޅަނގުގެ ބާރުތަކަށް ބޯ ނުލެނބުމުން އަޅާފައިވާ ދިގުދެމިގެންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ގައުމީ ފައިސާގެ އަގު ބާޒާރުގައި ވަރަށް ބޮޑަށް ދަށްވުމާ ގުޅިގެން، އެ ގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއާންގެ މުސާރަ 1،000 އެމެރިކާ ޑޮލަރަށް ވެއްޓިއްޖެއެވެ. ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޕެޒެޝްކިއާން ވިދާޅުވީ، އީރާނުގެ ފައިސާގެ އަގު ދަށްވުމުގެ ސަބަބުން ރައްޔިތުންނަށް ލިބޭ މުސާރަ ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށެވެ. މި...

ނާޒިމާ އަލީ
ފަލަސްތީނުގެ ބޮޑު ބިމެއް "އިސްރާއީލްގެ މިލްކިއްޔާތެއް" ގޮތުގައި ރަޖިސްޓްރީ ކުރަން އިސްރާއީލުން ފާސްކޮށްފި

ފަލަސްތީނުގެ ބޮޑު ބިމެއް "އިސްރާއީލްގެ މިލްކިއްޔާތެއް" ގޮތުގައި ރަޖިސްޓްރީ ކުރަން އިސްރާއީލުން ފާސްކޮށްފި

1967 ވަނަ އަހަރު އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަތް ފަހުން ފުރަތަމަ ފަހަރަށް، ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑު ސަރަހައްދެއް “ދައުލަތުގެ ބިމުގެ” ގޮތުގައި ރަޖިސްޓްރީ ކުރުމަށް އިސްރާއީލު ސަރުކާރުން އާދީއްތަ ދުވަހު ފާސްކޮށްފިއެވެ. އިސްރާއީލުގެ ރަސްމީ ބްރޯޑްކާސްޓަރު ‘ކާން’ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހުށަހެޅުން ހުށަހެޅީ ހަރުކަށި ފިކުރުގެ ފިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗާއި، ޖަސްޓިސް މިނިސްޓަރު ޔާރިވް ލެވިންގެ އިތުރުން ޑިފެންސް މިނިސްޓަރު އިސްރާއީލު ކާޓްޒް އެވެ. އިސްރާއީލްގ...

ޔުމްނާ ޢަލީ
''ފަލަސްތީން އެކްޝަން'' ޖަމާއަތުގެ މީހުން ހައްޔަރު ނުކުރާނެކަމަށް އިނގިރޭސި ފުލުހުން ބުނެފި

''ފަލަސްތީން އެކްޝަން'' ޖަމާއަތުގެ މީހުން ހައްޔަރު ނުކުރާނެކަމަށް އިނގިރޭސި ފުލުހުން ބުނެފި

އިނގިރޭސިވިލާތުގެ ހައިކޯޓުން ކުރި ހުކުމަކަށް ބޯލަނބައި، “ޕަލަސްތީން އެކްޝަން” ޖަމާއަތާ ގުޅުންހުރި ކަންކަމުގައި މީހުން ވަގުތުން ހައްޔަރުކުރުމުގެ ބަދަލުގައި ހެކި އެއްކުރުމަށް އިސްކަންދޭން ނިންމާފައިވާ ކަމަށް ލަންޑަނުގެ މެޓްރޯޕޮލިޓަން ޕޮލިހުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ، އިނިގރޭސިވިލާތުގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އެ ޖަމާއަތް މަނާކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ކަމަށް ހައިކޯޓުން ކަނޑައެޅުމާ ގުޅިގެންނެވެ. ހައިކޯޓުގެ ފަނޑިޔާރުނ...

ނާޒިމާ އަލީ
އިސްރާއީލުގެ އޮފިސަރަކު ޒިޔާރަތްކުރުމުން ބެލްޖިއަމްގައި މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފި

އިސްރާއީލުގެ އޮފިސަރަކު ޒިޔާރަތްކުރުމުން ބެލްޖިއަމްގައި މަސައްކަތް ހުއްޓާލައި ހަޅުތާލުކޮށްފި

ބެލްޖިއަމްގެ އެންމެ ބޮޑު ހަތިޔާރު އުފައްދާ ކުންފުނި ކަމަށްވާ އެފް.އެން ހާސްޓަލް އަށް އިސްރާއީލު ސިފައިންގެ އިސް އޮފިސަރަކު ޒިޔާރަތް ކުރުމާ ގުޅިގެން، އެ ކުންފުނީގެ މުވައްޒަފުން ކުއްލި ހަޅުތާލެއް ފަށައިފި ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، މި އޮފިސަރަކީ ދިފާއީ މަންދޫބުންގެ ވަފުދެއްގެ ތެރޭގައި ހިމެނިގެން އެ ކުންފުންޏަށް ދިޔަ މީހެކެވެ. ހުކުރު ދުވަހުގެ މެންދުރުފަހު ހާސްޓަލްގައި ހުންނަ އެ ފެކްޓްރީގައި ކުރިއަށްދިޔަ މި ހަޅުތާލަކީ، ސޯޝަލިސްޓް ޓްރޭޑް ޔޫނ...

ޔުމްނާ ޢަލީ
އިނގިރޭސިވިލާތުގައި ''ފަލަސްތީނު އެކްޝަން'' ޖަމާއަތް މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި

އިނގިރޭސިވިލާތުގައި ''ފަލަސްތީނު އެކްޝަން'' ޖަމާއަތް މަނާކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި

އިނގިރޭސިވިލާތުގައި ހަރަކާތްތެރިވާ “ފަލަސްތީނު އެކްޝަން” އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ގައުމުގެ ސަރުކާރުން އެ ޖަމާއަތް މަނާކުރި ކުރުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް އިނގިރޭސިވިލާތުގެ ހައިކޯޓުން ހުކުމްކޮށްފިއެވެ. ހުކުރު ދުވަހު ހައިކޯޓުގެ ފަނޑިޔާރުން އިއްވެވި މި ހުކުމުގައި ބަޔާންކޮށްފައިވަނީ، ފަލަސްތީނު އެކްޝަން މަނާކުރުމަށް ނިންމި ނިންމުމަކީ އިންސާފުން ބޭރު، ނުބައްދަލު ނިންމުމެއް ކަމަށެވެ. މިއީ ބޮޑުވަޒީރު ކެއަރ ސްޓާމަރގެ ލޭބަރ ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއެއްގެ ގޮ...

ނާޒިމާ އަލީ
ރޯދަމަހުގެ މުނާސަބަތުގައި ލަންޑަނުގެ މަގުތައް ކުލަގަދަ ބައްތިތަކުން ދިއްލާލައިފި

ރޯދަމަހުގެ މުނާސަބަތުގައި ލަންޑަނުގެ މަގުތައް ކުލަގަދަ ބައްތިތަކުން ދިއްލާލައިފި

ބަރަކާތްތެރި ރަމަޟާން މަހުގެ އުފާވެރިކަން ފާހަގަކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގެ މަގުތައް ހިތްގައިމު ބައްތިތަކުން ދިއްލާލައިފިއެވެ. މިކަމާ ގުޅިގެން ލަންޑަނުގެ މޭޔަރު ސޯދިގު ޚާން ވިދާޅުވީ، ލަންޑަނުގެ ވެސްޓް އެންޑް ސަރަހައްދުގައި ދިއްލާފައިވާ މި ބައްތިތަކުން މުޅި ސަރަހައްދު އުޖާލާވެފައިވާ ކަމަށެވެ. މިއީ މި މުގައްދަސް މަހުގެ އުފާވެރިކަން ފާހަގަކުރުމުގެ އިތުރުން، އުންމީދާއި، އެކުވެރިކަމާއި، އެއްބައިވަންތަކަމުގެ ރީތި ނަމޫނާއެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މިއީ ތަފާތު ސަގ...

ނާޒިމާ އަލީ
ޑީޕޯޓްކޮށްލި ކިޔަވާކުއްޖަކު އަނބުރާ ގެނައުމަށް ޓްރަމްޕްގެ ސަރުކާރަށް ފަނޑިޔާރަކު އަމުރުކޮށްފި

ޑީޕޯޓްކޮށްލި ކިޔަވާކުއްޖަކު އަނބުރާ ގެނައުމަށް ޓްރަމްޕްގެ ސަރުކާރަށް ފަނޑިޔާރަކު އަމުރުކޮށްފި

ކޯޓު އަމުރަކާ ހިލާފަށް އެމެރިކާއިން ޑީޕޯޓްކޮށްލާފައިވާ ހޮންޑިއުރަސްގެ ކިޔަވާކުއްޖަކު އަނބުރާ އެމެރިކާއަށް ގެނައުމުގެ އިންތިޒާމުތައް ހަމަޖެއްސުމަށް އެމެރިކާގެ ފެޑެރަލް ފަނޑިޔާރަކު ހުކުރު ދުވަހު ޓްރަމްޕްގެ ސަރުކާރަށް އަމުރުކޮށްފިއެވެ.   ބޮސްޓަންގެ ޔޫ.އެސް ޑިސްޓްރިކްޓް ފަނޑިޔާރު ރިޗަޑް ސްޓާންސް މި އަމުރު ނެރުއްވީ، މެސަޗޫސެޓްސްގެ ބެބްސަން ކޮލެޖްގައި ކިޔަވަމުންދާ އުމުރުން 20 އަހަރުގެ އެނީ ލޫޝިއާ ލޮޕޭޒް ބެލޯޒާ އަނބުރާ ގެނައުމަށް ސަރުކާރުން މީގެ ކުރިން އިންކާރުކޮށްފައި ވަނިކޮށެވެ. ފަނޑިޔާރު ވަނީ އޭނާ އ...

ނާޒިމާ އަލީ
އެޕްސްޓީން އާއި ގުޅުން އޮތް ޑުބާއީގެ ޑީޕީ ވޯލްޑްގެ ވެރިޔާ މަގާމުން ވަކިކޮށް އިސްމަގާމުތަކަށް ބަދަލު ގެނެސްފި

އެޕްސްޓީން އާއި ގުޅުން އޮތް ޑުބާއީގެ ޑީޕީ ވޯލްޑްގެ ވެރިޔާ މަގާމުން ވަކިކޮށް އިސްމަގާމުތަކަށް ބަދަލު ގެނެސްފި

ހިންގި ބޮޑެތި ޖަރީމާތައް ފަޅާއެރުމުން އެމެރިކާގެ ޖަލުގޮޅީގައި އަމިއްލައަށް މަރުވި ޖެފްރީ އެޕްސްޓީންގެ މައްސަލައާ ގުޅުންހުރި އާ ލިޔެކިޔުންތަކެއް ހާމަވުމާ ގުޅިގެން އުފެދުނު ބޮޑު ނުތަނަވަސްކަމަށްފަހު، ދުބާއީގެ މަޝްހޫރު ޕޯޓް ކުންފުނި ޑީޕީ ވޯލްޑްގެ އިސް މަގާމުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ. މި ބަދަލު ގެނެސްފައިވަނީ ކުރިން ޑީޕީ ވޯލްޑް ވެރިއެއްގެ މަގާމު  ފުރުއްވަމުން ގެންދެވި ޗެއާމަން ސުލްތާން ބިން ސުލައިމް، ކުށްވެރިވެފައިވާ ޖެފްރީ އެޕްސްޓީންއާ ގުޅުން އޮތް ކަމަށް ތުހުމަތުކުރެވުމާ ގުޅިގެން އޭނާ...

ނާޒިމާ އަލީ
އީރާނާއެކު މަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް: ޓްރަމްޕް

އީރާނާއެކު މަހެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު އެބައޮތް: ޓްރަމްޕް

އީރާނާއެކު ވެވޭ އެއްބަސްވުމެއް ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި ފުރިހަމަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެއްޖެއެވެ. ވައިޓް ހައުސްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއްބަސްވުމެއް އެކުލަވައިލުމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ތާވަލަކީ ކުރިއަށް އޮތް މަހެއްހާ ދުވަސް ކަމަށާއި، މިކަން އަވަހަށް ހިނގަންޖެހޭނެ ކަމަށެވެ. އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ތެހެރާނަށް ބޮޑެތި ނުރައްކާތަކަކާ ކުރ...

ނާޒިމާ އަލީ
އުތުރު ކޮރެއާގެ ކުރިމަގުގެ ލީޑަރަކީ ކިމްގެ ދަރިކަނބަލުން ކަމުގައި ކަނޑައެޅުން ގާތް: ދެކުނު ކޮރެއާ

އުތުރު ކޮރެއާގެ ކުރިމަގުގެ ލީޑަރަކީ ކިމްގެ ދަރިކަނބަލުން ކަމުގައި ކަނޑައެޅުން ގާތް: ދެކުނު ކޮރެއާ

އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ގައުމުގެ ވެރިކަން އެ އާއިލާގެ ހަތަރުވަނަ ޖީލަކަށް ފުޅާކުރެއްވުމަށް ކުރައްވާ މަސައްކަތުގެ ދަށުން، އެމަނިކުފާނުގެ ފުރާވަރުގެ ދަރިކަނބަލުންނަކީ ގައުމުގެ ކުރިމަގުގެ ލީޑަރުގެ ގޮތުގައި ކަނޑައެޅުމާ ގާތްވެފައިވާ ކަމަށް ދެކުނު ކޮރެއާގެ ޖާސޫސީ އިދާރާއިން ހާމަކޮށްފިއެވެ. ދެކުނު ކޮރެއާގެ ނޭޝަނަލް އިންޓެލިޖެންސް ސާވިސް (އެން.އައި.އެސް) އިން މިފަދަ ވަޒަންކުރުމެއް ހާމަކުރީ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހަށް ދިން މައުލޫމާތުތަކެއްގައެވެ. މި މައުލޫމާތުތައް ހާމަކޮށްފައިވ...

ނާޒިމާ އަލީ