މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު ކ. އަތޮޅުން ފެށިގެން ވ. އަތޮޅަށް (13:20 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,702 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 66 ވަނަ ޞަފްޙާ

އެމެރިކާއިން ދިން މުހުލަތަށް އީރާންގެ ޖަވާބު: ބޯ ގުދެއް ނުކުރާނަން

އެމެރިކާއިން ދިން މުހުލަތަށް އީރާންގެ ޖަވާބު: ބޯ ގުދެއް ނުކުރާނަން

އީރާނުގެ ނިއުކްލިއަރ މަޝްރޫޢާ ގުޅޭގޮތުން އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެ، ބޮޑު ހަނގުރާމައެއްގެ ބިރުވެރިކަން އިތުރުވެފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ. 2026 ފެބްރުއަރީ މަހުގެ ފަހުކޮޅު މަސްރަޙު ނުހަނު ނާޒުކުވެފައިވާ މި ދަނޑިވަޅުގައި، ދެ ޤައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ވަނީ ވަރުގަދަވެފައެވެ. ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއިން މިހާރު އީރާނަށް ވަނީ ނިއުކްލިއަރ އެއްބަސް ވުމަކަށް އައުމަށް ނޫނީ ހަނގުރާމަ ދިޔުމަށް 48 ގަޑިއިރުގެ މުހުލަތެއް ދީފައެވެ. އެއިގެ ކުރި...

ނާޒިމާ އަލީ
ފަލަސްތީނުން ފެންނަނީ ސާބިތުކަމާއި ވަރުގަދަ އީމާންތެރިކަމުގެ ނަމޫނާ

ފަލަސްތީނުން ފެންނަނީ ސާބިތުކަމާއި ވަރުގަދަ އީމާންތެރިކަމުގެ ނަމޫނާ

މި މަންޒަރުން ހާމަވަނީ އިސްރާއީލުގެ ރަހުމުކުޑަ ހަމަލާތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނިކަމެތިކަމާއި ދަތި އުނދަގޫ ހާލަތުގައިވެސް، ފަލަސްތީނުގެ ޣައްޒާގެ ރައްޔިތުންގެ ހިތްތަކުގައިވާ ސާބިތުކަމާއި ނުގުޑާފަދަ ވަރުގަދަ އީމާންތެރިކަމެވެ. ދެކުނު ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ އަލް-ޙަބީބު މުޙައްމަދު މިސްކިތް، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ސުންނާފަތިކޮށްލާފައިވީ ނަމަވެސް، އެ މިސްކިތުގެ ކުނިބުނިތަކުގެ ތެރޭގައި ތިބެ ކުޑަކުދިން ކީރިތި ޤުރުއާން ކިޔަވަމުންދާ މަންޒަރަކީ ހިތްތަކަށް ނުހަނު އަސަރުކުރުވާ މަ...

ނާޒިމާ އަލީ
ޖަރުމަނުގެ ފްރޭންކްފާޓް ވެސް ރޯދަމަހަށް މަރުހަބާގެ މެސެޖުތަކުން ދިއްލާލާފައި

ޖަރުމަނުގެ ފްރޭންކްފާޓް ވެސް ރޯދަމަހަށް މަރުހަބާގެ މެސެޖުތަކުން ދިއްލާލާފައި

ޖަރުމަނުވިލާތުގެ ފްރޭންކްފާޓް ސިޓީގައި 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، އެ ސިޓީގެ މަގުތައް ރަމަޟާން މަހުގެ ޚާއްޞަ ބައްތިތަކުން ވަނީ ދިއްލާލައިފައެވެ. މިއީ އެ ސިޓީގައި އޮތް އެކުވެރިކަމާއި، ތަފާތު ސަގާފަތްތަކަށް އިހުތިރާމްކުރުން ދައްކުވައިދޭ ނަމޫނާ ހަރަކާތެކެވެ. މިގޮތަށް މަގުތައް ޒީނަތްތެރިކުރާތާ މިއީ ވިދިވިދިގެން ތިންވަނަ އަހަރެވެ. މި ބައްތިތައް ހަރުކޮށްފައިވަނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުން ފުރިފައިވާ، އާންމުންގެ މެދުގައި މަގުބޫލު ‘ގްރޯސޭ ބޮކެންހައިމާ ސްޓްރާ...

ނާޒިމާ އަލީ
އަލްޖީރިއާގެ ލޯފަން ކުއްޖެއްގެ ހިތްގައިމު ގުރުއާން ކިޔެވުމުން ގިނަ ބައެއްގެ ލޮލުން ކަރުނަ

އަލްޖީރިއާގެ ލޯފަން ކުއްޖެއްގެ ހިތްގައިމު ގުރުއާން ކިޔެވުމުން ގިނަ ބައެއްގެ ލޮލުން ކަރުނަ

އަލްޖީރިއާގެ މަސްޖިދުއް ތައްޔިބުލް އަޤަބީގައި ލޯފަން ކުޑަކުއްޖަކު ނުހަނު އަސަރާއެކު ކީރިތި ގުރުއާން ކިޔަވަމުންދާ މަންޒަރު ފެންނަ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާންމުވެ، ގިނަ ބައެއްގެ ސަމާލުކަން އެކަމަށް ހުއްޓިއްޖެއެވެ. ދާދި ފަހުން އާންމުވި މި ވީޑިއޯތަކުން ފެންނަ ގޮތުގައި، އެ ކުއްޖާގެ ހިތްގައިމު އަޑުން ގުރުއާން ކިޔަވަމުންދާއިރު، އެ ރީތި ކިޔެވުން އެހުމަށްޓަކައި ގިނަ އަދަދެއްގެ މީހުން ވަނީ އެ މިސްކިތަށް އެއްވެފައެވެ. ބްރައިލް ގުރުއާން ބޭނުންކޮށްގެން އެ ކުއްޖާ ކުރަމުންދިޔަ ރޫހާނީ ކިޔެވުމުގެ ސަބަބުނ...

ނާޒިމާ އަލީ
އިސްރާއީލާއި ދެކޮޅު ބޮއިކޮޓްތަކުގެ ސަބަބުން ނެސްލޭއަށް ބޮޑެތި ގެއްލުންތަކެއް

އިސްރާއީލާއި ދެކޮޅު ބޮއިކޮޓްތަކުގެ ސަބަބުން ނެސްލޭއަށް ބޮޑެތި ގެއްލުންތަކެއް

އިސްރާއީލަށް ތާއީދުކުރާ ކަމަށް ބުނެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ ބޮއިކޮޓް ކެމްޕޭނުތަކާ ގުޅިގެން، ދުނިޔޭގެ މަޝްހޫރު ކާބޯތަކެތި އުފައްދާ ނެސްލޭ ކުންފުނީގެ ވިޔަފާރިއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ސާފު ފައިދާއިން ބޮޑުތަނުން ދަށަށް ގޮސްފައިވާކަން އެ ކުންފުނީގެ ފަހުގެ ރިޕޯޓްތަކުން ހާމަވެއްޖެއެވެ. 19-20 ފެބްރުއަރީ 2026 ގައި އާންމުކޮށްފައިވާ އެ ކުންފުނީގެ މާލީ ރިޕޯޓްތަކަށް ބަލާއިރު، 2025 ވަނަ އަހަރު ހިއްސާދާރުންނަށް ލިބުނު ސާފު ފައިދާ ވަނީ 17 އިންސައްތަ ދަށަށް ގޮސްފައެވެ. އެއީ 9.03...

ނާޒިމާ އަލީ
ހަނގުރާމައަށް އީރާނުން ތައްޔާރުވާގޮތް

ހަނގުރާމައަށް އީރާނުން ތައްޔާރުވާގޮތް

އެމެރިކާއާއި ޒަޔަނިސްޓް އިޒްރޭލުން އީރާނަށް ހަމަލާދޭން ތައްޔާރުވަމުން ދާއިރު އީރާނުން ވެސް އޮތީ ދީފާނެ ކޮންމެ ހަމަލާއަކަށް ވެސް ފިސާރި ރަނގަޅަށް ތައްޔާރުވެގެންނެވެ. އީރާނުން ވަނީ 2025 ޖޫންމަހު ކުރި 12 ދުވަހުގެ ހަނގުރާމައިގައި އެމެރިކާއާއި އިޒްރޭލުން ދިން ގެއްލުންތަކުން އަރައިގަތުމަށް ބުރަ މަސައްކަތްތަކެއްކޮށްފައެވެ. މުހިންމު މިސައިލް ފެސިލިޓީތަކާއި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ވައިގެ މަރުކަޒުތައް ވަނީ މަރާމާތުކޮށްފައެވެ. އަދި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނައްތާނުލެވޭވަރަށް ރައްކާތެރިކަމުގ...

ޢަބްދުﷲ ސަޢީދު
ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުން ރަމަޟާން މަސް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި

ނިއުޔޯކް ޕޮލިސް ޑިޕާޓްމަންޓުން ރަމަޟާން މަސް ފާހަގަކުރުމަށް ޚާއްޞަ ހަރަކާތްތަކެއް ބާއްވައިފި

މި ބަރަކާތްތެރި 2026 ވަނަ އަހަރުގެ ރަމަޟާން މަހުގެ މުނާސަބަތުގައި، އެމެރިކާގެ ނިއުޔޯކް ސިޓީ ޕޮލިސް ޑިޕާޓްމަންޓް (އެންވައިޕީޑީ) އިން އެ މުއައްސަސާގެ މައި މަރުކަޒުގައި ރަމަޟާން މަހުގެ ހަރަކާތްތައް ފާހަގަކުރުމާއި މުޖުތަމައުގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ޚާއްޞަ އިވެންޓްތަކެއް ބާއްވައިފިއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ އެންވައިޕީޑީ ގެ މައި މަރުކަޒުގައި ބޭއްވުނު ދެވަނަ އަހަރީ ރަމަޟާން ހަނދު ދިއްލުމުގެ ރަސްމިއްޔާތެވެ. މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު ޖެސިކާ އެސް....

ނާޒިމާ އަލީ
ފިއްތުންތަކާއެކު ވެސް އަގްސާ މިސްކިތުގައި 80،000 އެއްހާ ފަލަސްޠީނު ރައްޔިތުން ހުކުރު ނަމާދު ކޮށްފި

ފިއްތުންތަކާއެކު ވެސް އަގްސާ މިސްކިތުގައި 80،000 އެއްހާ ފަލަސްޠީނު ރައްޔިތުން ހުކުރު ނަމާދު ކޮށްފި

އިސްރާއީލުގެ ހަރުކަށި ފިޔަވަޅުތަކާއި ގިނަ ހުރަސްތަކެއް ކުރިމަތިކުރުވި ނަމަވެސް، މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ނަމާދުގައި ބައިވެރިވުމަށް އަލް-އަގްސާ މިސްކިތަށް 80،000 އެއްހާ ފަލަސްޠީނު ރައްޔިތުން ޖަމާވެއްޖެއެވެ. 2026 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ފެބްރުއަރީ 18 ގައި ފަލަސްތީނުގައި ފެށިފައިވާއިރު، މިއަދަކީ މި ރަމަޟާން މަހުގެ ފުރަތަމަ ހުކުރު ދުވަހެވެ. ސައުދީ އަރަބިއްޔާ ހިމެނޭހެން ގިނަ އިސްލާމީ ޤައުމުތަކުގައި ވެސް ރޯދަ ހިފަން ފަށާފައިވަނީ ފެބްރުއަރީ 18 ގައެވެ. މި...

ޔުމްނާ ޢަލީ
 ޗާގޯސް އެއްބަސްވުމަށް އެމެރިކާއިން ދިން ތާއީދު އަނބުރާ ގެންގޮސްފި

 ޗާގޯސް އެއްބަސްވުމަށް އެމެރިކާއިން ދިން ތާއީދު އަނބުރާ ގެންގޮސްފި

އީރާނަށް ހަމަލާދިނުމަށް ޑިއޭގޯ ގާސިއާގައި އޮންނަ އަސްކަރީ މަރުކަޒު ބޭނުންކުރުމުގެ ހުއްދަ އިނގިރޭސިވިލާތުން ނުދިނުމާ ގުޅިގެން، ޗާގޯސް ޖަޒީރާގެ އެއްބަސްވުމަށް ދެމުންދިޔަ ތާއީދު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަނބުރާ ގެންދަވައިފިއެވެ. މި މައްސަލައިގައި ޓްރަމްޕްގެ “ޓްރުތް ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިނގިރޭސި ބޮޑުވަޒީރު ކިއަރ ސްޓާމަރ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލުކުރަން ނިންމެވުމަކީ ހެއްދެވި “ބޮޑު ގޯހެއް” ކަމަށެވެ. އިރާނުގެ ނިއުކްލިއާ މަޝްރޫޢާ ގުޅިގެން އެ ގައުމުން އެއ...

ޔުމްނާ ޢަލީ
ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ރައީސް ޔޫން ސުކް ޔޯލް، ބަޣާވާތެއް ރޭއްވެވި ކަމުގެ ކުށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލުމަށް އެ ގައުމުގެ ކޯޓުން ހުކުމްކޮށްފިއެވެ. ސޯލް ސެންޓްރަލް ޑިސްޓްރިކްޓް ކޯޓުން މި ތާރީޚީ ހުކުމް އިއްވާފައިވަނީ 19 ފެބްރުއަރީ 2026 ގައެވެ. ޔޫންގެ މައްޗަށް މި ހުކުމް އިއްވީ 3 ޑިސެމްބަރު 2024 ގައި އޭނާ އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ހިންގި ބަޣާވާތުގެ މައްސަލައިގައެވެ. އެ ފަހަރު އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު […]

ޔުމްނާ ޢަލީ
އީރާނަށް ހަމަލާދިނުމަށް އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ނުދިން

އީރާނަށް ހަމަލާދިނުމަށް އިނގިރޭސިވިލާތުގެ ވައިގެ މަރުކަޒުތައް ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ނުދިން

އީރާނަށް އަމާޒުކޮށް ދީފާނެ އަސްކަރީ ހަމަލާތަކެއްގައި އިނގިރޭސިވިލާތުގެ ވައިގެ ބޭސްތައް ބޭނުންކުރުމަށް އެމެރިކާއިން ކުރި އިލްތިމާސް ގަބޫލުކުރުމަށް އިނގިރޭސި ސަރުކާރުން އިންކާރުކޮށްފި ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓްތަކުން ހާމަކޮށްފިއެވެ. ބޮޑުވަޒީރު ކިއަރ ސްޓާމާގެ ސަރުކާރުން މި ނިންމުން ނިންމާފައިވަނީ، ސްވިންޑަން ކައިރީގައި އޮންނަ ‘އާރް.އޭ.އެފް ފެއާފޯޑް’ މަރުކަޒުން އެމެރިކާގެ ދުރު ރާސްތާ ބޮން އެޅުމުގެ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެމެރިކާއިން އެދުމުންނެވެ. އިނގިރޭސި ސަރުކާރ...

ނާޒިމާ އަލީ
އީރާނުގެ މުހިންމު މަރުކަޒުތައް ރައްކާތެރިކުރުމަށް ވަރުގަދަ ކޮންކްރީޓް ޝީލްޑްތައް ބިނާކުރަމުންދާ ސެޓެލައިޓް ފޮޓޯތަކެއް

އީރާނުގެ މުހިންމު މަރުކަޒުތައް ރައްކާތެރިކުރުމަށް ވަރުގަދަ ކޮންކްރީޓް ޝީލްޑްތައް ބިނާކުރަމުންދާ ސެޓެލައިޓް ފޮޓޯތަކެއް

ފެބްރުއަރީ 2026 އާ ހަމައަށް ލިބިފައިވާ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ހާމަވާގޮތުގައި، އެމެރިކާ ނުވަތަ އިސްރާއީލުން ދީފާނެ ވައިގެ ހަމަލާތަކަކުން ރައްކާތެރިވުމަށްޓަކައި، އީރާނުގެ މުހިންމު އަސްކަރީ އަދި ނިއުކްލިއާ މަރުކަޒުތަކެއްގެ މަތީގައި ކޮންކްރީޓްގެ ބޮޑު “ނިވާފަތްގަނޑެއް” ނުވަތަ “ސާކޯފަގަސް” އެއް ބިނާކުރުމުގެ މަސައްކަތް އީރާނުން ކުރަމުން އަންނަކަމަށް ރިޕޯޓްތައް ބުނެފިއެވެ. މި މަސައްކަތް ކުރިއަށްދަނީ މެދުއިރުމަތީގައި މަސްލަހަތު ވަރަށް ބޮޑަށް ގޯސްވެ، އެމެރިކާގެ އަސްކަރީ ބާރުތައް އެ ސަރަހައްދުގައި ވަ...

ނާޒިމާ އަލީ
އެޕްސްޓައިންގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

އެޕްސްޓައިންގެ މައްސަލައިގައި އިނގިރޭސިވިލާތުގެ ކުރީގެ ޕްރިންސް އެންޑްރޫ ހައްޔަރުކޮށްފި

ޖެފްރީ އެޕްސްޓައިންގެ މައްސަލައިގައި ފެންމަތިވި އާ މައުލޫމާތުތަކާ ގުޅިގެން، އިނގިރޭސިވިލާތުގެ ކުރީގެ އަމީރު އެންޑްރޫ ހައްޔަރުކޮށްފިއެވެ. އެންޑްރޫ މައުންޓްބެޓަން-ވިންޑްސަރ ހައްޔަރުކޮށްފައިވަނީ، ޖިންސީ ކުށްވެރިޔާ ޖެފްރީ އެޕްސްޓައިންއާއެކު އޭނާ ބޭއްވި ގާތް ގުޅުންތަކާއި މުއާމަލާތްތަކާ ގުޅޭގޮތުން ގިނަ މައުލޫމާތުތަކެއް ހާމަވެފައިވާ ދަނޑިވަޅެއްގައެވެ. އަމީރު އެންޑްރޫ ހައްޔަރުކޮށްފައިވަނީ އޭނާގެ 66 ވަނަ އުފަންދުވަހު، އޭނާ ދިރިއުޅޭ ގެއަށް ފުލުހުން ގޮސްގެންނެވެ. އިނގިރޭސިވިލާތުގެ ތޭމްސް ވެލީ ފުލުހުން ހާމަ...

ނާޒިމާ އަލީ
އަގްސާ މިސްކިތަށް ވަދެވޭ އަދަދު ލިމިޓްކޮށް ފަލަސްތީނު މީހުން އެ މިސްކިތުގައި ނަމާދު ކުރަން ދަތިކޮށްފި

އަގްސާ މިސްކިތަށް ވަދެވޭ އަދަދު ލިމިޓްކޮށް ފަލަސްތީނު މީހުން އެ މިސްކިތުގައި ނަމާދު ކުރަން ދަތިކޮށްފި

ބަރަކާތްތެރި ރަމަޟާން މަހުގެ ހުކުރު ނަމާދުތަކަށް، ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލްއަޤްޞާ މިސްކިތަށް ވަދެވޭނެ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ރައްޔިތުންގެ އަދަދު އިސްރާއީލުން ވަރަށް ބޮޑަށް މަދުކޮށް، ހަރުކަށި އުސޫލުތަކެއް ކަނޑައަޅައިފިއެވެ. އިސްރާއީލުގެ “ކޯޑިނޭޓަރ އޮފް ގަވަރމަންޓް އެކްޓިވިޓީޒް އިން ދަ ޓެރިޓަރީޒް” (ސީއޯޖީއޭޓީ) އާއި، އަނަޑޯލޫ އެޖެންސީ، އަޝަރުޤު އަލްއައުސަތު އަދި މިޑްލް އީސްޓް މޮނިޓަރ ފަދަ ޚަބަރު ފަތުރާ ވަސީލަތްތަކުން މަޢުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ ރަމަޟާން މަހު އަލްއަ...

ނާޒިމާ އަލީ
އީރާނާއެކު ހަނގުރާމައަކަށް ތައްޔާރުވުމަށް ނަތަންޔާހޫ އަންގައިފި

އީރާނާއެކު ހަނގުރާމައަކަށް ތައްޔާރުވުމަށް ނަތަންޔާހޫ އަންގައިފި

އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނާއެކު ހަނގުރާމައަކަށް ތައްޔާރުވުމަށް އެ ގައުމުގެ ހޯމް ފްރަންޓް ކޮމާންޑަށް އަންގައިފި ކަމަށް ބުދަ ދުވަހުގެ ރޭ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. އިސްރާއީލުގެ މަޝްހޫރު ނޫހެއް ކަމަށްވާ “ޔެދިއޯތު އަހްރޮނޯތު” އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ވަނީ ސަލާމަތީ އެކި އިދާރާތަކަށާއި ހޯމް ފްރަންޓް ކޮމާންޑަށް ހަނގުރާމައަކަށް ތައްޔާރުވުމަށް ރަސްމީކޮށް އިރުޝާދު ދީފައެވެ. މި ނިންމުމާއެކު އިސްރާއީލުގެ ސަލާމަތީ ހުރިހާ މުއައްސަސާތަކެއް މ...

ނާޒިމާ އަލީ