އިންޑިއާގެ 7 ފްލައިޓެއްގައި ބޮން ގޮއްވާލާނެ ކަމުގެ އިންޒާރު ދީފި
އިންޑިއާގެ މައިގަނޑު އެއަރލައިންތަކުގެ 7 ފްލައިޓެއްގައި އަންގާރަ ދުވަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ބޮން ގޮއްވާލާނެކަމުގެ އިންޒާރު ލިބުމާ ގުޅިގެން، ފްލައިޓްތައް އެހެން ވައިގެ ބަނދަރުތަކަށް ބަދަލުކުރުމާއި ދަތުރުތައް ލަސްވުން އިތުރުވެއްޖެއެވެ. މި އިންޒާރު ލިބިފައިވަނީ ހޯމަ ދުވަހު މުންބާއީން ފުރި އިންޑިގޯގެ 2 ފްލައިޓަކާއި އެއަރ އިންޑިއާގެ އެއް ފްލައިޓަކަށް ދޮގު އިންޒާރެއް ލިބުނު ތާ އެއްދުވަސް ފަހުންނެވެ. އަންގާރަ ދުވަހު އިންޒާރު ލިބުނު ފްލައިޓްތަކުގެ ތެރޭގައި އެއަރ އިންޑިއާގެ ދިއްލީ-ޗިކާގޯ ފްލައިޓާއ...