ޖަރުމަނުވިލާތުން ޔުކްރެއިނަށް އިތުރު 1.4 ބިލިއަން ޔޫރޯގެ އަސްކަރީ އެހީ ދޭން އިޢުލާނުކޮށްފިއެވެ.
ޖަރުމަނުުމަނުވިލާތުގެ ޗާންސެލަރ އޮލަފް ޝޯލްޒް ޔުކްރެއިނަށް މިއެހީދެއވާނެކަމަށް ވިދާޅުވެފައިވާއިރު، މި އެހީ ދޭނީ 2024 ވަނަ އަހަރުގެ ނިޔަލަށެވެ. މި އިޢުލާނު ކުރީ ޔުކްރެއިނުގެ ރައީސް ވޮލޮޑިމިރ ޒެލެންސްކީ ބަރލިންއަށް ކުރި ދަތުރުފުޅެއްގައި ޝޯލްޒްއާ ބައްދަލުކުރެއްވުމަށްފަހުއެވެ.
މި އެހީ ދޭނީ ބެލްޖިއަމް، ޑެންމާކް އަދި ނޯވޭއާ ގުޅިގެންނެވެ. މި އެހީގެ ތެރޭގައި އެއަރ ޑިފެންސް، ޓޭންކް، ކޮމްބެޓް ޑްރޯން އަދި އާޓިލަރީ ހިމެނެއެވެ. ޝޯލްޒް ވިދާޅުވީ މިއީ ރަޝިޔާގެ ރައީސް ވްލަޑިމިރ ޕުޓިންއަށް ދޭ ސާފު މެސެޖެއް ކަމަށެވެ. އޭނާ ވިދާޅުވީ ވަގުތު ހޯދަން މަސައްކަތްކުރުމުން ފައިދާއެއް ނުވާނެ ކަމަށާއި، ޔުކްރެއިނަށް ދޭ އެހީ ހުއްޓާނުލާނެ ކަމަށެވެ.
ޒެލެންސްކީ މި ހަފްތާގައި ވަނީ ޔޫރަޕުގެ އެކުވެރި ޤައުމުތަކާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި އޭނާ ވަނީ ހަނގުރާމަ ނިންމުމަށް ކުރާނެ މަސައްކަތްތަކުގެ ޕްލޭނެއް ހުށަހަޅުއްވާފައެވެ. އަދި ދުރު ރާސްތާ ހަތިޔާރު ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ވެސް މަސައްކަތް ކުރައްވާފައިވެއެވެ.
ޒެލެންސްކީގެ މި ޕްލޭންގެ ތަފްސީލު އާންމުކޮށްފައެއް ނުވެއެވެ. ނަމަވެސް އެމެރިކާގެ އިސް ވެރިއެއް ވިދާޅުވެފައިވަނީ މިއީ އިތުރު ހަތިޔާރު ހޯދުމަށާއި ދުރު ރާސްތާ މިސައިލް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް އަލުން އެދިފައިވާ އެދުމެއް ކަމަށެވެ. ޔޫރަޕުގެ ޑިޕްލޮމެޓިކް މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި މި ޕްލޭންގައި އާ އެއްޗެއް ނެތެވެ.
މި ޕްލޭންގައި އަމާޒުކޮށްފައިވަނީ ޔުކްރެއިން ނޭޓޯއަށް އަވަހަށް ވެއްދުމަށާއި ހަތިޔާރުގެ އެހީ އިތުރުކުރުމަށެވެ. އޭގެ ތެރޭގައި ދުރު ރާސްތާ މިސައިލް ހިމެނެއެވެ. މިއީ ރަޝިޔާ ސުލްހައިގެ މަޝްވަރާްވަރާތަކަށް އަންނާނެ ކަމެއް ކަމަށް ބެލެވެއެވެ.
ބަރލިންގައި ޝޯލްޒްއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒެލެންސްކީ ވިދާޅުވީ އަންނަ އަހަރު ޔުކްރެއިނަށް ދޭ އެހީ މަދުނުވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!