އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވާ ކަމުގެ ސިއްރު މަޢުލޫމާތު ލީކްވި މައްސަލަ ބަލަނީ
އިސްރާއީލުން އީރާނަށް ހަމަލާދޭން ރާވާ ކަމުގެ ސިއްރު މަޢުލޫމާތު ހިމެނޭ ދެ ލިޔުމެއް ލީކްވުމާ ގުޅިގެން އެމެރިކާގެ ސަރުކާރުން ތަޙުޤީޤެއް ފަށައިފިއެވެ. މި ކަން ހާމަކޮށްދެއްވީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ސްޕީކަރ މައިކް ޖޮންސަންއެވެ. ސީއެންއެންއަށް ދެއްވި އިންޓަވިއުއެއްގައި ސްޕީކަރ ޖޮންސަން ވިދާޅުވީ މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ ކަމަށާއި، އަދި އޭނާއަށް މި ކަމާ ގުޅޭ ބްރީފިންގއެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި މި މައްސަލަ ގާތުން ބަލަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ލީކްވި...