މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ރީނދޫ ސަމާލު Northern Atolls އަށް (15:00 އިން 19:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން Fuvahmulah City އަށް (14:00 އިން 20:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ބައިނަލްއަގުވާމީ

3,711 ޝާއިޢުކުރެވިފައިވާ ލިޔުން

ބައިނަލްއަގުވާމީ - 151 ވަނަ ޞަފްޙާ

ޑިޕްލޮމެޓިކް މުއާމަލާތްތައް ވަރުގަދަކޮށް ހަނގުރާމަ ހުއްޓާލަން ލުބްނާނުން ގޮވާލައިފި

ޑިޕްލޮމެޓިކް މުއާމަލާތްތައް ވަރުގަދަކޮށް ހަނގުރާމަ ހުއްޓާލަން ލުބްނާނުން ގޮވާލައިފި

ޑިޕްލޮމެޓިކް މުއާމަލާތްތައް ވަރުގަދަކޮށް ހަނގުރާމަ ހުއްޓާލަން ލުބްނާނުން ގޮވާލައިފިއެވެ. ލުބްނާނުގެ ވަގުތީ ބޮޑުވަޒީރު ނަޖީބް މިކާތީ ވިދާޅުވެފައިވަނީ އދ. ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް ބޭއްވުމުގެ ކުރިން، އިސްރާއީލާއެކު ވަގުތީ ހަނގުރާމަ ހުއްޓާލުމަކަށް ވާސިލުވުމަށްޓަކައި ޑިޕްލޮމެޓިކް މުއާމަލާތްތައް އިތުރުވެފައިވާ ކަމަށެވެ. ބުރާސްފަތި ދުވަހު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ “ވަގުތީ ހަނގުރާމަ ހުއްޓާލުމެއް އިއުލާނުކުރުމަށް މަގުފަހިކުރުމަށްޓަކައި، އެމެރިކާއާއި ފްރާންސްއ...

އަޙްމަދު ދާއޫދު
2024 ވަނަ އަހަރުގެ ނޯބެލް އިނާމު ހޮޕްފީލްޑް އަދި ހިންޓަންއަށް

2024 ވަނަ އަހަރުގެ ނޯބެލް އިނާމު ހޮޕްފީލްޑް އަދި ހިންޓަންއަށް

2024 ވަނަ އަހަރުގެ ފިޒިކްސްގެ ނޯބެލް އިނާމު ލިބުނު ދެ ފަރާތްތައް އިއުލާންކޮށްފިއެވެ. ރޯޔަލް ސްވީޑިޝް އެކެޑަމީ އޮފް ސައިންސަސްއިން އިއްޔެ، އާދީއްތަ ދުވަހު ހާމަކުރި ގޮތުގައި 2024 ވަނަ އަހަރުގެ ފިޒިކްސްގެ ނޯބެލް އިނާމު ލިބިވަޑައިގަތީ ޖޮން ޖޭ. ހޮޕްފީލްޑް އަދި ޖެފްރީ އީ. ހިންޓަން އަށެވެ. މި ދެ ސައިންޓިސްޓުންނަށް މި އިނާމު ލިބިވަޑައިގަތީ “އާޓިފިޝަލް ނިއުރަލް ނެޓްވޯކްސް މެދުވެރިކޮށް މެޝިން ލާނިންގ ވުޖޫދަށް ގެނައުމަށް ކުރެއްވި އީޖާދުތަކާއި އަސާސީ ހޯއްދެވުންތަކަށް” ކަމަށް އެކެޑަމީން […]

އަޙްމަދު ދާއޫދު
ޓްރަމްޕް އިސްރާއީލުގެ ހަމަލާތަކާ ގުޅޭގޮތުން ނަތަންޔާހޫއާ މަޝްވަރާކޮށްފި

ޓްރަމްޕް އިސްރާއީލުގެ ހަމަލާތަކާ ގުޅޭގޮތުން ނަތަންޔާހޫއާ މަޝްވަރާކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ފޯނުން ވާހަކަ ދައްކައި، ލުބުނާންގައި ހިޒުބުﷲގެ އަމާޒުތަކަށް އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ދެމުންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާތައް ކުރެވުނީ ހިޒްބުﷲގެ ލީޑަރު ހަސަން ނަސްރުﷲ އިސްރާއީލުން އަވަހާރަކޮށްލުމާ ގުޅިގެންނެވެ. ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޓްރަމްޕް، ނަތަންޔާހޫއާ މަޝްވަރާ ކުރީ ފާއިތުވި ހަފްތާގައި، އޭނާގެ ރިޔާސީ ކެމްޕޭންގެ ތެރެއިން ކަމަށް ރިޕޯޓްތައް ބުނ...

އަޙްމަދު ދާއޫދު
ޓާކިޝް އެއަރލައިންސްގެ ޕައިލެޓެއް ދަތުރުމަތީގައި މަރުވެއްޖެ

ޓާކިޝް އެއަރލައިންސްގެ ޕައިލެޓެއް ދަތުރުމަތީގައި މަރުވެއްޖެ

ޓާކިޝް އެއަރލައިންސްގެ ޕައިލެޓެއް ސިއެޓްލްއިން އިސްތަންބޫލަށް ދަތުރުކުރަމުންދިޔަ ފްލައިޓެއްގައި ނިޔާވެއްޖެކަމަށް އެ އެއަރލައިންއިން ހާމަކޮށްފިއެވެ. 59 އަހަރުގެ ކެޕްޓަން އިލްޗެހިން ޕެހްލިވަން ދަތުރުމަތީގައި ހޭނެތި، ނިއުޔޯކަށް އިމަޖެންސީ ލޭންޑިންގއެއް ކުރުމުގެ ކުރިން ނިޔާވެފައިވާ ކަމަށް ޓާކިޝް އެއަރލައިންސްގެ ތަރުޖަމާނެއް ބުދަ ދުވަހުގެ ހެނދުނު ބަޔާނެއްގައި ބުނެފައިވެއެވެ. އެ އެއަރލައިންގެ ތަރުޖަމާން ޔަހްޔާ އުސްތުން އެކްސް ގައި ލިޔުއްވާފައިވަނީ، “މަތިންދާބޯޓުގައި ކެޕްޓަނަށް ދެވުނު ފުރަތަމަ މެޑިކަލް...

އަޙްމަދު ދާއޫދު
ޓިކްޓޮކާ ދެކޮޅަށް އެމެރިކާގެ 13 ސްޓޭޓަކުން މައްސަލަ ހުށަހަޅައިފި

ޓިކްޓޮކާ ދެކޮޅަށް އެމެރިކާގެ 13 ސްޓޭޓަކުން މައްސަލަ ހުށަހަޅައިފި

އެމެރިކާގެ 13 ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާއިން މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކާ ދެކޮޅަށް އައު މައްސަލަތަކެއް ހުށަހަޅައިފިއެވެ. މި މައްސަލަތައް ހުށަހަޅާފައިވަނީ ޓިކްޓޮކުން ޒުވާނުންނަށް ގެއްލުން ދިނުމާއި އެފަރާތްތައް ރައްކާތެރިކުރުމަށް ފެއިލްވުމުގެ ދަޢުވާގައެވެ. އަންގާރަ ދުވަހު ނިއުޔޯކް، ކެލިފޯނިއާ، ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ އަދި އިތުރު 11 ސްޓޭޓަކުން ވަކިވަކިން ހުށަހަޅާފައިވާ މި މައްސަލަތަކުން، ޗައިނާގެ މިލްކިއްޔާތުގައިވާ ޓިކްޓޮކާއި އެމެރިކާގެ ރެގިއުލޭޓަރުންނާ ދެމެދު އޮތް ޤ...

އަޙްމަދު ދާއޫދު
އެމެރިކާގެ އިންތިޚާބަށް އަމާޒުކޮށްގެން ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި އަފްޣާން މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ އިންތިޚާބަށް އަމާޒުކޮށްގެން ހަމަލާއެއް ދޭން ރޭވިކަމުގެ ތުހުމަތުގައި އަފްޣާން މީހަކު ހައްޔަރުކޮށްފި

އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ ފިކުރުން އިލްހާމު ލިބިގެން އެމެރިކާގެ އިންތިޚާބު ދުވަހު ގިނަ ބަޔަކަށް އަމާޒުކޮށްގެން ހަމަލާއެއް ދޭން ރާވަމުންދިޔަ އަފްޣާނިސްތާނުގެ މީހަކު އެފްބީއައިން ހައްޔަރުކޮށްފިއެވެ. އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މި މަޢުލޫމާތު ހާމަކުރީ އަންގާރަ ދުވަހުއެވެ. އޮކްލަހޯމާ ސިޓީގައި ދިރިއުޅޭ 27 އަހަރުގެ ނަސީރު އަހްމަދު ތައުހީދީ ހޯމަ ދުވަހު ހައްޔަރުކުރުމަށްފަހު ތަޙްޤީޤުގައި ބުނެފައިވަނީ އޭނާ ރާވާފައިވަނީ މި މަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ދުވަހާ ދިމާކޮށް ހަމަލާ ދޭށެވެ. އަ...

އަޙްމަދު ދާއޫދު
ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2,000 އަށް އަރައިފި

ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2,000 އަށް އަރައިފި

ލުބުނާނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2,000 އަށް އަރައިފިއެވެ. ލުބުނާންގެ ސިއްޙީ ވުޒާރާއިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، 2023 ވަނަ އަހަރުގެ އޮކްޓޯބަރު 8 އިން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 2,119 އަށް އަރައިފިއެވެ. އަދި މި ހަމަލާތަކުގައި 10,019 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. ސިއްޙީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 36 މީހުން […]

އަޙްމަދު ދާއޫދު
އެންޑްރޮއިޑް ފޯނުތަކަށް މުޅިން އައު ފީޗަރތަކެއް

އެންޑްރޮއިޑް ފޯނުތަކަށް މުޅިން އައު ފީޗަރތަކެއް

ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކަށް މުޅިން އައު ފީޗަރތަކެއްގެ އިތުރުކޮށްފިއެވެ. މައުންޓަން ވިއު ސިޓީގައި ހުންނަ ޓެކްނޮލޮޖީގެ ބިޔަ ބޮޑު ކުންފުނި ގޫގުލްއިން އެންޑްރޮއިޑް ފޯނުތަކަށް އައު ފީޗާތައް ފޮނުވާފައިވަނީ ނޯޓިފިކޭޝަނެއް ވެސް ފޮނުވުމާ އެކުގައެވެ. މިއީ އެންޑްރޮއިޑް ފޯނުތަކަށް ގެނެވުނު އައު ފީޗަރތަކެއްގެ މަޢުލޫމާތު ހިމެނޭ ނޯޓިފިކޭޝަނެކެވެ. 9ޓު5 ގޫގުލްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި މި ނޯޓިފިކޭޝަން ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު އާއި އާދީއްތަ ދުވަހުއެވެ. މި ނޯޓިފިކޭޝަން ފޮނުވާފައިވަނީ ގޫގުލް ޕ...

އަޙްމަދު ދާއޫދު
އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ އަގު އަދާކުރަން ޖެހޭނެ: ތުރުކީގެ ރައީސް

އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ އަގު އަދާކުރަން ޖެހޭނެ: ތުރުކީގެ ރައީސް

އިސްރާއީލުން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ އަގު އަދާކުރަން ޖެހޭނެކަމުގައި ތުރުކީގެ ރައީސް ވިދާޅުވެއްޖެއެވެ. ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާން ވިދާޅުވެފައިވަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަނިޔާވެރިކަމުގެ އަމަލުތަކަށް އަހަރެއް ފުރިފައިވާއިރު، އެކަމުގެ އަގު އެ ޤައުމުން އަދާކުރަން ޖެހޭނެ ކަމަށެވެ. އެކްސް މެދުވެރިކޮށް މިކަން ހާމަކުރައްވަމުން ރައީސް އުރުދުޣާން ވިދާޅުވީ، “މި ނަސްލު ނައްތާލުމުގެ ގަތުލުއާންމަށް އަހަރެއްހާ ދުވަސް ވެފައިވާއިރު، އެ ނުބައި ޢަމަލުތަކުގެ އަގު އިސްރާއީ...

އަޙްމަދު ދާއޫދު
ޕުޓިން އިރާނުގެ ރައީސާ ބައްދަލުކުރައްވަން ތުރުކްމެނިސްތާނަށް

ޕުޓިން އިރާނުގެ ރައީސާ ބައްދަލުކުރައްވަން ތުރުކްމެނިސްތާނަށް

ރަޝިޔާގެ ރައީސް ވުލަޑިމިރް ޕުޓިން އިރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަންއާ ބައްދަލުކުރައްވަން މި ހަފުތާގެ ހުކުރު ދުވަހު ތުރުކްމެނިސްތާނަށް ދަތުރުކުރައްވާ ވާހަކަ ރަޝިޔާގެ ސަރުކާރުން ހާމަކޮށްފިއެވެ. ރަޝިޔާގެ ރައީސްގެ އެހީތެރިއެއް ކަމަށްވާ ޔޫރީ އުޝަކޯވް ވިދާޅުވި ގޮތުގައި މި ދެ ލީޑަރުން ބައްދަލުކުރައްވާނީ ތުރުކްމެނިސްތާނުގެ ވެރިރަށް އަޝްގަބާތުގައި ބޭއްވޭ ތުރުކްމެނިސްތާނުގެ ޝާއިރެއްގެ ހަނދާނީ ޖަލްސާއެއްގައެވެ. މި ބައްދަލުވުމަކީ ދެ ގައުމުގެ ގުޅުމާއި މެދު އިރުމަތީގައި ހަލަބޮލިވެފައިވާ ހާލަތާ ބެހޭ ގޮތުން...

އަޙްމަދު ދާއޫދު
އެކްސް އަށް އޮޅިގެން ބްރެޒިލްގެ ނުބައި ބޭންކަކަށް ޖޫރިމަނާ ފައިސާ ޖަމާކުރެވިއްޖެ

އެކްސް އަށް އޮޅިގެން ބްރެޒިލްގެ ނުބައި ބޭންކަކަށް ޖޫރިމަނާ ފައިސާ ޖަމާކުރެވިއްޖެ

ބްރެޒިލްގައި އެކްސް ޕްލެޓްފޯމް އަލުން ބޭނުން ކުރަން ފެށުން ލަސްވަމުންދަނީ ޖޫރިމަނާ ފައިސާ ދެއްކުމުގައި ދިމާވި މައްސަލައަކާ ގުޅިގެންކަން ހާމަވެއްޖެއެވެ. ބްރެޒިލްގެ ސުޕްރީމް ކޯޓުން ހުކުރު ދުވަހު ބުނެފައިވަނީ އެކްސް ޕްލެޓްފޯމްގެ ވަކީލުން ޖޫރިމަނާގެ ފައިސާ ދައްކާފައިވަނީ ރަނގަޅު ބޭންކަށް ނޫންކަމަށެވެ. މިކަމާ ގުޅިގެން ބްރެޒިލްގައި އެކްސްގެ ޚިދުމަތް އަލުން ފެށުމާ މެދު ގޮތެއް ނިންމުން ވަނީ ފަސްކޮށްފައެވެ. އޯގަސްޓް މަހުގެ ފަހުކޮޅުން ފެށިގެން ބްރެޒިލްގައި އެކްސްގެ ޚިދުމަތް ވަނީ ހުއްޓުވާލާފައެވެ. މިގޮތަށް...

އަޙްމަދު ދާއޫދު
ލިކުއިފައިޑް ނެޗުރަލް ގޭސް ގަތުމަށް ޖަޕާނުން އާ އެއްބަސްވުމެއް

ލިކުއިފައިޑް ނެޗުރަލް ގޭސް ގަތުމަށް ޖަޕާނުން އާ އެއްބަސްވުމެއް

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަތުމަށް ޖަޕާނުން އާ އެއްބަސްވުމެއް، ދެކުނު ކޮރެއާ އަދި އިޓަލީއާއެކު ހަދައިފިއެވެ. އާދީއްތަ ދުވަހު ހެދި މި އެއްބަސްވުމުގައި ވަނީ ދެކުނު ކޮރެއާ އަދި އިޓަލީއާއެކު ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގަތުމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން ދިރާސާކުރުމަށް ވެސް އެއްބަސްވެފައެވެ. މިއީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އެލްއެންޖީ އިމްޕޯޓަރުގެ ގޮތުގައި ހިމެނޭ ޖަޕާނުން އެނަރޖީ ސެކިއުރިޓީ ހަރުދަނާކުރުމަށް އަޅާ ފިޔަވަޅެކެވެ. ޖަޕާނުގެ އެންމެ ބޮޑު ޔުޓިލިޓީ ކުންފުނި...

އަޙްމަދު ދާއޫދު
އިސްރާއީލުން ޖަބާލިޔާ ކޭމްޕަށް ހަމަލާދީ 17 މީހުން ޝަހީދުކޮށްލައިފި

އިސްރާއީލުން ޖަބާލިޔާ ކޭމްޕަށް ހަމަލާދީ 17 މީހުން ޝަހީދުކޮށްލައިފި

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިސްރާއީލުގެ ސިފައިން ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަނެއްކާވެސް ހަމަލާދީ 17 މީހަކު ޝަހީދުކޮށްލައިފިއެވެ. މިއީ ޣައްޒާގެ ހަނގުރާމަ ފެށުނު ފަހުން އެއްގަމު މަގުން މި ސަރަޙައްދަށް ދޭ ތިންވަނަ ހަމަލާއެވެ. ފަލަސްޠީނުގެ ސިވިލް ޑިފެންސް އޭޖެންސީން ބުނާ ގޮތުގައި އާދީއްތަ ދުވަހު ދިން މި ހަމަލާގައި މަދުވެގެން 17 މީހުން ވަނީ ޝަހީދުވެފައެވެ. މީގެ ތެރޭގައި 9 ކުދިން ހިމެނެއެވެ. މި ހަމަލާ ދިނީ އެ ސަރަޙައްދުގެ […]

އަޙްމަދު ދާއޫދު
ގޫގުލް ސާރޗްގައި ވެރިފައިޑް ޗެކްމާރކްތައް ޓެސްޓްކުރަނީ

ގޫގުލް ސާރޗްގައި ވެރިފައިޑް ޗެކްމާރކްތައް ޓެސްޓްކުރަނީ

ގޫގުލްގެ މައި ކުންފުނި އަލްފަބެޓުން ސާރޗް ނަތީޖާތަކުގައި ވަކި ކުންފުނިތަކެއްގެ ނަންތަކާ އެކު ޗެކްމާރކްތަކެއް ދައްކަން ޓެސްޓްކުރަމުންދާ ކަމަށް ކުންފުނީގެ ފަރާތުން ހުކުރު ދުވަހު ހާމަކޮށްފިއެވެ. މި ފީޗަރ ތަޢާރަފުކުރުމުގެ މަޤްޞަދަކީ ބޭނުންކުރާ ފަރާތްތަކަށް ޞައްޙަ މަޢުލޫމާތު ފޯރުކޮށްދޭ ވެބްސައިޓްތައް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހެދުމާއި، އޮޅުވާލުމުގެ ގޮތުން ހަދާފައިވާ ވެބްސައިޓްތަކުން ރައްކާތެރިވުމަށް މަގުފަހިކޮށްދިނުމެވެ. ގޫގުލްގެ ތަރުޖަމާނެއް ވިދާޅުވި ގޮތުގައި، އޮންލައިންކޮށް އިތުބާރުހުރި ވިޔަފާރި...

އަޙްމަދު ދާއޫދު
އިސްރާއީލާއި އީރާނުގެ ހަނގުރާމަ 7 ބިމަކަށް ފެތުރިއްޖެ

އިސްރާއީލާއި އީރާނުގެ ހަނގުރާމަ 7 ބިމަކަށް ފެތުރިއްޖެ

އިސްރާއީލާއި އީރާނުގެ ހަނގުރާމަ 7 ބިމަކަށް ފެތުރިއްޖެކަމަށް އިސްރާއީލުން ބުނެފިއެވެ. އިސްރާއީލުގެ ޑިފެންސް ފޯސް (އައިޑީއެފް) އިން ބުނެފައިވަނީ އީރާނުން އިސްރާއީލަށް ބެލިސްޓިކް މިސައިލް ހަމަލާ ދިނުމާ ގުޅިގެން އެ ޤައުމާ ދެކޮޅަށް ހަނގުރާމަ ފަށައިފައިވާ ކަމަށެވެ. މިހާރު 7 ތަނެއްގައި ހަނގުރާމަ ކުރިއަށްދާ ކަމަށް އައިޑީއެފްއިން މަޢުލޫމާތު ދީފައިވެއެވެ. ޣައްޒާ އަދި ހުޅަނގު އައްސޭރީގައި ކުރިއަށްދާ ހަނގުރާމައިގެ އިތުރުން ލެބަނަން، އީރާން، ޔަމަން، ސީރިއާ އަދި އިރާޤުގައި އިސްރާއީލް ސިފައިން އޮޕަރޭޝަންތައް ކ...

އަޙްމަދު ދާއޫދު