ދައްޕަރުގެ މައްސަލަ: ހއ. އަތޮޅުން އިލްތިމާސްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް
ހއ. ފިއްލަދޫގެ އިޚްތިޞާޞްގެ ދަށުން ހއ. ދައްޕަރު ވަކިކޮށްފައިވާ މައްސަލާގައި އެ ނިންމުން މުރާޖައާކޮށް ދެއްވުން އެދި އިލްތިމާސްކޮށް ހއ. އަތޮޅު ކައުންސިލްގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ފޮނުވައިފިއެވެ. ހއ. އަތޮޅު ކައުންސިލުން ވިދާޅުވީ، ފިއްލަދޫ ކައުންސިލްގެ އިޙުތިސާސްގެ ތެރޭގައި ޤާނޫނީގޮތުން ހިމެނިފައިވާ ހއ. ދައްޕަރު، ފިއްލަދޫ ކައުންސިލްގެ އިހުތިސާސްގެ ތެރެއިން ވަކިކުރުމާ ގުޅިގެން އެރަށު ރައްތިތުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކާއި ފިއްލަދޫ ކައުންސިލްގެ ކަންބޮޑުވުން...