އިނގިރޭސި ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުން 1-0 ގެ ނަތީޖާއިން ވެސްޓްހަމް މަށްޗައް ލިވަޕޫލްއިން ކުރި ހޯދައިފިއެވެ.

މެޗުގަ ފެނުނު ހަމަ އެކަނި ގޯލް މެޗުގެ 27 ވަނަ މިނެޓުގައި އެލެކްސެންޑާ އާނޯލްޑް ގެ އެހީތެރިކަމާއެކު ޖަހައިދިނީ ސާޑިއޯ މާނޭ އެވެ.

Ad
rt

ގިނަވަގުތު ބޯޅަ ހިފައްޓައިގެން ކުޅެމުންދިޔަ ލިވަޕޫލްވަނީ 13 ހަމަލާއެއް ފޮނުވާލާފައެވެ. މީގެން 5 ހަމަލާ ގޯލާ އަމާޒުވީއިރު ވެސްޓްހަމްގެ 7 ހަމަލާއިން 4 ހަމަލާ ވަނީ ގޯލާ އަމާޒުވެފައެވެ.

މި މޮޅާއެކު 27 މެޗުން ލިބުނު 63 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ތާވަލުގެ 2 ވަނައިގައެވެ. ވެސްޓްހަމް އަށް ތާވަލުގެ 5 ވަނަ ލިބެނީ ކުޅުނު 28 މެޗުން ހޯދި 45 ޕޮއިންޓާއެކުގައެވެ.

އިނގިރޭސި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ހާވީ ބާންސް ޖަހައިދިން ގޯލުން 1-0 ގެ ނަތީޖާއިން ލީޑްސް ޔުނައިޓެޑް މަށްޗައް ލެސްޓާސިޓީ ކުރި ހޯދާފައެވެ.

ބާންލޭ އަތުން ޗެލްސީ މޮޅުވީ 4-0 ގެ ނަތީޖާއިންނެވެ. ކައި ހަވާޓްސް ދެ ގޯލް ޖެހިއިރު އަނެއް ދެގޯލް ޖަހައިދިނީ ކުރިސްޓިއަން ޕުލިސިޗް އަދި ރީސް ޖޭމްސް އެވެ. މި މޮޅާއެކު 26 މެޗުން ލިބުނު 53 ޕޮއިންޓުން ޗެލްސީ އޮތީ ތާވަލްގެ 3 ވަނައިގައެވެ. މި މެޗުން ބަލިވި ބާންލޭ އޮތީ 26 މެޗުން ލިބުނު 21 ޕޮއިންޓާއެކު ރެލިގޭސަން ޒޯން ގައި ތާވަލްގެ 18 ވަނައިގައެވެ.

އަމިއްލަ ދަނޑުގައި އެސްޓަންވިލާ ސައުތެމްޕްޓަން މައްޗަށް ކުރި ހޯދީ 4-0 ގެ ނަތީޖާއިންނެވެ. ކޮންމެ ހާފެއްގައި ދެ ގޯލް ފެނުނު މި މެޗުގެ ގޯލްތަށް ޖަހައިދީފައިވަނީ ޑެނީއިންގްސް ، ކޮޓީނިއޯ، ޑަގްލަސް ލުއިސް އަދި އޮލީ ވަޓްކިންސް އެވެ. މި މޮޅާއެކު 26 މެޗުން ލިބުނު 33 ޕޮއިންޓުން އެސްޓަންވިލާ ވަނީ ތާވަލްގެ 11 ވަނަ އަށް ޖެހިލާފައެވެ.ސައުތެމްޕްޓަން އަށް ތާވަލްގެ 9 ވަނަ ލިބެނީ 27 މެޗުން ލިބުނު 35 ޕޮއިންޓާއެކުގައެވެ.

2-1 ގެ ނަތީޖާއިން ނިއުކާސްޓަލް ވަނީ ބްރައިޓަން މައްޗަށް ކުރި ހޯދާފައެވެ. ބްރައިޓަން 27 މެޗުން 33 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައި އޮތްއިރު 26 މެޗުން ލިބުނު 28 ޕޮއިންޓާއެކު ނިއުކާސްޓަލް އަށް ލިބެނީ ތާވަލްގެ 14 ވަނައެވެ.

ނޯވިޗްސިޓީ މައްޗަށް ބްރެންޓްފޯޑް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ. ބްރެންޓްފޯޑް 3 ގޯލް ވެސް ޖަހައިދިނީ އައިވަންޓޮނީ މީގެތެރެއިން 2 ގޯލް ޖަހާފައިވަނީ ޕެނަލްޓީ އިންނެވެ. ބޮރެންޓްފޯޑް ތާވަލްގެ 15 ވަނައިގައި އޮތީ 28 މެޗުން 27 ޕޮއިންޓް ހޯދައިގެންނެވެ. ނޯވިޗްސިޓީ އޮތީ27 މެޗުން ލިބުނު 17 ޕޮއިންޓާއެކު ތާވަލްގެ އެންމެފުލުގައެވެ.

ކްރިސްޓަލް ޕެލަސް އަދި ވުލްސް ބައްދަލުކުރި މެޗުން ކްރިސްޓަލްޕެލަސް މޮޅުވީ 2-0 ގެ ނަތީޖާއިންނެވެ. 27 މެޗުން 40 ޕޮއިންޓް ހޯދައިގެން ތާވަލްގެ 8 ވަނައިގައި ވުލްސް އޮތްއިރު 28 މެޗުން 33 ޕޮއިންޓާއެކު ކްރިސްޓަލްޕެލަސް ވަނީ ތާވަލްގެ 10 ވަނަ އަށް ޖެހިލާފައެވެ