މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހދ. ނޭކުރެންދޫގައި ވޮލީމެޗެއް ކުޅެފިއެވެ.
މި މެޗު ކުޅެފައިވަނީ އެރަށު އަންހެން ކަބަލުން ދެޓީމަށް ބަހާލައިގެންނެވެ. މިމެޗު ސަރަފު ވެރި ކޮށްދެއްވީ މިހާރުވެސް އެރަށުގައި ހިންގޭ ގިނަ ކުޅިވަރު ހަރަކާތްތަކުގައި އިސްކޮށް މަސައްކަތް ކުރާ ފަރާތެއް ކަމުގައިވާ ފާތިމަތު ތަހުމީނާ އެވެ.
މި މެޗު ސީދާ ތިންސެޓްއިން ބްލޫ ޓީމްގެ މައްޗަށް ގްރީންޓީމް ވަނީ ކުރި ހޯދާފައެވެ. މޮޅުވި ޓީމަށް އިނާމް ހަވާލު ކޮށްދެއްވީ މެޗުގެ ސަރަފުވެރި މެހެމާން ފާތިމަތު ތަހުމީނާ އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައިވަނީ ގްރީން ޓީމްގެ ޖާރޒީ ނަމްބަރ 1 އައިމިނަތު ޒާހިރާ އެވެ. މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލު ކޮށްދެއްވީ ވޮލީގައި ފާހަގަ ކޮށްލެވޭ ކަބަލެއްކަމުގައިވާ އައިޝަތު ޒީނާ އެވެ.
މީ ފިރެހެން ޓީމް އިސްނަގައިގެން އަންހެނުން ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެރަށުގައި ކުޅެވުނު ފުރަތަމަ ވޮލީމެޗެވެ.
މެޗައްފަހު ވާހަކަ ދައްކަމުން މެޗުގެ ބައިވެރިޔަކު ބުނީ މިކަހަލަ މެޗެއް ކުޅެވުނު ފުރަތަމަ ފަހަރު ކަމަށެވެ.
“އަޅުގަނޑުގެ އުމުރުގައިވެސް މިކަހަލަ ގޮތަކަށް އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށް ފިރިހެން ޓީމް އިސްނަގައިގެން މިކަހަލަ މެޗެއް ބޭއްވުނު މީ ފުރަތަމަ ފަހަރު، އެކަމަށްޓަކައި ފިރެހެން ވޮލީޓީމަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން”
އެ ފަރާތުންބުންޏެވެ.

މެޗް އިންތިޒާމް ކުރި ފިރިހެން ވޮލީ ޓީމް ގެ ފަރާތުން ބުނާގޮތުން މީ ފެށުމެއް ކަމަށާ ވިސްނުން ހުރީ ވޮލީގައި އަންހެންޓީމް ގޮވައިގެން ކުރިއަށް ދިއުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!