އިޓާލިއަން ސެރިއާ ގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވެ އޭސީމިލާން ތާވަލްގެ ކުރީގައި 5 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
އެމްޕޮލީއެފްސީ އާއި ބައްދަލުކޮށް އޭސީމިލާން ކުރިހޯދީ 1-0 ގެ ނަތީޖާއިންނެވެ.
އޭސީމިލާން މޮޅަށް ކުޅުނު މެޗުގައި ފެނުނު ހަމައެކަނި ގޯލް ޖަހައިފައިވަނީ މެޗުގެ 19 ވަނަ މިނެޓްގައި ފުރާސްގެ ޒުވާން ޑިފެންޑަރ ޕިއާކަލޫލޫ އެވެ.
މި ނަތީޖާއެކު މިލާން އޮތީ ލީގު ތާވަލްގެ އެއވަނައިގައެވެ. މިލާންއަށް އެއްވަނަ ލިބެނީ 29 މެޗުން ލިބުނު 63 ޕޮއިންޓާއެކުގައެވެ. މި މެޗުންބަލިވި އެމްޕޮލީ 29 މެޗުން ލިބުނު 32 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.
ލީގުގައި މިރޭ ކުޅުނު މެޗުން 3-1ގެ ނަތީޖާއިން ސަމްޕްޓޯރިއާ މައްޗަށް ޔުވެންޓާސް ވަނީ ކުރި ހޯދާފައެވެ. މިމެޗުގައި ޔުވެންޓާސްގެ ދެގޯލް މޮރާޓާ ޖެހިއިރު އަނެއްގޯލަކީ މަޔާ ޔޮޝިޑާ އަތުން ބައިކޮޅައް ވައިން ގޯލެކެވެ.
މި މެޗުގައި ސަމްޕްޓޯރިޔާގެ ހަމައެކަނި ގޯލް ޖަހއިދިނީ އަބްދުލްހަމީދު ސަބޭރީ އެވެ. މި މޮޅާއެކު ތާވަލްގެ 5 ވަނައިގައި ޔުވެންޓަސް އޮތީ 29 މެޗުން 56 ޕޮއިންޓް ހޯދައިގެންނެވެ. މި މެޗުން ބަލިވުމުން ސަޕްޓޯރިއާ ވަނީ ލީގްތާވަލްގެ 16 ވަނައަށް ވެއްޓިފައެވެ. 29 މެޗުން ލިބެނީ 26 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!