އިނގިރޭސި ޕްރިމިއަރ ލީގުގައި ހޯމަ ދުވަހުގެރޭ ކްރިސްޓަލް ޕެލަސް އާއި ދެކޮޅަށްކުޅެ ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗަސްޓަރ ސިޓީ އެއްވަރުވުމުން ތާވަލުގެ ދެވަނައިގައި އޮތް ލިވަޕޫލަށް ސިޓީ އާއި ދެމެދު އޮތް ފަރަގު އެއް ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތުފަހިވެ ލީގު ހޯދުމުގެ އުއްމީދު އާވެއްޖެއެވެ.
77 ޕަސަންޓް ބޯޅަ ހިފައްޓައިގެން ކުޅުނު ސިޓީއިން މިމެޗުގައި 10 ހަމަލާއެއް ފޮނުވައިލާފައިވެއެވެ. 6 ހަމަލާއެއް ގޯލާ އަމާޒުވީއިރު، ސިޓީގެ ގޯލަށް އަމާޒުކޮށް ކްރިސްޓަލް އަށް ފޮނުވާލެވުނީ އެއްމެ ހަމަލާއެކެވެ.
މި ނަތީޖާއާއިއެކު 29 މެޗުން 70 ޕޮއިންޓާއެކު ސިޓީ ތާވަލްގެ 1 ވަނައިގައި އޮތްއިރު، ކްރިސްޓަލް އަށް 29 މެޗުން ހޯދި 34 ޕޮއިންޓާއެކު އޮތީ ތާވަލްގެ 11 ވަނައިގައެވެ. ސިޓީއަށްވުރެ 1 މެޗު މަދުން ކުޅެ ލީގު ތާވަލްގެ 2 ވަނައިގައި ލިވަޕޫލް އޮތީ 66 ޕޮއިންޓް ހޯދައިގެންނެވެ.
ލީގުގައި ލިވަޕޫލްއަށް ދެން އޮތީ މިވަގުތު ރަގަނޅު ފޯމެއްގައި އޮތް އާސެނަލް މެޗެވެ. މިމަހުގެ 16 ވާ ބުދަ ދުވަހުގެ ރޭ ކުޅޭ މިމެޗު ފަށާނީ ރާއްޖެގަޑިން މެންދަމު 1:15 ގައެވެ. މި މެޗު ކުޅޭނީ އާސެނަލް ދަނޑުގައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!