އިނގިރޭސި ޕްރިމިއަރލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން 3-1 ގެ ނަތީޖާއިން ނޯވިޗް ސިޓީ މައްޗަށް ޗެލްސީ ކުރިހޯދައިފިއެވެ.

މި މެޗުން ބަލިވުމުން ތާވަލްގެ އެންމެ ފުލުގައި އޮތް ނޯވިޗް ސިޓީ ރެލިގޭޝަންއިން ސަލާމަތް ވުމަށް ވަނީ އިތުރު ހުރަސްތަކާ ކުރިމަތިވެފައެވެ.

Ad
rt

މެޗް ފަށައިގެން 3ވަނަ މިނިޓްގައި ޗަލަބާ ވަނީ ޗެލްސީއަށް ލީޑު ނަގައިދީފައެވެ. މައުންޓް ނަގައިދިން ކޯނާ ޗަލަބާ ގޯލަށް ވައްދާލީ ބޮލުންންނެވެ. ދެވަނަ ގޯލް މޭސަން މައުންޓް ޖަހައިފައިވަނީ ކައިހަވާޓްސް ގެ އެހީތެރިކަމާއެކީ މެޗްގެ 14 ވަނަ މިނެޓްގައެވެ.

ލިބުނު ޕެނަލްޓީައަކުން މެޗުގެ 69 ވަނަ މިނެޓްގައި ޓީމްޕުއްކި ވަނީ ނޯވިޗްސިޓީ އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނެވެ. ޕެނަލްޓީއަށްފަހު ނޯވިޗްސިޓީގެ ކުޅުން ރަނގަޅުވިތަން ފެނިގެންދިޔައެވެ. މެޗުގެ ފަހުގޯލް 90 ވަނަ މިނެޓްގައި ޗެލްސީއަށް ކާމިޔާބު ކޮށްދިނީ ކަންޓޭގެ އެހީތެރިކަމާއެކީ ކައިހަވާޓްސް އެވެ.

ބުރާސްފަތި ދުވަހު ކުޅުނު އެހެން މެޗް ތަކަށް ބަލާއިރު ، 4-0 ގެ ނަތީޖާއިން ވޮޓްފޯޑް ގެ މައްޗަށް ވުލްސް ވަނީ ކުރިހޯދާފައެވެ. މި ނަތީޖާއާއި އެކު 28 މެޗުން 43 ޕޮއިންޓް ހޯދައިގެން ވުލްސް އޮތް އިރު 28 މެޗުން ލިބުނު 19 ޕޮއިންޓާއެކު ވޮޓްފޯޑް އޮތީ ތާވަލްގެ 19 ވަނައިގައެވެ.

ސައުތެމްޕްޓަން މައްޗަށް ނިއުކާސްޓަލް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ. ތާވަލްގެ 10 ވަނައިގައި ސައުތެމްޕްޓަން އޮތީ 28 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސްޓަލް 14 ވަނައިގައި އޮތީ 27 މެޗުން 31 ޕޮއިންޓް ހޯދައިގެންނެވެ.

ލީޑްސް ޔުނައިޓެޑްގެ މައްޗަށް އެސްޓަންވިލާ ކުރި ހޯދީ 3-0 ގެ ނަތީޖާއިންނެވެ. މިނަތީޖާއާއި އެކު 27 މެޗުން ލިބުނު 36 ޕޮއިންޓާއެކު އެސްޓަން ވިލާ ތާވަލްގެ 9 ވަނައިގައި އޮތްއިރު ލީޑްސް ޔުނައިޓެޑް އޮތީ 28 މެޗުން ލިބުނު 23 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.