ރޮނާލްޑޯގެ ހެޓްރިކުން ޔުނައިޓެޑަށް މުހިއްމު މޮޅެއް
އިނގިރޭސި ޕްރިމިއަރލީގް ގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗްގައި ރޮނާލްޑޯ ގެ ހެޓްރިކުން ޔުނައިޓެޑް މޮޅުވެއްޖެއެވެ. މީ ރޮނާލްޑޯގެ 60 ވަނަ ހެޓްރިކެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑާއި ނޯވިޗް ސިޓީ ބައްދަލުކުރި މެޗު ޔުނައިޓެޑުން ކާމިޔާބު ކުރީ 3-2 ންނެވެ. މި މެޗުގައި ޔުނައިޓެޑްގެ ތިން ލަނޑުވެސް ކާމިޔާބު ކޮށްދިނީ ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ފުރަތަމަ ހާފުގައި ރޮނާލްޑޯ ދެލަނޑުގެ ލީޑެއް ނަގައިދިނެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ނޯވިޗްގެ […]