އިނގިރޭސި ޕްރިމިއާލީގް ގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނުމެޗުން 2-0 ގެ ނަތީޖާއިން ލެސްޓާ ސިޓީ ބަލިކޮށް އާސެނަލް ލީގް ތާވަލްގެ ހަތަރު ވަނައަށް ޖެހިލައިފިއެވެ.

މެޗުގެ ފުރަތަމަ ގޯލް ތޯމަސްޕާޓީ ކާމިޔާބް ކޮށްދިނީ މެޗްގެ 11 ވަނަ މިނެޓްގައެވެ. އޭގެ 7 މިނެޓް ފަހުން ތޯމަސްގެ ހަމަލާއެއް ހުރަސްދަޑިއަށް ވަނީ އަމާޒުވެފައެވެ.

Ad
rt

11 ހަމަލާ ފެނިގެން ދިޔަ އާސެނަލްގެ ދެވަނަ ގޯލް މެޗުގެ ދެވަނަ ހާފުގައި ޖަހައިދިނީ ލަކަޒެޓް އެވެ. މީ ލެސްޓާސިޓީގެ ތުރުކީ ޑިފެންޑަރ ސޮޔޮންޗު އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކުރި ގޯލެކެވެ. 59 ވަނަ މިނެޓްގައި ލަކަޒެޓް ވައްދާލި މި ޕެނަލްޓީ ރެފްރީ އެންތޮނީޓެއިލާ ދީފައިވަނީ ވީއޭއާރު ބެލުމަށްފަހުއެވެ.

މި މެޗުން މޮޅުވެ އަނެއްކާވެސް އާސެނަލް ވަނީ ތާވަލްގެ ހަތަރު ވަނައަށް ޖެހިލާފައެވެ. އާސެނަލް އަށް ތާވަލްގެ 4 ވަނަ ލިބެނީ 26 މެޗުން ހޯދި 51 ޕޮއިންޓާއެކުގައެވެ. މެޗުން ބަލިވި ލެސްޓާއަށް 26 މެޗުން ލިބުނު 33 ޕޮއިންޓާއެކު ލިބެނީ ތާވަލްގެ 12 ވަނައެވެ.

ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވާދަވެރި ކުޅުމަކަށްފަހު މެޗުގެ ފަހުވަގުތުގައި ކައިހަވާޓްސް ޖަހައިދިން ގޯލްއިން ޗެލްސީ ވަނީ ނިއުކާސްޓަލް މައްޗަށް ކުރި ހޯދާފައެވެ.ލީގު ތާވަލްގައި ޗެލްސީ 3 ވަނައިގައި އޮތްއިރު ނިއުކާސްޓަލް އޮތީ ތާވަލްގެ 14 ވަނައިގައެވެ.

1-0 ގެ ނަތީޖާއިން ވުލްސް ވަނީ އެވަޓަން މައްޗަށް ކުރި ހޯދާފައެވެ. ކޮނާކޯޑީ ގެ މި ގޯލް ފެނިގެން ދިޔައީ މެޗުގެ 49 ވަނަ މޮނެޓުގައެވެ.

ލީޑްސްޔުނައިޓެޑް ނޯވިޗްސިޓީ ބައްދަލު ކުރިމެޗް ލީޑްސްޔުނައިޓެޑް ކާމިޔާބުކުރީ 2-1ގެ ނަތީޖާއިންނެވެ. 29 މެޗުން 26 ޕޮއިންޓް ހޯދައިގެން ލީޑްސް ތާވަލުގެ 16 ވަނައިގައި އޮތްއިރު، މެޗުން ބަލިވި ނޯވިޗް އޮތީ 29 މެޗުން ލިބުން 17 ޕޮއިންޓާއެކު ތާވަލްގެ އެއްމެ ފުލުގައެވެ.
ސައުތެމްޕްޓަން މައްޗަށް ވޮޓްފޯޑް ކުރިހޯދީ 2-1 ގެ ނަތީޖާއިންނެވެ.

ފުރަތަމަ ހާފުގައި 3 ގޯލްވެސް ފެނުން މެޗުގެ ވޮޓްފޯޑްގެ ދެގޯލްވެސް ޖަހާފައިވަނީ ކޮލަންބިއާގެ 22 އަހަރު ފޯވާޑް ހެނާންޑޭޒް އެވެ. ސައުތެމްޕްޓަން ގެ ގޯލް ޖަހއިދިނީ އެލިޔޮނިސީއެވެ. 29 މެޗުން ލިބުނު 35 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައިގައި ސައުތެމްޕްޓަން އޮތްއިރު، ކުޅުނު 29 މެޗުން ލިބުނު 22 ޕޮއިންޓާއެކު ވޮޓްފޯޑް އޮތީ ރެލިގޭސަން ޒޯން ތާވަލްގެ 18 ވަނައިގައެވެ.

ވެސްޓްހަމް އެސްޓަންވިލާ މެޗް 2-1 ގެ ނަތީޖާއިން ކާމިޔާބު ކުރީ ވެސްޓްހަމް އެވެ. މި ނަތީޖާއާއި އެކު 29 މެޗުން ލިބުނު 48 ޕޮއިންޓާއެކު 6 ވަނއިގައި ވެސްޓްހަމް އޮތްއިރު އެސްޓަންވިލާ ތާވަލްގެ 9 ވަނައިގައި އޮތީ 28 މެޗުން ލިބުނު 36 ޕޮއިންޓާއެކުގައެވެ.