ސިނަމާލެ ބްރިޖުމަތީ ދުއްވާފައި ދިޔަ ކާރެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައި ވަނީ ޓެކްސީއެއްގައެވެ.
އެ ސަރަހައްދުގައި ހުރި ‘’ތިލަދުން’’ގެ ނޫސްވެރިޔަކު ބުނީ އެ ޓެކްސީ މިހާރު އޮތީ އަމީނާ މަގު ފެށޭ ކަންމަތީގައި ކަމަށެވެ.
ޓެކްސީގައި ރޯވެފައި، ފޮޓޯ: ތިލަދުން
ސިފައިން ދަނީ ޓެކްސީގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.
މި ޓެކްސީގައި އަލިފާންރޯވި އިރު ފަސިންޖަރުން ވެސް ތިއްބެވެ. އެ ކާރު ބްރިޖުން ފާބައި އަމީނީ މަގު ކޮޅުގައި މަޑުކުރުމުން އޭގައި ތިބި މީހުން ވަނީ ފައިބާފައެވެ.
ކާރުގަައި ރޯވި އަލިފާން ނިއްވާލައިފި
މި ހާދިސާގައި މީހަކަށް އަނިޔާވިކަމަކަށް ނުބެލެވެއެވެ. ޓެކްސީ މަޑުކުރުމަށްފަހު އެމްއެންޑީއެފް ފަޔަރ އަށް ގުޅީ ޑްރައިވަރެވެ.
މިހާދިސާއާއި ގުޅޭގޮތުން ކަމާބެހޭ ފަރާތްތައް އަދި މައުލޫމާތު ހާމައެއް ނުކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!