ކުރިއަށް އޮތް ލޯކަލް އިންތިޚާބުގައި މާފަންނު ހުޅަނގު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ނިންމެވި އިބްރާހިމް އަބޫބަކުރު، އޭނާގެ ތާއީދު ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކެންޑިޑޭޓް މުޙައްމަދު ޢަރީޝްއަށް ދިނުމަށް ނިންމައިފިއެވެ.

އިބްރާހިމް އަބޫބަކުރު މި ނިންމުން ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާފަންނު ހުޅަނގު ދާއިރާގައި ކުރިއަށްގެންދެވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ.

Ad
d

މި ނިންމުން ހާމަކުރަމުން އޭނާ ވިދާޅުވެފައި ވަނީ ޕާޓީއަށް ގެއްލުންވާނެ އެއްވެސް ކަމެއް އޭނާ ނުކުރަށްވާނެ ކަމަށާއި، އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމެވީ ކަމަށެވެ.

މާފަންނު ހުޅަނގު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މުޙައްމަދު ޢަރީޝްއަކީ މިހާރު މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.

އިބްރާހިމް އަބޫބަކުރަކީ ހިނގަމުންދާ ކައުންސިލް ދައުރުގައި މާފަންނު ހުޅަނގު ދާއިރާ ތަމްސީލް ކުރަށްވަމުން ގެންދަވާ ކައުންސިލަރެވެ.

އިބްރާހިމް ގެ މި ނިންމެވުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ފާހަގަކުރެއްވި ގޮތުގައި އިބްރާހިމް އަބޫބަކުރާއި މުޙައްމަދު ޢަރީޝްއަކީވެސް އެމަނިކުފާނު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވިއިރު، އެމަނިކުފާނާ އެކު ވަރަށް ގާތުން މަސައްކަތްކުރެއްވި ދެ ކައުންސިލަރުންނެވެ.

Ad
df