މުދާ އުފުލާ ދޯންޏެއް ބަންޑުންޖަހާލައި މިއަދު ހިނގި ހާދިސާގައި ގެއްލުނު ދިވެހި މީހާ ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ކ. ވާދޫ ކައިރިން ހަތަރު މީހުންނާއެކު ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ބަންޑުން ޖަހާލައި، އޭގެއިން ދަތުރުކުރި ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަކަމަށް ފުލުހުން ބުނީ މިއަދު ހެނދުނުއެވެ.

Ad
d

ފުލުހުން މައުލޫމާތު ދިން ގޮތުގައި "ބަލްމާ 6" ނަމަކަށް ކިޔާ މި ދޯނި ބަންޑުން ޖަހާލި ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 07:27 ހާއިރުއެވެ.

މި ހާދިސާ ހިނގިއިރު ދޯނީގައި ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހަކު ވަނީ އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏަކަށް ނަގާފައެވެ.

Ad
df

މި ހާދިސާގައި ގެއްލިގެން ހޯދަމުން އައީ ދިވެއްސަކާއި ބިދޭސީ އެކެވެ. އެއިގެ ތެރެއިން ދިވެހި މީހާގެ ހަށިގަނޑު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.