އަހަރުތަކެއް ކުރިން ހޮސްޕިޓަލްތަކުން ފެނުނު ސުޕާބަގް އިންޑިއާގެ ރަށަކުން ފެނިއްޖެ
މީގެ އަހަރުތަކެއް ކުރިން ދުނިޔޭގެ އެކި ގައުމުތަކުގެ ހޮސްޕިޓަލުތަކުން ފެނުނު ނުރައްކާތެރި “ސުޕާ ބަގް” އިންޑިއާގެ ވަކިން އޮންނަ ކުޑަ ރަށެއްގެ ގޮނޑުދޮށުން ފެނިއްޖެއެވެ. މި ނުރައްކާތެރި ފަންގަސް އެންމެ ފުރަތަމަ ފެނުނީ ޖަޕާނުންނެވެ. އެއީ 2009ގަ އެވެ. އެއަށްފަހު ދުނިޔޭގެ އެކި ގައުމުތަކުގައި މި ފަންގަސް ވަނީ ފެނިފައެވެ. ނަމަވެސް އެއީ ކިހިނެތް އިންސާނުންނަށް ފެތުރޭ އެއްޗެއްކަން އޮތީ ނޭނގިއެވެ. މި ފެނުނު އާ ހެކިތަކާއެކު މި ފަންގަސްއާ ގުޅޭގޮތުން ކުރަމުން އައި ދިރާސާތަކަށް އިތުރު […]