އެސްޓީއޯއިން އަނެއްކާވެސް ފުޑް ކޯޓުގެ ޔުނިޓުތަކެއް ކުއްޔަށް ދޭން ހުޅުވާލައިފިއެވެ.
މިފަހަރު އެ ކުންފުނިން ހުޅުވާލައިފައި ވަނީ ކެފޭ/ ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން ހިންގުމަށެވެ.
އެ ކުންފުނިން ކުރި އިއުލާނުގައި ބުނެފައިވާ ގޮތުގައި ކުއްޔަށް ދޫކުރަނީ ދެވަނަ ޔުނިޓާއި 23 އަދި 26 ވަނަ ޔުނިޓެވެ. މީގެ ތެރެއިން ދެވަނަ ޔުނިޓުގައި 960 އަކަފޫޓުހުންނައިރު 23 ވަނަ ޔުނިޓުގައި 1660 އަކަ ފޫޓު އަދި 26 ވަނަ ޔުނިޓުގައި 1260 އަކަ ފޫޓު ހުންނާނެއެވެ.
މި ޔުނިޓުތައް ކުއްޔަށް ދޫކުރަނީ އަކަފޫޓެއް 39ރ.ގެ ރޭޓުންނެވެ. މި ޔުނިޓުތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ ހޯމަ ދުވަހުގެ މެންދުރު 2:00އާ ހަމައަށްވަނީ ހުޅުވާލައިފައެވެ.
މި ފުރުސަތުގެ ދަށުން ކޮންމެ ބަޔަކަށް ވެސް ގިނަވެގެން ދެ ޔުނިޓަށް ޕްރޮޕޯސަލް ހުށަހެޅޭނެއެވެ.
ފުޑް ކޯޓުގެ ޔުނިޓުތަކަށް ބޭނުންވާ ފަރުނީޗަރު ފޯރުކޮށްދޭނީ އެސްޓީއޯއިންނެވެ. އެހެންކަމުން އަމިއްލަ ފަރުނީޗަރު ގެނައުން މަނާވާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!