ރާއްޖޭގެ އެންމެ އުތުރުން އިހަވަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ޓްރާންސްޝިޕްމަންޓް ބަނދަރެއް (ޕޯޓް) ހަދަން ބަޔަކު ހޯދަން އިކޮނޮމިން މިނިސްޓްރީން އިއުލާން ކޮށްފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ މި މަޝްރޫއުގެ ދަށުން ހަދާ ބަނދަރަކީ ދުނިޔޭގެ އެންމެ ބޮޑެތި ކޮންޓެއިނަރު ބޯޓުފަހަރުތަކަށް ހިދުމަތްދިނުމުގެ ގާބިލުކަން ލިބިފައިވާ ބަނދަރަކަށް ވާނެ ކަމަށެވެ. އެގޮތުން އަހަރެއްގެ މައްޗަށް މި ޕޯޓުބް 1.8 މިލިއަން ކޮންޓެއިނަރު ހޭންޑަލް ކުރެވޭނެ ކަމަށް އެ ބަޔާނުގައިވަނީ ބުނެފައެވެ.
މި މަޝްރޫގެ ދަށުން 900 މީޓަރުގެ މަގަތު ފާލަމެއް ހަދާނެއެވެ. މިފާލަމަކީ ހއ. ހޯރަފުއްޓާއި ގުޅުވާލެވިފައިވާ ފާލަމެކެވެ. މި މަޝްރޫއަށް 466 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ބޭނުންވާނެ ކަމަށް އިކޮނޮމިކްމިނިސްޓްރީން ބުނެއެވެ.
މި ޕޯޓު ތަރައްގީ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 2:00ގެ ކުރިން އެކަން ފިނޭންސް މިނިސްޓްރީ އަށް އަންގަންޖެހޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތިން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރު ކުރުމުގައި މައިގަނޑު ރޫޓެއް ކަމަށްވާއިރު މިއީ މި ޕޯޓުހަދަން އެންމެ ރަނގަޅު ސަރަހައްދު ކަމަށެވެ. އަދި މީގެ ސަބަބުން މި ސަރަހައްދުގެ އެހެން ބައިނަލްއަގުވާމީ ޕޯޓުތަކާއި ރާއްޖެއަށް ވާދަ ކުރެވޭނެ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށްވެސް ފައިދާ ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ. އެގޮތުން، މި ޕޯޓާއެކު ރާއްޖޭގެ އުތުރުގައި އގްތިސާދީވަރުގަދަ ވިޔަފާރި ހަބެއް ގާއިމް ކުރެވޭނެއެވެ. މިއާއެކު އެހެން ސިނާއަތްތަކަށް ފުރުސަތު ހުޅުވާލެވި ދިވެހިންނަށް އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށް ވެސްއިކޮނޮމިކް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކުރީ ސަކާރުންވެސް “އައިހެވަން” ގެ ނަމުގައި އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް މަޝްރޫއެއް ކުރިއަށްގެން ނިންމިއެވެ. އެ މަޝްރޫއު ބަޔަކާ ހަވާލު ކުރިނަމަވެސް އެމަޝްރޫއުގެ މަސައްކަތް އޮތީ މެދުކެނޑިފައެވެ.
ޓްރާންޝިޕްމެންޓް ބަނދަރު ތަރައްޤީކުރުމަށް ރޭވިފައިވާ އިހަވަންދިއްޕޮޅަކީ ދުނިޔޭގެ އިރުމަތީ ބިތުން ފެށިގެން ހުޅަނގަށް ބޯޓުފަހަރު ދަތުރުކުރާ މައިގަނޑު ޝިޕިން ރޫޓްތަކާއި ވަރަށް ކައިރި ސަރަޙައްދެކެވެ. އެހެންކަމުން މި ސަރަޙައްދަކީ މިފަދަ ބަނދަރެއް ޤާއިމްކުރުމަށް އެކަށީގެންވާ ސަރަޙައްދެއްކަމުގައި މިކަމާ ގުޅޭގޮތުން ކޮށްފައިވާ ދިރާސާތަކުން ދައްކާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އިކޮނަމިކް މިނިސްޓްރީން ވިދާޅުވީ މި މަޝްރޫޢުއަކީ ދުނިޔޭގެ ބޮޑެތި ކޮންޓެއިނަރ ޓަރމިނަލް އޮޕަރޭޓަރުންނާއި ޝިޕިން ލައިންތަކުން ދެކުނު އޭޝިއާ ސަރަޙައްދުގައި އެ ފަރާތްތަކުގެ އޮޕަރޭޝަންތައް ފުޅާކުރުމަށާއި މި ސަރަހައްދުގެ އެހެނިހެން ޓްރާންޝިޕްމަންޓް ބަނދަރުތަކާ ވާދަކުރުމަށް ހުޅުވިގެންދާ ފުރުޞަތެއްކަމަށެވެ.

މި މަޝްރޫއު ކާމިޔާބުކަމާއެކީ ތަންފީޒްކުރެވިއްޖެނަމަ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށާއި އިޤްތިޞާދީ ތަރައްޤީ ލާމަރުކަޒުކުރުމުގެ ސިޔާސަތުގެ ދަށުން ރާއްޖޭގެ އުތުރުގައި އިޤްތިޞާދީ ވަރުގަދަ ހަބެއް ޤާއިމްކުރެވިގެންދާނެކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރަށް ތަފާތު އެހެނިހެން ސިނާއަތްތައް ފުޅާކުރުމަށް ފުރުޞަތު ހުޅުވި އެތައް ދިވެހިންނަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިވެގެންދާނެތީވެ މިމަޝްރޫއު ކުރިއަށް ގެންދިޔުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!