ވ. ފެލިދޫގައި ހަދާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.

މިއީ ސްޓެލްކޯއިން އެ ރަށުގައި އަޅާ އިންޖީނުގެއެކެވެ. މި އިންޖީނުގެ ރާއްޖޭގައި އަޅާ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެތަކުގެ ތެރޭގައި ހިމެނޭނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

Ad
rt

އެ ރަށުގެ މިހާރުގެ އިންޖީނުގެ ހުންނަނީ މީހުން ދިރިއުޅޭ ސަރައްދުގައެވެ. އެހެންކަމުން އާއްމުންނަށް ދަތިތަކާ ދިމާވާތީ އާ އިންޖީންގެ ހަދަން ބިންގާ އަޅާފައިވަނީމީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައެވެ.

ހަތަރު މެގަވޮޓުގެ މި އިންޖީނުގެއާއެކު ކަސްޓަމާ ސާވިސް އިމާރާތެއްވެސް ހަދާނެއެވެ. މިހާރި އެ ރަށުގައި ހުންނަނީ 670 ކިލޯވޮޓުގެ އިންޖީނުގެއެކެވެ.

އާ އިންޖީނު ގޭގެ ކަސްޓަމާ ސާވިސް އިމާރާތުގެ ތިރި ބޭނުން ކުރާނީ ކަސްޓަމަރުންނަށް ހިދުމަތް ދިބުމަށެވެ. އަދި ފުރަތަމަ ފަންގިފިލާ ބޭނުން ކުރާނީމުވައްޒަފުންނަށް އޮންލައިން ޓްރެއިނިން ދިނުމަށާއި ބައްދަލުވުންތަކަށް ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން ކޯވިޑު ދުވަސްވަރު މުވައްޒަފުން އޮފީހުގައި ލޮކްޑައުންވެ ތިބެގެން ހިދުމަތް ދޭން ޖެހުމުން އެފަދަ ހަލަތެއްގައި މުވައްޒަފުން ލޮކްޑައުންގައި ތިބުމަށް ދެވަނަފަންގިފިލާ ވަނީ ހާއްސަކޮށްފައެވެ.

މިއަދު ހެނދުނު ވ. ފެލިދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އަޅުއްވާދިނުމުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސްއޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންފައިވެއެވެ.

މި އާ އިންޖީނުގެއާއިއެކު ފެލިދޫގެ އުމްރާނީ ތަރައްގީއަށް ކުރިއެރުން ލިބިގެންދާނެކަމަށް ސްޓެލްކޯއިން އުންމީދުކުރެއެވެ.