މިހާތަނަށް ކ. ކާށިދޫއިން 1700 ޓަނުގެ ކުނި ނައްތާލާފައިވާ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މި މަސައްކަތް ނިންމާލައިފައިވަނީ 14 ދުވަހުން ކަމަށެވެ. މި މުއްދަތުގައި ކުނި އެއްކޮށްފައިވާ ސަރަހައްދު ސާފު ކުރުމާއި ބިން އެއްވަރު ކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ވަނީ ކޮށްފައެވެ.

Ad
rt

މިއީ ރާއްޖޭގެ ރަށްތަށް ސާފު ކުރުމަށް ސަރުކާރުން ފެށި ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަސައްކަތް ފުވައްމުލަކާއި ކުޅުދުއްފުށި ސިޓިގައިވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ވެމްކޯއިން ދަނީ ރަށްރަށުގައި އެއްކޮށްފައި ހުރި ކުނި ނައްތާލުމުގެ އިތުރުން ކުނި މެނޭޖު ކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ބައެއް ރަށްރަށުގައިމިހާރު ހުރި ކުނި މެނޭޖްމަންޓް ސިސްޓަމްތައް ބަލައި ޗެކްކުރުމުގެ މަސައްކަތްވެސް އެ ކުންފުނިން ދަނީ ކުރަމުންނެވެ.