ފެނުގެ ދުވަހާ ގުޅިގެން އައިބީއެމުން ފިޔަވައްޗަށް ފެން ހަދިޔާ ކޮށްފި
ފެނުގެ ދުވަހާ ގުޅިގެން އައިލެންޑް ބެވަރެޖަސް މޯލްޑިވްސް (އައިބީއެމް) އިން ފިޔަވައްޗަށް ބޯ ފެން ހަދިޔާ ކޮށްފިއެވެ. ފެން ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި ހަދިޔާ ހަވާލުކޮށްދެއްވީ އައިބީއެމްގެ ޗެއާމަން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހެވެ. އަދިޖެންޑާ މިނިސްޓްރީގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޒިފްލީން ހަސަނެވެ. މި ރަސްމިއްޔާތުގައި އައިބީއެމްގެ ޖެނެރަލް މެނޭޖަރު އަލީ އާޒިމް އާއި އެ ކުންފުނީގެ ދެ އެމްބެސެޑަރުން ބައިވެރިވެލ...