ތިލަދުންމަތި މުރައިދޫގެ ފެނުގެ މަޝްރޫއަށް ބޭނުންވާ ތަކެތި ރައްކާ ކުރާ ސައިޓު ހެދުމުގެ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިންނެވެ. މިއީ ސަރުކާރުން ރަށްރަށުގައި ފެނާއި ނަރުދަމާގެއަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢޫތަކުގެ ތެރެެއިން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މުރައިދޫގެ އިތުރުން ހއ. ވަށަފަރުގެ ފެނުގެ ނިޒާމުގެ މަސައްކަތް ފެށުމަށް އެމްޑަބްލިއުއެސްސީން އަންނަނީ ތައްޔާރުވަމުންނެވެ. އެ ރަށުގެ ސްޓީރެޖުގެ މަސައްކަތްމިދިޔަ ހަފުތާގައި ވަނީ ފަށައިފައެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކެއްގެ ފެނުގެ ނިޒާމުގެ މަސައްކަތް އެމްޑަބްލިއުއެސްސީއާ ވަނީ ހަވާލުކޮށްފައެވެ. މީގެ ތެރޭގައި ރ. ކިނޮޅަހާއި ރ. ފައިނު އަދި ބ. މާޅޮހާއިބ. ކަމަދޫ ވެސް ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!