ޑިޖިޓަލް ފައިސާ ނުވަތަ ކްރިޕްޓޯ ކަރަންސީ ގެންގުޅުމާއި ބޭނުން ކުރުމަކީ މަނާ ކަމަށް ހަދަން އިންޑިއިއާއިން ގާނޫނެއް ހަދަން އުޅޭ ކަމަށް ބޭރިގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

އިންޑިއާގެ ބައެއް މީޑިއާތަކުން ބުނެފައިވާ ގޮތުގައި މި ގާނޫނުގެ އިންޑިއާގެ ޑްރާފްޓެއްް ހަދައި ގާނޫނު ހަދާ މަޖިލީހަށް އެ ބިލް ހުށަހަޅަން ވަނީ ތައްޔާރުވެފައެވެ. މި ބިލުފާސްވުމާއެކު އިންޑިއާގައި ކްރިޕްޓޯ ކަރަންސީއާ ގުޅުން ހުރި އެއްވެސް މުއާމާތެއް ހިންގުން ގާނޫނީ ގޮތުން މަނާވާނެއެވެ.

Ad
rt

އިންޑިއާގައި މިހާރުވެސް ކްރިޕްޓޯ ކަރަންސީ ބޭނުން ކުރެއެވެ. އެހެންކަމުން އޭގެ މުއާމަލާތް ކުރާ މީހުންނަށް ގެއްލުން ވިޔަ ނުދިނުމަށް މި ގާނޫނު ހެދުމަށްފަހު އެބައެއްގެ އަތުގައި ހުރި ފައިސާ ލިކުއިޑޭޓް ކުރުމަށް ހަ މަހުގެ މުއްދަތެއް ދޭނެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި މި ގާނޫނާއެކު ކްރިޕްޓޯ ކަރަންސީގެ މުއާމަލާތް ކުރާ މީހުންނަށް މަދުވެގެން 10 އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

އިންޑިއާއިން މި ގާނޫނު ހަދަނީ އަމިއްލަ ޑިޖިޓަލް ފައިސާއެއް އުފެއްދުމުގެ މަގުސަދުގައި ކަމަާްވެސް މީޑިއާ ރިޕޯޓުތަކުން ބުނެއެވެ. އެ ގައުމުން އަންނަނީ ބޭރު ގައުމުތަކުންއުފައްދާ އެކި ޑިޖިޓަލް ޕްލެޓްފޯމުތައްވެސް ބޭންކޮށް އަމިއްލަ ތަކެތި އުފައްދަމުންނެވެ. އެގޮތުން، ޕަބްޖީ ބޭންކޮށް ފައުޖީގެ ނަމުގައި ގޭމެއްވެސް ތައާރަފު ކުރިއެވެ. އަދިޓިކޮޓޮކްގެ ބަދަލުގައި އިންޑިއާގައި ތަފާތު އެޕްތައް މިހާރުވެސް އަންނަނީ ހަދަމުންނެވެ.

ޑިޖިޓަލް ފައިސާގެ ބާވަތްތަކަކީ މިހާރު ދުނިޔޭގެ ބޮޑެތި ގައުމުތަކުގައި ގަބޫލު ކުރާ ފައިސާއެކެވެ. އަދި މަޝްހޫރު ކުންފުނިތަކުންވެސް ފައިސާގެ ބަދަލުގައި ޑިޖިޓަލް ފައިސާބަލައިގަނެއެވެ. އެގޮތުން، ދުނިޔޭގެ އެންމެ ބޮޑު އެއް ކުންފުނި، އެޕަލް އިންވެސް ވަނީ ޑިޖިޓަލް ފައިސާ ބަލައިގަންނަން ނިންމާފައެވެ.