އއ. އުކުޅަހުގައި ސްޓެލްކޯއިން ތަރައްގީ ކުރާ އާ އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީއާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.
ސްޓެލްކޯއިން ބުނީ އުކުޅަހަކީ ލޯކަލް ޓޫރިޒަން ދާއިރާގައި ކުރިއަރަމުން އަންނަ ރަށަކަށް ވާއިރު މިހާރުވެސް އެ ރަށުގައި އެކި ފަންތީގެ ގެސްޓްހައުސްތައް އިމާރާތްކުރަމުން އަންނަ ކަމަށެވެ. އެއާއެކު އެ ގެސްޓްހައުސްތަކަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށާއި، ހިދުމަތް ދިނުމުގައި ދަތިތަކާ ދިމާވާ ކަމަށް އެ ކުންފުނިންބުންޏެވެ.
މި މައްސަލަތައް ހައްލު ކުރުމުގެ ގޮތުން އެ ރަށުގައި މިހާރު ގުރި 812 ކިލޯވިޓުގެ އިންޖީނު ގޭގެ ބަދަލުގައި ހަތަރު މެގަވޮޓުގެ އިންޖީނުގެއެއް އަޅަން ވަނީ ނިންމައިފައެވެ.
މި އިންޖީނުގެ ވެގެންދާނީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮއްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެ އިންޖީނުގެއަކަށް ކަމަށްސްޓެލްކޯއިން ބުންޏެވެ. އަދި އިތުރު ސަލާމަތީ ހިދުމަތްތަކާއެކު، ވެންޓިލޭޝަން ރަނގަޅުކޮށް، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރު ރަނގަޅު ތަނަކަށް އެ އިންޖީނުގެ ވާނެއެވެ.
ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮށްލާނެ ޒަމާނީ 4 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެ އައު އިންޖީނުގެއެއްގެ ބިންގާ ހުކުރުދުވަހު ވަނީ އއ. އުކުޅަހުގައި އަޅާފައި. މި އިންޖީނުގެ ވެގެންދާނީ އުކުޅަހަށް އަންނަމުންދާ ތަރައްގީގެ މުހިއްމު ބައިވެރިއަކަށް. pic.twitter.com/PCWayPPngE
— STELCO (@STELCOMALDIVES) March 20, 2021
މީގެ އިތުރުން މި އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!