އުރީދޫގެ މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ސާމާނު ގަތުމުން ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް ހިލޭ ޑެލިވަރީގެ ހިދުމަތް ދޭނެ ކަމަށް އުރީދޫ އިން ބުނެފިއެވެ.
އެ ކުންފުނިން ބުނީ ރޯދަމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބަޔަކު ވިޔަފާރިކުރަން ބޭނުންވާނެ ކަމަށާއި ކޮވިޑް-19 އާއި ގުޅިގެން ދަތުރުފަތުރު ކުރުމަށް ދަތިތަކަކާއިކުރިމަތިމަތިވެފައިވާ މި ދަނޑިވަޅުގައި މޫލީ މެދުވެރިކޮށް ރޯދައަށް ބޭނުންވާ ސާމާނު ފަސޭހަކާމާއެކު ގަނެލެވޭނެ ކަމަށެވެ.
އުރީދޫ އިން ވަނީ މޫލީގައި ރޯދައަށް ހާއްސަ ސެކްޝަނެއްވެސް ހަދާފައެވެ.
"ރޯދަ އެސެންޝިއަލްސް" ގެ ގޮތުގައި ހަދާފައިވާ މި ބަޔަށް ވަދެގެން ބޭނުންވާ ކެޓެގަރީއަކުން ސާމާނު ގަނެލެވޭނެއެވެ.
ރޯދައަށް ހާއްސަ މި އާ ސެކްޝަންގައި ބާބަކިއު ގްރިލް އާއި އިލެކްޓްރިކް ގްރިލް އާއި އަވަން އާއި ރައިސް ކުކަރާއި ކޮފީ މޭކާ އަދި ޕޮކެޓް ރޭޑިއޯ އާއި އިސްތިރި ފަދަ އެތަކެއްސާމާނެއް ލިބެން ހުންނާނެއެވެ.
މޫލީގެ ޕާޓްނަރުންނާއެކީ އުރީދޫ އިން އަންނަނީ ދަނީ ޑެލިވަރީ ޓީމް އަދި ކަސްޓަމަރުންގެ ރައްކާތެރިކަމަށް އެންމެ އިސްކަމެއްދީގެން އެޗްޕީއޭގެ އިރުޝާދުތަކާއިއެއްގޮތަށް މަސައްކަތް ކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!