ޗައިނާގެ ވެރިރަށް ބެއިޖިންއަށް ހިރަފުހުގެ ތޫފާނެއް އަތުވެއްޖެ އެވެ.

މި ތޫފާނުގެ ސަބަބުން އެ ސިޓީގެ އުޑުމަތި އެއްކޮށްވަނީ އޮރެންޖު ކުލައަށް ބަދަލުވެފައެވެ. ކުރިން އެ ގައުމުން ގަބޫލު ކުރީ މިއީ ވެލީގެ ތޫފާނެއް ކަމަށެވެ. ނަމަވެސް ސައިންސްވެރިން ވަނީ މިއީ ހިރަފުހުގެ ތާފާނެއް ކަން ކަށަވަރު ކޮށްދީފައެވެ.

Ad
rt

ސައިންސްވެރިން ބުނާ ގޮތުގައި ވެލީގެ ތޫފާނަށްވުރެ ހިރަފުހުގެ ތޫފާނުގެ ސަބަބުން އިންސާނުންނަށް ލިބޭ ގެއްލުން އެތައް ގުނައަކަށް ބޮޑެވެ. އެގޮތުން ވެލި ލޮލަށާއި އަނގަޔަށް އަދި ކަންފަތަށް އެޅުނު ނަމަވެސް ފަސޭހައިން ސާފު ކުރެވޭއިރު ހިރަފުހަކީ ކުދި ޕާޓިކަލްތައް ކަމުން ސީދާ ފުއްޕާމެއަށް ދާނެ ކަމަށް އެ ފަރާތްތަކުންބުނެއެވެ.

މީގެ އިތުރުން މިއީ ކުދި ޕާޓިކަލްތައް ކަމުން ވަޔާއެކު ވެލި ދާ ހިސާބަށްވުރެ ދުރަށް ހިރަފުސް ފޯރާނެއެވެ. އެހެންކަމުން ޗައިނާގެ އެހެން ސަރަހައްދުތަަށްވެސް މިތޫފާނުގެ އަސަރު ކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.

ހިރަފުހުގެ ތޫފާނަކީ ވަރަށް ގިނައިން ޗައިނާއަށް އަންނަ ތޫފާނެކެވެެ.

ދިރާސާތަކުން ދައްކާގޮތުގައި ޗައިނާއަށް މިފަދަ ތޫފާން އެރުމުގައި މޫސުމަށް އަންނަ ބަދަލާއި އެ ގައުމުގެ އާބާދީ ބޮޑުވުން ހިމެނެއެވެ.