އދ. މަހިބަދޫގައި ހަދާ އާ އިންޖީނުގޭގެ ބިންގާ އަޅައިފި އެވެ.
އިއްޔެ މަހިބަދޫގައި އޮތް ހާއްސަ ރަސްމިއްޔާތުގައި އާއިންޖީނުގޭގެ ބިންގާ އަޅުއްވާދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ އަދި ރައީސް އޮފީހުގެމިނިސްޓަރ މުހައްމަދު ޝިފާޒް އާއި އެންސްޕާގެ ޑެޕިއުޓީ ސީއީއޯ ރުގިއްޔާ މުހައްމަދުއެވެ.
މިއީ ސްޓެލްކޯއިން އެ ރަށުގައި އަޅާ އިންޖީނުގެއެކެވެ. މި އިންޖީނުގެ އަޅަން ހަމަޖެހިފައިވަނީ މިހާރު އެ ރަށުގެ އިންޖީނުގެ ހުރި ތަނުގައެވެ.
މި އިންޖީނުގެ އެޅުމަށް މިހާރު ހުރި އިންޖީނުގެ ތަޅާލަން ޖެހޭނެއެވެ. އެހެންކަމުން އެ އިންޖީނުގެ ވަގުތީ ގޮތުން އެހެން ތަނަކަށް ބަދަލު ކުރަން ވަނީ ނިންމައިފައެވެ.
އދ. މަހިބަދޫގައި އަޅާ އައު އިންޖީނުގޭގެ ބިންގާ މިއަދު ވަނީ އަޅާފައި. މި އިންޖީނުގެއަކީ 5 މެގަވޮޓްގެ ކެޕޭސިޓީއެއް ބިލްޑް ކުރެވޭ ގޮތަށް އެޅުމަށް ހަމަޖެހިފައިވާ ރާއްޖޭގައި އަޅާ އެންމެ ފެންވަރުގެ ޒަމާނީ އިންޖީނުގެތަކުގެ ތެރޭގައި ހިމެނިގެންދާނެ ތަނެއް. pic.twitter.com/bfuiiFgrW4
— STELCO (@STELCOMALDIVES) March 17, 2021
އަލަށް އިމާރާތް ކުރާ އިންޖީނުގެއަކީ ފަސް މެގަވޮޓުގެ ކެޕޭސިޓީގައި ހިދުމަތް ދެވޭ އިންޖީނުގެއަކަށެވެ. މި އިންޖީނުގެ ރާއްޖޭގައި އަޅާ އެންމެ ފެންވަރުގެ ޒަމާނީ،އިންޖީނުގެތަކުގެ ތެރޭގައި ހިމެނިގެންދާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.
މިއިންޖީނުގެ ވެގެން ދާނީ އަޑު މަޑު، ތިމާވެއްޓާ ރައްޓެހި އިންޖީނުގެއަކަށް ކަމަށް ސްޓެލްކޯއިން މައުލޫމާތު ދީފައިވެއެވެ. މިގޮތުން އިންޖީނުގޭގެ އިމާރާތުގައި ސޯލާޕެނަލްހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!