ކޯވިޑް-19އާ ގުޅިގެން ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) މެދުވެރިކޮށް ހަރަދުތައް ކޮށްފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓު ޕޮލިސީތަކާއި ގައިޑުލައިންތަކާއެއްގޮތަށްކަމަށް އޮޑިޓް އޮފީހުން ބުނެފިއެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި މިނިސްޓްރީ އޮފް ފިނޭންސްއިން އެދިގެން ކުރި އޮޑިޓެކެވެ.

Ad
rt

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކަށް އެހީތެރިވުމަށް ދައުލަތުގެ މުއައްސަސާތައް ގުޅިގެން އެކުލަވާލި ނެޝަނަލް ހެލްތުރިކުއަމަންޓް ލިސްޓަށް ބޭނުންވާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސް އާއި ފެސިލިޓީތައް އިމާރާތް ކުރުމަށް ބޭނުންކުރާ ތަކެއްޗާއި، ގޭބީސީ ތަކަށްކޮންމެހެން ބޭނުންވާނެ ކާނާގެ ބާވަތްތައް ހޯދުމުގެ މަސައްކަތް ކޮށްފައިވަނީ އެސްޓީއޯ މެދުވެރިކޮށެވެ. ކޮވިޑާ ގުޅިގެން އެސްޓީއޯ މެދުވެރިކޮށް ކުރި ޚަރަދުތަކުގެ ޖުމްލައަދަދު 490 މިލިއަން ރުފިޔާ އަށް އަރައެވެ.

"މެޑިކަލް ފެސިލިޓީތަކަށާ، ބިދޭސީން ބޭތިއްބުމަށް ތައްޔާރުކުރެވުނު ފެސިލިޓީތަކަށް ބޭނުންވާ މުދަލާއި ތަކެތި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން އޯޑަރުކުރުމުން، އެ ތަކެތި ހޯދައި އެ ތަންތަނަށް ފޯރުކޮށްދިނުމުގައި މައިގަނޑުގޮތެއްގައި އެސްޓީއޯގެ ޕްރޮކިއުމަންޓު ޕޮލިސީތަކާ ގައިޑުލައިންތަކާ އެއްގޮތަށް އަމަލުކޮށްފައިވާކަންފާހަގަކުރެވުން" އޮޑިޓް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި އެސްޓީއޯއިން ވަނީ އާއްމުންގެ ގޭގެއަށް ބޭސް ފޯރުކޮށްދިނުންފަދަ އެ ކުންފުނިން އާއްމުކޮށް ނުދޭ އެތައް ހިދުމަތްތަކެއްވެސް ދީފައެވެ.

އެސްޓީއޯގެ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު މާލީ ރިޕޯޓަށް ބަލާއިރު އެ ކުންފުންނިން ވަނީ ހިންގުމުގެ ޚަރަދު ކުޑަކޮށް ކޮންމެ އަހަރަކުވެސް ފައިދާއިތުރުކޮށްފައެވެ.