އުރީދޫ މޯލްޑިވްސް އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް ޑޭޓާ ސެންޓަރެއް ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުއްވައިދެއްވީ އުރީދޫގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ނަޖީބް ޚާން އާއި އެ ކުންފުނީގެ ޗީފް ޓެކްނޮލަޖީ އޮފިސަރު އެމްއެސް ތަންވަރުއެެވެ.
އުރީދޫގެ ސީއީއޯ ނަޖީބް ޚާން ވިދާޅުވީ މިއީ ޓިޔާ ތްރީގެ ޑޭޓާ ސެންޓަރެއް ކަމަށެވެ. އެގޮތުން މި ސެންޓަރުން ކަރަންޓު ދިޔަ ނަމަވެސް 14 ދުވަހު އަމިއްލައަށްކަރަންޓު ދެވޭ ކެޕޭސިޓީއެއް އެ ސެންޓަރުގައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ
މި ސެންޓަރު ގައިމްކޮށްފައިވަނީ ބިންހެލުމާއި ސުނާމީ ފަދަ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަވާނެ ގޮތަށެވެ. ކޮންމެ ފްލޯ އަކީ ހަތެއް ނޫނީ އަށް މީޓަރުގެ އުސްމިނުގެފްލޯތަކެކެވެ. އަދި ފެންބޮޑުވުން ފަދަ ހާދިސާތަކުގައި ލިބޭ ގެއްލުން ކުޑަވާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މި ޑޭޓާ ސެންޓަރާއެކު ރާއްޖޭގައި ހިންގާ ވެބްސައިޓުތައް ރާއްޖޭގައި ހޯސްޓު ކުރުމުގެ ފުރުސަތު ފަހިވާނެެ ކަމަށް ނަޖީބު ޚާން އިން ބުންޏެވެ. މީގެ އިތުރުން އެހެންގައުމުތަކުގެ ވިޔަފާރިތަކަށް ވެސް ރާއްޖޭގައި އެމީހުންގެ ވިޔަފާރިވެބްސައިޓް ހޯސްޓު ކުރުމަށް ފުރުސަތު އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
Introducing the first ever tier-3 certification ready Data Centre in the Maldives. Ooredoo Maldives Data Center (OMDC) is a state-of-the-art data centre which would power Maldivian & regional businesses a quick and easy transition to new technologies. pic.twitter.com/Jvxkmpk347
— Ooredoo Maldives (@OoredooMaldives) March 18, 2021
"ކްލައުޑް ކޮމްޕިޔުޓިން އަށް އޮންނަ ޑިމާންޑު، ޑޭޓާ އެލަނިޓިކްސް، އިންފްރާސްޓްރަކްޗާ ގެ މުހިއްމުކަން މިދަނީ އިތުރުވަމުން. އަމިއްލަ ޑޭޓާ ސެންޓަރުތައް ގެންގުޅުމަކީސަރުކާރަށްވެސް، ވިޔަފާރިތަކަށްވެސް އަދި ރިސޯޓުތަކަށްވެސް ބޮޑު ހަރަދަކަށް ވާނެ. މިފަދަ ފެސިލިޓީއަކާއެކު ކުދި އަދި ބޮޑެތި ވިޔަފާރިތަކަށްވެސް އެ ބައެއްގެވެބްސައިޓު ނުވަތަ އެޕްލިކޭޝަން ހޮސްޓު ކުރުމުގެ ފުރުސަތު އޮންނާނެ،" ނަޖީބް ޚާން ވިދާޅުވި އެވެ.
އުރީދޫ މޯލްޑިވްސްއިން އަންނަނީ އެކުންފުނީގެ ކަސްޓަމަރުންނަށް ލުއިފަސޭހަކަން ލިބޭނެ މަގުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!