މުލަކު މަސް ބަނދަރުގެ މަސައްކަތް ފަށައިފި
މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އާއި އެރަށުގައި ތަރައްގީކުރާ މިފްކޯ މަސް ބަނދަރު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ. މުލަކުގަައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުތައް ފައްޓާވައިދެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނަސީރެވެ. މިރަސްމިއްޔާތުގައި އެމްޓީސީސީގެ އިސްވެރިންނާއި މުލަކުގެ ކައުންސިލުގެ ރައީސް މުހައްމަދު އިބްރާހިމް އާއި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ. މުލަށް...