ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ސަންފޯޑް ބްރޭންޑުގެ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މިއަދު ފެށި މި ޕްރޮމޯޝަންގެ ދަށުން އެސްޓީއޯއިން ސަންފޯޑުގެ އުފެއްދުމަކަށް ހޭދަ ކުރާ ކޮންމެ 500ރ. އަކަށް ކޫޕަނެއް ލިބޭނެއެވެ. މި ޕްރޮމޯޝަން ކުރިއަށްދާ ވަކިމުއްދަތެއް އެސްޓީއީއޯއިން ހާމަ ކޮށްފައި ނުވެއެވެ.

Ad
rt

މި ޕްރޮމޯޝަން ކުރިޔަށް ގެންދާނީ މާލޭގައި ހުންނަ އެސްޓީއޯ ހޯމްއިމްޕްރޫވްމެންޓް ގައި އެކަންޏެވެ.

މި ޕްރޮމޮޝަނުގައި އިނާމުގެ ގޮތުގައި ވެސް ދޭނީ ސަންފޯޑް ބްރޭންޑުގެ ބާވަތްތަކެވެ.

އެސްޓީއޯއިން އަންނަނީ ހިޓާޗީ ބްރޭންޑްގެ އެއާ ކޮންޑިޝަނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފައެވެ.އެ ޕްރޮމޯޝަންގެ ދަށުން ގަންނަ ކޮންމެ އޭސީއަކާއެކީ ވަގުތުންއިނާމު ލިބެއެވެ.