އއ. މާޅޮސް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ފެށުމަށްޓަކައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފިއެވެ.

މިއަދު މާޅޮހުގައި ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމްއާއި އެމްޓީސީސީގެއިސްވެރިންނާއި،މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރާއި، މާޅޮސް ކައުންސިލްގެ ރައީސް އިސްމާއީލް ނަސީރު ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، 335,24 ކިއުބިކް މީޓަރު ކޮނުމާއި، 394 މީޓަރުގެ

ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 56 މީޓަރުގައި ގްރޮއިންސް ޖެހުމާއި، 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 1970 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަަށް ވަނީ ހަމަޖެހިފައެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން 10 ނޮވެމްބަރ 2020 ގައި މި އެމްޓީސީސީއާ ހަވާލު ކުރި މި މަޝްރޫޢުއަކީ 97.56 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫއި ނިންމުމަށް ހަމަޖެހިފައިވަނީ 360 ދުވަސްތެރޭގައެވެ.