ހދ. ހަނިމާދޫ މަގު ހެދުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް ނިމިއްޖެއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން އިއްޔެ ވަނީ އޭބީސީ ފަށަލަ އެޅުމުގެމަސައްކަތް ފަށައިފައެވެ. އަދި ތާރު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށޭނެ ކަމަށް އެ ކުންފުނިން ލަފާ ކުރެއެވެ.

Ad
rt

މި މަޝްރޫއު ނިމޭއިރު ފައިމަގުގައި ހިނގޭ ގޮތަށް 16،518 އަކަ މީޓަރުގެ ޕޭވްމަންޓެއް ހަދާނެ އެވެ. އަދި މަގުގައި ދުއްވޭ ގޮތަށް 38،916 އަކަ މީޓަރުގެ ސަރަހައްދެއްތަރައްގީކޮށް ފެންހިންދާ ނިޒާމެއް ގާއިމް ކުރާނެއެވެ.

އެމްޓީސީސީން ބުނީ މަޝްރޫއު ނިމޭއިރު 19,679.7 އަކަ މީޓަރުގެ ސަރަހައްދެއްގައި މަގުމަތީ ނިޝާން ހަރުކުރާނެ ކަމަށެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 46.7 މިލިއަން ރުފިޔާ އަށެވެ.