މޯލްޑިވްސް ވޯޓާ އެންޑް ސްވަރެޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ރ. ދުވާފަރުގައި ގާއިމް ކޮށްފައިވާ އައިސް ޕްލާންޓުން އައިސް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

މި ގެނެވުނު ހެޔޮ ބަދާލާއެކު، ޖީއެސްޓީ އާއެކު، ކުރިން 1،275ރ. އަށް ލިބުނު އައިސް ޓަނެއް މިހާރު 1،050ރ. އަށް ލިބޭނެއެވެ.

Ad
rt

އެމްޑަބްލިއުއެސްސީ އިން އައިސް ވިއްކާ އަގު ހެޔޮކުރީ ދުވާފަރާއި އަދި އެ ސަރަހައްދުގެ މަސްވެރިންގެ ބޭނުންތަކާއި ކަންބޮޑުވުންތަކަށް ރިއާޔަށްކޮށް ކަމަށް އެކުންފުނިން ބުންޏެވެ. އަދި މީގެ ސަބަބުން މަސްވެރިންނަށް ހެޔޮ އަގެއްގައި ލުއި ފަސޭހަ ކަމާއި އެކު އައިސް ލިބޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

އެ ކުންފުނިން ދުވާފަރުގައި އައިސްޕްލާންޓުގެ ހިދުމަތް ދޭން ފަށާފައިވަނީ 2013ވަނަ އަހަރުގައެވެ. މި ހިދުމަތް އެ ކުންފުނިން ދެނީ ވިޔަފާރިއަކަށް ވުރެ ބޮޑަށް އާއްމުހިދުމަތެއްގެ ގޮތުގައި ދެކިގެން ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީ އިން އަންނަނީ މަސްދޯނިތަކުގެ އޯޑަރަށް ދުވާފަރު އައިސް ޕްލާންޓުން ދުވާފަރު ބަނދަރު ސަރަހައްދަށް، އައިސް ގެންގޮސްދިނުމުގެ ހިދުމަތްވެސްފޯރުކޮށްދެމުންނެވެ. ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 އާއި ރޭގަނޑު 22:00 އާއި ދެމެދު ދުވާފަރު ކަސްޓަމަރ ސާރވިސް މެދުވެރިކޮށް އައިސް އަށް އޯޑަރކުރެވޭނެއެވެ. އަދި އެ ކުންފުނީގެ އައިސް ހޮޓްލައިން ނަމްބަރ 7999151 އަށް ގުޅައްވައިގެންވެސް އައިސް އަށް އޯޑަރުކުރެވޭނެއެވެ.