ޖޯޑަންގެ ޝާހީ އާއިލާގެ ތެރޭގައި ކޯޅުންގަނޑެއް އުފެދި ކުރީގެ ވަލީ އަހުދު ހަމްޒާ ބިން ހުސައިން ގޭބަންދުކޮށްފިއެވެ.

ހަމްޒާ މިކަން ހާމަ ކުރެއްވީ ވީޑިއޯ މެސެޖެއް އާއްމު ކުރައްވައެވެ. އެ މެސެޖުގައި އޭނާ ވަނީ ގައުމުގެ ވެރިންގެ ކޮރަޕްޝަނާއި ނާގާބިލްކަމުގެ ވާހަކަ ދައްކަވައިފައެވެ. ޕްރިންސްހަމްޒާ އެ އިޝާރާތް ކުރައްވާފައި ވަނީ އޭނާއާ އެއްބަފާ ބޭބެ އަބްދުﷲ ގެ ރަސްކަމަށެވެ.

Ad
rt

ހަމްޒާ ވިދާޅުވީ އޭނާ ބޭރަށް ދިއުން މަނާ ކަމަށާއި މީހުންނާއި ވާހަކަ ދެއްކުމާއި ބައްދަލު ކުރުން ވެސް މަނާކަމަށް އަސްކަރިއްޔާގެ އިސް ޖެނެރަލުން އަންގާފައިވާކަމަށެވެ. އެކަމަކު އެއްވެސް ކުށެއް ކުރައްވާފައި ނުވާނެ ކަމަށްއޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާރު ޖޯޑަން އޮތީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ގެއްލޭ ހިސާބުގައި ކަމަށްވެސް ހަމްޒާ ފާހަގަ ކުރެއްވިއެވެ.

ވަލީ އަހުދުކަން ޕްރިންސް ހަމްޒާގެ ކިބައިން ރަސްގެފާން ނެންގެވީ 2004 ވަނަ އަހަރު އެވެ. އޭރު އުމުރުން 24 އަހަރުގެ ޕްރިންސް ހަމްޒާ އަކީ ރަސްގެފާންހުސައިންއަށް ފަހު ރަސްކަމުގެ ތަހުތު ލިބޭނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ބޭފުޅާއެވެ. ނަމަވެސް ހުސައިން ރަސްގެފާން އަވަހާރިވި އިރު ޕްރިންސް ހަމްޒާ އަކީ މާ ހަގުއަދި ތަޖްރިބާ މަދު ބޭފުޅެއް ކަމަށް ވަނީ ނިންމައިފަ އެވެ.