Skip to main content

އިބްރާހިމް ޚަލީލް

Viewer
🇲🇻 ތިލަދުން Desk
3,613 Stories
283 Reads

Published on ތިލަދުން (Thiladhun) by އިބްރާހިމް ޚަލީލް

ހެޔޮއެދޭ ފަރާތަކުން ގޮއިދޫގައި ބިނާކުރާ އައު މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފި
Thiladhunmathi News

ހެޔޮއެދޭ ފަރާތަކުން ގޮއިދޫގައި ބިނާކުރާ އައު މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހެޔޮއެދޭ ފަރާތަކުން ށ.ގޮއިދޫގައި ބިނާކުރާ އައު މިސްކިތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. އެއްބަސްވުމުގައި ސޮއިކުރުމަށް މިދިޔަ ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ގޮއިދޫ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ އެ ރަށު ކައުންސިލްގެ ރައީސް އިބްރާހީމް ޝާހިދުއެވެ. ފިރިހެނުންނާއި އަންހެނުންގެ ނަމާދު ބައި އަދި ލައިބްރަރީ ހިމެނޭހެން އިމާރާތް ކުރާ މި މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 365 ދ...

ބައްތެއްޔެއް ސިފަވާ ފީވަކު ހާބަރ ކެފޭ ފެރީ ޓާމިނަލަށް ބޮޑު ސަމާލުކަމެއް
Thiladhunmathi News

ބައްތެއްޔެއް ސިފަވާ ފީވަކު ހާބަރ ކެފޭ ފެރީ ޓާމިނަލަށް ބޮޑު ސަމާލުކަމެއް

މިލަދުންމަޑުލު އުތުރުބުރީ ފީވަކު ކައުންސިލުން، އެ ރަށުގެ ބަނދަރުގެ ޓީޖެޓީ ސަރަހައްދުގައި ރެސްޓޯރެންޓަކާއިއެކު ތަރައްގީ ކޮށްފައިވާ ހިތްގައިމު ފެރީ ޓާމިނަލްގެ ފޮޓޯތައް އެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ހިއްސާ ކުރުމުން، ގިނަބަޔަކަށް އެ އިމާރާތް ވަރަށް ކަމުދިޔައެވެ. އެ އިމާރާތް ތަރައްގީ ކޮށްފައި ވަނީ ޖާގަތަނަވަސް ފެރީ ޓާމިނަލަކާއި ހިތްގައުމު މޫދުގެ މަންޒަރުތައް ވަރަށް ފުރިހަމައަށް ފެންނާނެ ރެސްޓޯރެންޓަކާއިއެކުއެވެ. އެތަނުގައި ފީޑިން ރޫމްގެ އިތުރުން އާންމު ފާހާނާތައް ވެސް ހިމެނެއެވެ. އެ އިމާރާތުގެ އަ...

އުންމީދީ ކުޅުމެއް ދެއްކި ޔުނައިޓެޑް ބަލިކޮށް އާސެނަލުން ފެށުން ރަނގަޅުކޮށްފި
Sports

އުންމީދީ ކުޅުމެއް ދެއްކި ޔުނައިޓެޑް ބަލިކޮށް އާސެނަލުން ފެށުން ރަނގަޅުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ އައި ސީޒަންގައި މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް ބައްދަލުކުރި މެޗު ހަނިގޮތަކަށް އާސެނަލުން ކާމިޔާބު ކޮށްފިއެވެ. ރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ވަނީ 1-0 ގެ ނަތީޖާއިން އާސެނަލް އަތުން ބަލިވެފައެވެ. މިދިޔަ ސީޒަންގެ މެދުތެރެއިން ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވި އަމޮރިމްގެ އިރުޝާދުގެ ދަށުން، މިދިޔަ ސީޒަންގައި ޔުނައިޓެޑަށް އެކަށީގެންވާ ކުޅުމެއް ނުދެއްކުނު ނަމަވެސް ރޭ މެޗުގައި ޔުނައިޓެޑުން ވަނީ އާސެނަލާއި ދެކޮޅަށް މޮޅު ކުޅުމެއް ދައްކާފައެވެ. ރޭ މެޗު އެއްކޮށް ޑޮމިނޭޓްކޮށް ގިނ...

ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ.އަތޮޅުގެ 4 ރަށަކަށް، 1159 ގަސް ހަދިޔާކޮށްފި
Thiladhunmathi News

ފުޑް ސެކިއުރިޓީ ޕްރޮގްރާމްގެ ދަށުން ށ.އަތޮޅުގެ 4 ރަށަކަށް، 1159 ގަސް ހަދިޔާކޮށްފި

ރާއްޖޭގައި ކާނާގެ ޔަގީންކަން އިތުރުކުރުމަށް ޓަކައި، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހިންގާ “ފުޑްސެކިއުރިޓީ ޕްރޮގްރާމް”ގެ ދަށުން “ށ” އަތޮޅުގެ 4 ރަށަކަށް 1159 ގަސް ހަދިޔާކޮށްފިއެވެ. މި ޕްރޮގްރާމްގެ ގަސް ހަދިޔާކޮށްފައިވާ ހަތަރު ރަށަކީ ފުނަދޫ، ޅައިމަގު، ނަރުދޫ އަދި ބިލެތްފައްސެވެ. މި ހަތަރު ރަށަށް ހަދިޔާކޮށްފައިވަނީ ޖުމްލަ ހަތަރު ބާވަތެއްގެ ގަހެވެ. އެއީ ބަނބުކެޔޮ ގަސް، ޖަނބުރޯލު، މުރަނގަ އަދި އަލައެވެ. ފުނަދޫއަށް ޖުމްލަ 292 ގަސް، ޅައިމަގަށް 378 ގަސް، ނަރުދޫއަށް 254 […]

މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކުރަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި
Raajje

މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކުރަން ހިންގާ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

މަސްވެރިކަމަށް ޒުވާނުން ޝައުގުވެރިކޮށް އަހުލުވެރިކަން އިތުރު ކުރުމަށް ބާއްވާ ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ. މި ޕްރޮގްރާމަކީ ޒުވާނުންގެ މެދުގައި މަސްވެރިކަމަށް ޝައުގުވެރިކަން އުފައްދައި، މަސްވެރިކަމާއި މަސްވެރިކަމުގެ ދާއިރާއާ ގުޅޭ މަސައްކަތްތަކަށް ޒުވާނުންނެރުމަށް ކަމާއިގުޅޭ ތަމްރީނާއި ހުނަރު ހޯދުމުގެ ފުރުސަތު ޒުވާނުންނަށް ފަހި ކޮށްދިނުމުގެ ގޮތުން ވާލްޑު ބޭންކު ގެ އެހީގައި ކުރިއަށްގެންދާ ޓްރާންސްފޯމިންގ ފިޝަރީޒް ސެކްޓ...

ބޮޑު މޮޅެއް ހޯދައި ސިޓީން ފެށުން ރަނގަޅުކޮށްފި
Sports

ބޮޑު މޮޅެއް ހޯދައި ސިޓީން ފެށުން ރަނގަޅުކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގެ، އައު ސީޒަންގައި ރޭ މެންޗެސްޓާ ސިޓީއާއި ވުލްވްސް ބައްދަލުކުރި މެޗު ތަފާތު ބޮޑުކޮށް ސިޓީން ކާމިޔާބު ކޮށްފިއެވެ. ރޭ ރަށުން ބޭރުގައި ސިޓީން ވަނީ 4-0 ގެ ނަތީޖާއިން ވުލްވްސް ބަލިކޮށްފައެވެ. ރޭ މެޗުގައި އާލިން ހާލަންޑް ވަނީ ސިޓީއަށް ދެ ލަނޑު ޖަހައިދީފައެވެ. ދެން ސިޓީއަށް ލަނޑު ޖަހައިދިނީ އޭސީ މިލާން ދޫކޮށް މި ސީޒަންގައި ސިޓީއާއި ގުޅުނު ނެދަލެންޑްސްގެ ރައިންޑާސްއެވެ. ދެން ސިޓީއަށް ލަނޑު ޖަހައިދިނީ ރަޔާން ޗާކީއެވެ. މެޗަށް […]

ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
International

ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ހއ.އަތޮޅު ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ރަންތާޖު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި އަހަރުގެ މުބާރާތް ހޯސްޓް ކުރުމަށް ހުޅުވާލި ފުރުސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހަޅައިގެން އެ ފުރުސަތު ހޯދާފައި ވަނީ ހއ.ކެލާއިންނެވެ. މުބާރާތް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ މި އަހަރުގެ އޮކް މަހުގެ 24-25 އަށް ކެލާގައެވެ. މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހު 21 ވަނަ ދުވަހުގެ 13:00 ގެ ކުރިން އެކަމަށް ހާއްސަ […]

މޮޅުވިޔަސް ބާސާގެ ކުޅުމާމެދު ހިތްހަމަ ނުޖެހޭ: ފްލިކް
Sports

މޮޅުވިޔަސް ބާސާގެ ކުޅުމާމެދު ހިތްހަމަ ނުޖެހޭ: ފްލިކް

ސްޕެނިޝް ލަލީގާގެ، އައު ސީޒަންގެ ފުރަތަމަ މެޗުގައި ރޭ ބާސެލޯނާއާއި ރެއާލް މަޔޯކާ ބައްދަލުކުރި މެޗުން ބާސާ މޮޅުވި ނަމަވެސް އެ ޓީމް ދެއްކި ކުޅުމާއިމެދު ހިތްހަމަ ނުޖެހޭ ކަމުގައި، އެ ޓީމްގެ ކޯޗް ހަންސީ ފްލިކް ބުނެފިއެވެ. ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗު ބާސާއިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި މަޔޯކާއަށް ދެ ރަތްކާޑު ދެއްކުމުން އެ ޓީމް މެޗުގެ ބޮޑުބައި ފުރިހަމަ ކޮށްފައި ވަނީ ދެ […]

ސީޒަންގެ ފުރަތަމަ މެޗުގައި ލިވަޕޫލުން ބޯންމައުތުގެ މައްޗަށް ކުރިހޯދައިފި
Sports

ސީޒަންގެ ފުރަތަމަ މެޗުގައި ލިވަޕޫލުން ބޯންމައުތުގެ މައްޗަށް ކުރިހޯދައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން (2025/2026) ގެ ފުރަތަމަ މެޗު ރޭ ކުޅެފައިވާއިރު، ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލުން ބޯންމައުތުގެ މައްޗަށް ކުރި ހޯދައިފިއެވެ. ލިވަޕޫލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއިންނެވެ. ރޭ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނަގާފައި ވަނީ ލިވަޕޫލުންނެވެ. މި ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ މި ސީޒަނަށް ލިވަޕޫލާއި ގުޅުނު އެކިޓީކޭއެވެ. އޭނާ މި […]

ހއ.އަތޮޅު މެޑިކަލް ކޭމްޕު ދިއްދޫގައި ފަށައިފި
Thiladhunmathi News

ހއ.އަތޮޅު މެޑިކަލް ކޭމްޕު ދިއްދޫގައި ފަށައިފި

ހއ. އަތޮޅު ކައުންސިލާއި ޓްރީޓޮޕް ހޮސްޕިޓަލާއި ހއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކުރިއަށް ގެންދާ މެޑިކަލް ކޭންޕެއް ދިއްދޫގައި މިއަދު ފަށައިފިއެވެ. މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި މެޑިކަލް ކޭމްޕުގައި ޓްރީޓޮޕް ހޮސްޕިޓަލްގެ ޚާއްސަ މެޑިކަލް ޓީމެއް ބައިވެރިވެއެވެ. މި މެޑިކަލް ކޭމްޕުގައި ބަލިމީހުން ބެލުމަށް ޓްރީޓޮޕް ހޮސްޕިޓަލުގެ 7 ސްޕަރ ސްޕެޝަލިސްޓް ޑޮކްޓަރުން ބައިވެރިވާއިރު އޭގެތެރޭގައި ކަށީގެ ބަލިތަކާއި، ކަރުންމަތީގެ ބަލިތަކާއި ހިތުގެބަލިތަކުގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުން ހިމެނ...

ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް
Thiladhunmathi News

ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދެމެދު އެއްބަސްވުމެއް

ށ.ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަޅުރަށެއް ކަމަށްވާ ފަރުކޮޅު ބެލެހެއްޓުމަށް، ފުނަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. ފުނަދޫގެ އުތުރުން، ފުނަދޫއާއި އެއްފަޅެއްގައި އޮންނަ ފަރުކޮޅަކީ ގުދުރަތީގޮތުން ހިތްގައިމު ސިފަތަކެއް ލިބިފައިވާ ވަރަށް ރީތި ރަށެކެވެ. އެ ރަށް ސަރުކާރުން ހިމާޔަތް ކޮށްފައި ވަނީ 2018 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހުއެވެ. ތިމާވެއްޓާއި ބެހޭ ވުޒާރާއާއި ފުނަދޫ ކައުންސިލާއި ދެމެދުވެފައިވާ އެއްބަސް...

ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
Thiladhunmathi News

ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓު ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ

ށ.ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ. މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފައެވެ. މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންތަކުން މ...

ފަހުވަގުތު ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީ ޖަހައިގެން ޕީއެސްޖީން ސްޕަ ކަޕް ކާމިޔާބުކޮށްފި
Sports

ފަހުވަގުތު ނަތީޖާ ހަމަހަމަކޮށް ޕެނަލްޓީ ޖަހައިގެން ޕީއެސްޖީން ސްޕަ ކަޕް ކާމިޔާބުކޮށްފި

ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޔުއެފާ ސްޕަ ކަޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ޕީއެސްޖީން ކާމިޔާބު ކޮށްފިއެވެ. ރޭ މެޗު ޕީއެސްޖީން ކާމިޔާބުކުރީ ޓޮޓެންހަމުން ދެ ލަނޑު ޖަހާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑުޖަހައި (2-2) އެއްވަރުކޮށް ޕެނަލްޓީގައި 4-3 ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ ޔުއެފާ ސްޕަ ކަޕްގައި ވާދަކުރަނީ ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަނުންނާއި، ޔޫރޮޕާ ލީގުގެ ޗެމްޕިއަނުންނެވެ. ސްޕަ ކަޕްގައި ޕީއެސްޖީ ވާދަކުރީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ […]

ފުނަދޫ ޔުނިޓީ ކަޕް ވޮލީމުބާރާތް މި މަހު 21 ގައި ފަށަނީ
Thiladhunmathi News

ފުނަދޫ ޔުނިޓީ ކަޕް ވޮލީމުބާރާތް މި މަހު 21 ގައި ފަށަނީ

ށ.ފުނަދޫ ޔުނިޓީ ސްޕޯޓްސް އެކަޑަމީން އިންތިޒާމް ކޮށްގެން ބާއްވާ “ޔުނިޓީ ކަޕް 2025” ވޮލީ މުބާރާތް މި މަހު 21 ވަނަ ދުވަހު ފަށާނެއެވެ. މި އަހަރުގެ މުބާރާތުގައި ހަތް ޓީމަކުން ވާދަކުރެއެވެ. އޭގެ ތެރޭގައި ފުންދޫ ހަތަރު ޓީމެއް ހިމެނެއެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޔަންގް ފޯސް، ފޯޓީ ޕްލަސް، ޒޮލޭން އެފްވީސީ އަދި މެކްސް އެސްސީ އެވެ. ރަށުން ބޭރުންވާދަކުރާ ތިން ޓީމަކީ ކޮމަންޑޫ ސްޕޯޓްސް ކްލަބް، ޖޭޑަބްލިއު މެރިއޮޓް އަދި މާއުނގޫދޫ […]

ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް މަކުނުދޫގައި ފަށައިފި
Thiladhunmathi News

ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް މަކުނުދޫގައި ފަށައިފި

ފުރިހަމަ ތައްޔާރީތަކަކާއިއެކު ހދ.އަތޮޅު ކައުންސިލް ޤުރުއާން މުބާރާތް ”ތިލަދެކުނު ޤުރްއާން މުބާރާތް 2025” އެ އަތޮޅު މަކުނުދޫފައި ފަށައިފިއެވެ. މި މުބާރާތުގެ ކިޔެވުން އިއްޔެ ފަށާފައިވާއިރު، މުބާރާތުގައި ހދ. އަތޮޅުގެ 13 ރަށަކުން 15 ސްކޫލަކުން ވާދަކުރެއެވެ. ސްކޫލްބައިގައި ޖުމްލަ 168 ދަރިވަރުން ވަނީ ބައިވެރިވެފައެވެ. އަމިއްލަ ގޮތުން ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގެ ދަށުން މި މުބާރާތުގައި، އަތޮޅުގެ 8 ކައުންސިލަކުން ވަނީ ބައިވެރިވެފައެވެ. މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި...