ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރި ބިދޭސީންތަކެއް ޑީޕޯޓް ކޮށްލަނީ
މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށް އެމީހުން ޑީޕޯޓް ކޮށްލުމަށް އިމިގްރޭޝަނާއި ހަވާލުކޮށްފައިވާ ކަމުގައި ފުލުހުން ބުނެފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މުތުމަގޭޝް މުރުގާން، އިންޑިއާ (32އ) އާއި ދޭވާރާޖް ޖެބްރާޖް، އިންޑިއާ (42އ) އާއި ޒެނިތް ފްރެންސިސް، އިންޑިއާ (38އ) އާއި އަބްދުލް މަންނާން، ބަންގްލަދޭޝް (37އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކޮށް، ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މ...