ށ.ފޭދޫ ވަށާ މަގުގައި ސޯލާ ލައިޓް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން އެ ރަށު ކައުންސިލުން އިއުލާން ކޮށްފިއެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީ ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށްށާއި، ޖަމްޢިއްޔާތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ޖަމާއަތްތަކަށް ވަނީ ހުޅުވާލާފައެވެ.

Ad
rt

މި ބީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުންތަކުން މި މަހުގެ 18 ވަނަ ދުވަހުގެ 12:00 ގެ ކުރިން ބީލަމުގައި ރަޖިސްޓަރީވާން ޖެހެއެވެ. މި ބިޑާއި ގުޅޭ މައުލޫމާތު ޝީޓް ފޮނުވުމަށް ހަމަޖެހިފައިވަނީ ރަޖިސްޓަރީވާ ފަރާތްތަކަށް އެކަންޏެވެ.

މި ބީލަމާއި ގުޅިގެން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން، ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ 11:00 ގައި ފޭދޫ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ.

މި މަސައްކަތަށް ބިޑް ހުށަހެޅުމަށް ބާއްވާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ 11:00 ގައި ފޭދޫ ކައުންސިލްގެ މީޓީން ރޫމުގައެވެ.